03 ޖޫން

June 03, 2020 27
ޓޫރިޒަމް ހުޅުވައިލުން ގޯހެއް ނޫން: ޑރ. ބްރޫސް

ޑރ. ބްރޫސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ހުޅުވައިލުން އަވަސް ނުވަތަ ލަސްކަމަށް ދަންނަވަން ދަތި ކަމަށް. އެކަމަކު، ވިދާޅުވީ، މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ވެދާނެ ކަމަށް.

13 އެޕްރީލް

April 13, 2020
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި

ކޮވިޑް-19އާ ގުޅިގެން އަރައި ފޭބުން މަނާކޮށްފައިވާ ރިސޯޓްތަކާއި ސަފާރީތަކުން މިހާތަނަށް 9،000 އަށް ވުރެން ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.

12 އެޕްރީލް

April 12, 2020 4
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކު ރާއްޖެ އިން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2020 10
ރިސޯޓްތަކުން މީހުން ފޭބުން ފަސޭހަކޮށްދީފި

ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން މީހުން ފޭބުން މަނާކޮށްފައިވާ މުއްދަތު ހަމަވެ، އެ ރިސޯޓްތަކުން މީހުން ފައިބަން ހުއްދަ ދިނުމުގެ އުސޫލު މިހާރު ފަސޭހަކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

28 މާޗް

March 28, 2020 10
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރިސޯޓު ތަކުގެ މެދުގައި ދަތުރު ނުކުރަން ކުރިން އަަންގާފައި ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ ހުއްދައެއް ދެއްވީ އެއީ ކަރަންޓީނު ފެސިލިޓީ ތަކުގެ ގޮތުގައި ބޭނުން ކުރުމަށް ރިސޯޓުތައް ހުސްކުރަން ފަސޭހައަކަށް...

27 މާޗް

March 27, 2020 10
"އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދެވޭނެ"

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

26 މާޗް

March 26, 2020
ޝައްކުވާ ޓޫރިސްޓެއް ފެނި ކޮއްދިއްޕަރު މޮނިޓަރިންއަށް

މާލެ އަތޮޅުގައި އޮންނަ ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސްގައި ހުރި ޓޫރިސްޓެއްގެ ކިބައިން، ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނިގެން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

24 މާޗް

March 24, 2020 64
ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޝްވަރާ ކޮށްފި

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ބާރަށް ފެތުރޭތީ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި ވާތީ،...

March 24, 2020 21
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަަންޓީނުކުރަން ދޫކުރާ ރިސޯޓްތަަކުގެ ކުލި، އެ ރިސޯޓްތައް ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

23 މާޗް

March 23, 2020 30
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި

ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް ބަންދުކޮށް، އެތަންތަނުގައި އުޅޭ އެހެން މީހުން ވެސް ޓެސްޓްކުރަން ފަށައިފި އެވެ.

19 މާޗް

March 19, 2020 27
ލުއި ލޯނުތައް ދެއްކުން ފަސްކޮށްދީ: އަދުރޭ

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާތީ، ކުރިމަތިވެފައިވާ އިގުތިސޯދީ އަޑިގަނޑުން އަރައިގަނެވެންދެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން ލަސްކޮށްދިނުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފްކޮށްދޭން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު...

16 މާޗް

March 16, 2020 6
ޕޮޒިޓިވްވި ގިނަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުން ކަމަށް ނެޝަނަލް ހެލްތު އެމެޖެންސީ ސެންޓަރުން މިއަދު ބުނެފި އެވެ.

15 މާޗް

March 15, 2020 41
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް

ރާއްޖެއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެނި ހައިރާންވެއްޖެ ކަމަށް ބުނެ، އެމެރިކާގެ ޓޫރިސްޓަކު ރާއްޖެ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

March 15, 2020 5
އެޗްއައިއެޗް ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް ހުޅުވައިފި

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

14 މާޗް

March 14, 2020 25
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ

މިއަދު ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފި އެވެ.

March 14, 2020 68
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް،...

09 މާޗް

March 09, 2020 52
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

ކޮވިޑް-19 އަށް ރާއްޖެ އިން އަނެއްކާ ވެސް ދެ މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާންކޮށްފި އެވެ.

07 މާޗް

March 07, 2020 13
ސަމާ އައިލެންޑްގެ ޑޮކްޓަރު ވެސް އެކަހެރިކޮށްފި

ސަމާ އައިލެންޑް ރިސޯޓަށް އައި ފްރާންސްގެ ދެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓު ކަރަންޓީނު ކުރި އިރު، ރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ވެސް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2020 98
ކޮވިޑް-19: ކުރެއްދު އާއި ވ. ތިނަދު އަށް އަރައި ފޭބުން މަނާ

ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމަށާއި އެއީ ކޮވިޑް-19 އަށް ޝައްކުވާ މީހަކު އެ ރިސޯޓުން ފެނިގެން ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ވާހަކައެއް ނުދައްކަ އެވެ.

22 ޖެނުއަރީ

January 22, 2020 6
ރާއްޖެ އަންނަ މީހުން ވައިރަސްއަށް ޓެސްޓްކުރަން ފަށައިފި

ޗައިނާ އިން ފެނުނު ފެއާ ވައްތަރެއްގެ ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، ރާއްޖެ އަށް އަންނަ މީހުން ވެސް އެ ވައިރަސް އަށް ޓެސްޓްކުރަން ފަށައިފި އެވެ.

14 މާޗް

March 14, 2017 3
ސްވައިން ފްލޫއާ ގުޅިގެން ރިސޯޓްތަކުން ފިޔަވަޅު އަޅަނީ

މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާއާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ.