09 އޮކްޓޯބަރ

October 09, 2017 3
"ބާޣީ 2" އަށް ޓައިގާ ފަސް ކިލޯ ބަރުވެއްޖެ

"ބާޣީ"ގެ ދެ ވަނަ ފިލްމު "ބާޣީ 2" އަށް ޓައިގާ ޝްރޮފް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ޓައިގާ ބުނި ގޮތުގައި ފިލްމުގެ ރޯލަށް ފިޓްވާން އޭނާ މިހާރު ވަނީ ފަސް ކިލޯ ބަރުވެފަ އެވެ.

29 ސެޕްޓެމްބަރ

September 29, 2017
ޔާޝްރާޖްގެ އާ ފިލްމުގައި ރިތިކް އާއި ޓައިގާ

ޓައިގާ ޝްރޮފް އަކީ އަބަދުވެސް ރިތިކް ރޯޝަންގެ ފޭނެކެވެ. އަދި ރިތިކް ކޮޕީކުރުމަކީ ޓައިގާ ވަރަށް ފަޚުރުވެރިކަމާއެކު ކުރާ ކަމެކެވެ. ޓައިގާ ބުނާ ގޮތުގައި އޭނާގެ އައިޑަލް އަކީ ރިތިކެވެ.

19 ސެޕްޓެމްބަރ

September 19, 2017 1
"ބާޣީ 2" އަށް ޓައިގާ ޝްރޮފް ބޯ ބޭލީތަ؟

"ދަ ފްލައިން ޖެޓް" އާއި "މުންނާ މައިކަލް"ގެ ނާކާމިޔާބީ އަށް ފަހު ޓައިގާ ޝްރޮފް މިހާރު ތައްޔާރުވަނީ "ބާޣީ 2" އަށެވެ. މި ފިލްމު މޮޅު އެއްޗަކަށް ހެދުމަށް ޓައިގާ ކޮންމެ ކަމެއް ވެސް ކޮށްފާނެ އެވެ. ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން މި ފިލްމުގެ ޝޫޓިން އިންޑިއާގެ ޕޫނާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

27 ޖުލައި

July 27, 2017 2
"މުންނާ މައިކަލް" ފްލޮޕްވެ ޓައިގާ ވިސްނަން ޖެހިއްޖެ

ޓައިގާ ޝްރޮފްގެ "މުންނާ މައިކަލް" އަކީ މިއަހަރު ނުކުންނާނެ ބަލާލަން އެންމެ ހިތްހަމަޖެހޭ އެއް ފިލްމަށް ވެދާނެ އެވެ. ނަމަވެސް ބޮކްސް އޮފީހުގައި ފިލްމު ވަނީ ފެއިލް ވެފަ އެވެ. ފިލްމު ރިލީޒްވުމަށް ފަހު ހަފުތާ ބަންދު ނިމުނުއިރު އެކަށީގެންވާ ކާމިޔާބީއެއް ނުލިބެ އެވެ. މިއީ ޓައިގާގެ "އަ ފްލައިން ޖެޓް" އާއި "ބާޣީ" އަށް ވުރެ ވެސް މަދުން ލިބުނު...

23 ޖުލައި

July 23, 2017
ޓައިގާގެ ފޭނުންނަށް މުންނާ މައިކަލް ރަނގަޅުވާނެ

ހުކުރު ދުވަހު ރިލީޒްކޮށްފައިވާ، ޓައިގާ ޝްރޮފް އާއި ނިދީ އަގަރްވާލްގެ "މުންނާ މައިކަލް" ފާޑުކިޔުންތެރިންނަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ގިނަ ރިވިއުތަކުގައި މި ފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން ދެ ތަރި އެވެ. ފިލްމުގެ ފޫނުބެދޭ ވަރަށް ގިނަ ތަންތަން ހުރި ކަމަށާއި ވަރަށް ފޫހި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

