02 މެއި

May 02, 2020
ޕޮޗެޓީނޯގެ ހިތްއޮތީ ޓޮޓެންހަމްގައި

ލަންޑަން (މޭ 2) – ޓޮޓެންހަމް ހޮޓްސްޕާސްގައި އޭނާ ފެށި މަސައްކަތް ނިންމަން އެނބުރި ޕްރިމިއާ ލީގަށް ކޮންމެވެސް ދުވަހަކުން ދާން ބޭނުންވާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

01 މެއި

May 01, 2020
"ފުޓްބޯޅަ އަވަހަށް ފަށަންވީ ސަޕޯޓަރުންނަށްޓަކައި"

ލަންޑަން (މެއި 1) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން ޖެހޭ އެއް ސަބަބަކީ ފުޓްބޯޅަ ސަޕޯޓަރު ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

19 އެޕްރީލް

April 19, 2020
ޕޮޗެޓީނޯ އަށް ދޭން ޖެހޭ މުސާރަ ކުޑަކުރަން އެދިއްޖެ

ލަންޑަން (އޭޕްރީލް 19) - މިދިޔަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ވަކިކުރި މައުރީސިއޯ ޕޮޗެޓީނޯ އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ ކުޑަކުރަން އެ ކްލަބުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

12 އެޕްރީލް

April 12, 2020
އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ

ސޯލް (އޭޕްރީލް 12) - އޭނާ އަސްކަރީ ހިދުމަތުގެ ތަމްރީނަށް ނުކުތުމުން މަންޒަރު ބަލަން މީހުން އެއްނުވާން، ދެކުނު ކޮރެއާ އާއި ޓޮޓެމްހަމް ހޮޓްސްޕާސްގެ ފޯވާޑް ސޮން މިން ހެއުން އެދިއްޖެ އެވެ.

09 އެޕްރީލް

April 09, 2020
ގަވާއިދާ ހިލާފުވި ކަމަށް މޮރީނިއޯ އެއްބަސްވެއްޖެ

ލަންޑަން (އޭޕްރީލް 9) - ކޮވިޑް-19 ފެތުރޭތީ އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ އެއްބަސްވެއްޖެ އެވެ.

03 އެޕްރީލް

April 03, 2020
ފުޓްބޯޅަ ހުއްޓިފައި އޮތުމުން ސޮން އަސްކަރީ ހިދުމަތަށް

ސޯލް (އޭޕްރީލް 3) - ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ ހުއްޓާލާފައި އޮތުމުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެ ގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަކުރުމުގެ ގޮތުން އަސްކަރީ ހިދުމަތުގައި ބައިވެރިވާން ނިންމައިފަ އެވެ.

31 މާޗް

March 31, 2020
"ޓޮޓެންހަމުން މޮރީނިއޯ ގެނައީ އިންޒާގީ ނުލިބުމުން"

ލަންޑަން (މާޗް 31) - މި ސީޒަނުގެ މެދުތެރެއިން ޓޮޓެންހަމް ހޮޓްސްޕާސް އިން އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހަމަޖެއްސީ ލާޒިއޯގެ ކޯޗު ސިމޯނޭ އިންޒާގީ ނުލިބުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 މާޗް

March 11, 2020 2
ޗެމްޕިއަންސް ލީގު: ޓޮޓެންހަމް ކަޓައިފި، އެޓަލާންޓާ ކުއާޓާ އަށް

ލީޕްޒިގް (މާޗް 11) – ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 3-0 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު ސްޕެއިނުގެ ވެލެންސިއާ 4-3 އިން ބަލިކޮށް އިޓަލީގެ އެޓަލާންޓާ އިން އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

10 މާޗް

March 10, 2020
ބާގްވެއިން ވެސް ކުޅުމާ ދުރަށް

ލީޕްޒީގް، ޖަރުމަން (މާޗް 10) – ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުރިމަތިވި ފޯވާޑުންގެ ދަތިކަން ހައްލުކުރަން ޖެނުއަރީ މަހު ގެނައި ނެދަލެންޑްސް ފޯވާޑް ސްޓީވެން ބާގްވެއިން އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް މި ސީޒަނުގައި ދެން ކުޅެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

05 މާޗް

March 05, 2020 7
ސިޓީ ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި

ލަންޑަން (މާޗް 5) – ޝެފީލްޑް ވެންސްޑޭ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ޕެނަލްޓީ ޖަހައިގެން ނޯވިޗް ސިޓީ އަތުން 3-2 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ފަސް ވަނަ ބުރުން ކަޓައިފި އެވެ.

02 މާޗް

March 02, 2020 5
އަންޗެލޮޓީ އަށް ރަތެއް، މޮރީނިއޯގެ ޝަކުވާއެއް ނެތް

ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑެއް ދެއްކިއިރު، ފަހަތުން އަރައި ވުލްވްސް އިން 3-2 އިން ޓޮޓެންހަމް ބަލިކުރުމުން ޝަކުވާއެއްކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

29 ފެބުރުއަރީ

February 29, 2020
ޓޮޓެންހަމްގެ ސޮން އިންގްލެންޑްގައި ކަރަންޓީނުކުރަނީ

ލަންޑަން (ފެބްރުއަރީ 29) - އަތުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އޭނާގެ ގައުމަށް ގޮސްފައި އެނބުރި އިންގްލެންޑަށް ދިއުމުން ކަރަންޓީނު ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 3
ޗެލްސީ އާއި ސިޓީން މަގާމުގައި ލީޑުނަގައިފި

ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން އެ ދެ ޓީމު ދަމަހައްޓަމުން އައި މަގާމުގައި ލީޑެއް ނަގައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 3
ޓޮޓެންހަމް ބަލިވިއިރު، އެޓަލަންޓާ ކުއާޓާއާ ގާތަށް

ލަންޑަން (ފެބްރުއަރީ 20) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އަމިއްލަ ދަނޑުގައި 1-0 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގް އަތުން ބަލިވިއިރު، އިޓަލީގެ އެޓަލަންޓާ އިން ސްޕެއިނުގެ ވެލެންސިއާ 4-1 އިން ބަލިކޮށް ކުއާޓާއާ ގާތަށް ޖެހިލައިފި އެވެ.

17 ފެބުރުއަރީ

February 17, 2020
ޓޮޓެންހަމަށް މުހިއްމު މޮޅެއް، އާސެނަލް ރޭހަށް

ލަންޑަން (ފެބްރުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 3-2 އިން ޓޮޓެންހަމް މުހިއްމު މޮޅެއް ހޯދިއިރު، ނިއުކާސަލް ޔުނައިޓެޑް 4-0 އިން ބަލިކޮށް އާސެނަލުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ރޭހަށް އަނެއްކާ ވެސް ވަދެއްޖެ އެވެ.-

15 ފެބުރުއަރީ

February 15, 2020
ސޯޝަލް މީޑިއާގައި ސަމާލުވޭ: މޮރީނިއޯ

ލަންޑަން (ފެބްރުއަރީ 15) - ފުޓްބޯޅަ ކުޅުންތެރިން ސޯޝަލް މީޑިއާ ބޭނުންކުރާއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2020 4
ކޮރޯނާ އަށް އަލީ ޖޯކު ޖެހި މައްސަލަ ބަލަނީ

ލަންޑަން (ފެބްރުއަރީ 11) - މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ޗައިނާ މީހެއް ހިމެނޭ ގޮތަށް މަލާމަތްކުރުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ޑެލޭ އަލީ ކުރި ވީޑިއޯގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.

10 ފެބުރުއަރީ

February 10, 2020 1
ޖޯކު ޖެހި ވީޑިއޯއާ ގުޅިގެން އަލީ ހޫނު ފެނަށް

ލަންޑަން (ފެބްރުއަރީ 10) - މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ޗައިނާ މީހެއް ހިމެނޭ ގޮތަށް މަލާމަތްކުރުމުގެ ގޮތުން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ޑެލޭ އަލީ ސްނެޕްޗެޓްގައި ކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބަޔެއްގެ ނުރުހުން އޭނާ އަށް އަމާޒުވެއްޖެ އެެވެ.

06 ފެބުރުއަރީ

February 06, 2020
އެރިކްސަންގެ ތުހުމަތަށް މޮރީނިއޯ ދޭނެ ޖަވާބެއް ނެތް

ލަންޑަން (ފެބްރުއަރީ 6) - އިންޓަ މިލާނަށް ދާދި ފަހުން ބަދަލުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަރަށް ބޮޑަށް ފާޑުކިޔަސް އެ އަށް ރައްދުދޭން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ.

05 ފެބުރުއަރީ

February 05, 2020 2
ވީއޭއާރްގެ އަސްލު މަގުސަދު އޮޅިއްޖެ: މޮރީނިއޯ

ލަންޑަން (ފެބްރުއަރީ 5) - އިންގްލެންޑުގެ މުބާރާތްތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަމުން އަންނަ ގޮތުގެ ސަބަބުން އޭގެ އަސްލު މަގުސަދު އޮޅިފައިވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.