17 ޑިސެމްބަރ

December 17, 2017 5
ސިޓީ އަށް ލީގުގައި ޖެހިޖެހިގެން 16 ވަނަ މޮޅު

މެންޗެސްޓާ (ޑިސެމްބަރު 17) - އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން 16 މޮޅު ހަމަކޮށްފި އެވެ.

15 ޑިސެމްބަރ

December 15, 2017 1
ސިޓީ ހުއްޓުވޭނެ ފެންވަރު އެބަހުރި: ޓޮޓެންހަމް

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ އަށް ޓޮޓެންހަމް ހޮޓްސްޕާސް އަށް ނިމުމެއް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2017 3
ޔުނައިޓެޑަށް މޮޅެއް، ލުކާކޫ އަށް ބޫޓެއް ބޭނުންވެއްޖެ

ވަޓްފޯޑް، އިންގްލެންޑް (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-2 އިން ވަޓްފޯޑް އަތުން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2017 1
މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

ލަންޑަން (ނޮވެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީގެ މައްޗަށް 2-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަމަކޮށްފި އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.

02 ނޮވެމްބަރ

November 02, 2017 25
ޗެމްޕިއަން މެޑްރިޑް ބަލިކޮށް ޓޮޓެންހަމް ދެ ވަނަ ބުރަށް

ލަންޑަން (ނޮވެމްބަރު 2) – އިނގިރޭސި ފުޓްބޯޅައިގެ ޝަރަފް ކަމަށްވާ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި، ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ޖާގަ ހޯދައިފި އެވެ.

01 ނޮވެމްބަރ

November 01, 2017 4
ރެއާލް މާޔޫސެއް ނުވޭ: ޒިދާން

ލަންޑަން (ނޮވެމްބަރު 1) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމު އޮތީ މާޔޫސްވެފައެއް ނޫން ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2017 1
ޓޮޓެންހަމް އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް

މެންޗެސްޓާ (އޮކްޓޯބަރު 28) – ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

October 28, 2017 5
ކޭން ނެތި ޔުނައިޓެޑް ބަލިކުރެވިދާނެ: ޕޮޗެޓީނޯ

މެންޗެސްޓާ (އޮކްޓޯބަރު 28) – އެއް ވަނަ ފޯވާޑް ހެރީ ކޭން ނެތި ވެސް މެންޗެސްޓާ ޔުނައިޓެޑް ބަލިކުރެވިދާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

26 އޮކްޓޯބަރ

October 26, 2017 1
ޗެލްސީ ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި

ލަންޑަން (އޮކްޓޯބަރު 26) - އިނގިރޭސި ލީގު ކަޕުގައި ރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.

23 އޮކްޓޯބަރ

October 23, 2017 7
އާސެނަލް މޮޅުވިއިރު، ޓޮޓެންހަމުން ލިވަޕޫލް ބަލިކޮށްފި

ލަންޑަން (އޮކްޓޯބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ރަށުން ބޭރުގައި 5-2 އިން އެވަޓަން ބަލިކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ލިވަޕޫލްގެ މައްޗަށް 4-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 3
މެޑްރިޑާއި ޓޮޓެންހަމް އެއްވަރު

މެޑްރިޑް (އޮކްޓޯބަރު 18) – ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕް ކަމަށް ގިނަ ބަޔަކު ދެކޭ ގްރޫޕް އެޗް ގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހޮޓްސްޕާސް 1-1 އިން އެއްވަރުވިއިރު އެޕޮއެލްއާ 1-1 އިން އެއްވަރުވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2017
ކޭން އަށް ޒިދާންގެ ތައުރީފް

މެޑްރިޑް (އޮކްޓޯބަރު 17) – ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށް އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މިރޭ ނުކުންނަ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2017 2
ކޭންގެ މޮޅު ވާހަކަ ނުދައްކަނީ ތަށި ނުހޯދާތީ: ޕޮޗެޓީނޯ

ލަންޑަން (ސެޕްޓެމްބަރު 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭންގެ މޮޅު ވާހަކަ ގިނަ މީހުން ނުދައްކަނީ އެ ޓީމަށް ގިނަ ތަށި ނުލިބޭތީ ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 6
ރޮނާލްޑޯގެ ދެ ލަނޑުން މެޑްރިޑަށް ކާމިޔާބު ފެށުމެއް

މެޑްރިޑް (ސެޕްޓެމްބަރު 14) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސައިޕްރަސްގެ އަޕޮއެލް އަތުން 3-0 އިން މޮޅުވެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ފެށުން ރަނގަޅުކުރިއިރު އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

24 އޯގަސްޓް

August 24, 2017 5
ރެއާލާއި ޑޯޓްމަންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް

މޮނާކޯ، ފްރާންސް (އޮގަސްޓް 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ސައިސްޕްރަސްގެ އަޕޮއެލް ނިކޮސިއާއާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

21 އޯގަސްޓް

August 21, 2017 9
މި ފެނުނީ މިދިޔަ ސީޒަނުގެ ޗެލްސީ: ކޮންޓޭ

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން މޮޅުވި މެޗުގައި ފެނުނީ މިދިޔަ ސީޒަނުގެ ޗެލްސީގެ ކުޅުން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

20 އޯގަސްޓް

August 20, 2017
ހާލަތު މުހިއްމެއް ނޫން، ބޭނުންވަނީ ޗެލްސީ ބަލިކުރަން

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ހާލަތު މުހިއްމެއް ނޫން ކަމަށާއި ބޭނުންވަނީ ޗެލްސީ ބަލިކުރަން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

14 ޖުލައި

July 14, 2017
ރެކޯޑް އަގަކަށް ޓޮޓެންހަމްގެ ވޯކާ ސިޓީ އަށް

މެންޗެސްޓާ (ޖުލައި 14) - ޑިފެންޑަރަކަށް ދުނިޔޭގައި މިހާތަނަށް ދޭ އެންމެ ބޮޑު އަގު ދިނުމަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު ކައިލް ވޯކާ މެންޗެސްޓާ ސިޓީ އަށް ގެންނަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

17 ޖޫން

June 17, 2017
މަޓިޗްގެ ބަދަލުގައި ޔުނައިޓެޑުން ޑަޔާ އަށް ފާރަލަނީ

މެންޗެސްޓާ (ޖޫން 17) - ޗެލްސީގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓާލައި މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމްގެ އެރިކް ޑަޔާ އަށް ފާރަލަން ފަށާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

07 ޖޫން

June 07, 2017
ބާސެލޯނާ އިން ޓޮޓެންހަމްގެ އެރިކްސަން އަށް ބިޑްކުރަނީ

ލަންޑަން (ޖޫން 7) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ޑެންމާކްގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ބާސެލޯނާ އިން ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

19 މެއި

May 19, 2017
ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: ޕޮޗެޓީނޯ

ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 6-1 އިން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ހެރީ ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.