05 ޖުލައި

July 05, 2017 3
މުންނާ މައިކަލް ރިލީޒްވާން ކައިރިވާއިރު ޓައިގާ ބިރުން

އަލަށް ވިދަމުން އަންނަ އެކްޓަރު ޓައިގާ ޝްރޮފްގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައި ވެ އެވެ. އެއީ އޭނާ ތައާރަފްވީ ފިލްމު "ހީރޯޕަންތީ" އާއި "ބާޣީ" އަދި "ފްލައިން ޖެޓް" އެވެ. މީގެ ތެރެއިން އެންމެ ފަހުން ރިލީޒްވި "ފްލައިން ޖެޓް" އަކީ ފްލޮޕެކެވެ. އެހެންވެ ހަތަރު ވަނަ ފިލްމު "މުންނާ މައިކަލް" ޖުލައި 21 ވަނަ ދުވަހު ރިލީޒްވާއިރު ޓައިގާ ހުރީ...

19 މެއި

May 19, 2017 3
"ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގެ މަސައްކަތް ނުހުއްޓޭ

ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ހުއްޓާލައިފި ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

01 އެޕްރީލް

April 01, 2017 1
ފިލްމެއް ފްލޮޕްވެ ޑިޕްރެޝަނާ ކުރިމަތިވި: ޓައިގާ ޝްރޮފް

ޓައިގާ ޝްރޮފް އަކީ ބޮލީވުޑްގެ ޒުވާން ބަތަލުންގެ ތެރެއިން އެންމެ ހިތްހެޔޮ އެންމެ މަޑުމައިތިރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކުރީގެ މަޝްހޫރު ބަތަލު ޖެކީ ޝްރޮފްގެ ފިރިހެން ދަރިފުޅު ޓައިގާ އެންމެ ފަހުން ކުޅުނު "ފްލައިން ޖޭޓް" އަށް ވަރަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިވި އެވެ.

04 އޮކްޓޯބަރ

October 04, 2016
ޖެކްސަންގެ ހަނދާނުގައި ޓައިގާ ކުޅޭ ފިލްމު ފަށައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަނދާނުގައި ބޮލީވުޑުން ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ޓައިގާ ޝްރޮފް ލީޑް ރޯލު ކުޅޭ "މުންނާ މައިކަލް" ގައި މައިކަލް ޖެކްސަންގެ ވަރަށް މޮޅު ނެށުންތައް ވެސް ފެނިގެން ދާނެ އެވެ.

28 އޯގަސްޓް

August 28, 2016 5
"ފްލައިން ޖެޓް" ކަމުދިޔައީ ކުޑަކުދިންނަށް

ހުކުރު ދުވަހު ރިލީޒްކޮށްފައިވާ ޓައިގާ ޝްރޮފް ސުޕަހީރޯއެއްގެ ރޯލު އަދާކުރި "ފްލައިން ޖެޓް" ކުޑަކުދިންނަށް ވަރަށް މަޖާވި ފިލްމަކަށްވީއިރު އެ ފިލްމު ބެލި ބޮޑެތި މީހުން ބުނަނީ ފިލްމު ވަރަށް ފޫހި ކަމަށެވެ.

20 ޖުލައި

July 20, 2016
ޓައިގާ ގެ "ފްލައިން ޖެޓް" ޓްރެއިލާ ނެރެފި

ޓައިގާ ޝްރޮފް ސުޕަހީރޯއެއްގެ ރޯލު ކުޅެފައިވާ "ފްލައިން ޖެޓް"ގެ ފުރަތަމަ ޓްރެއިލާ އިއްޔެ ނެރެފި އެވެ. ޖެކްލީން ފެނާންޑިސް ބަތަލާގެ ރޯލު އަދާކޮށްފައިވާ މި ފިލްމުގައި ތަންކޮޅެއް ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ އަމްރިތާ ސިންގް ޓައިގާގެ މަންމަގެ ރޯލުން ފެނިގެންދާނެ އެވެ.