08 ޖެނުއަރީ

January 08, 2019 3
ދެކުނުގެ ދެ ސިޓީ އަށް އަލީ ވަހީދު ވަޑައިގަންނަވަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

03 ޖެނުއަރީ

January 03, 2019 2
ކްރޫޒްލައިނާތަކަށް މިހާރު މާލެ ކައިރީ ބަނދަރުކުރެވޭނެ

ކްރޫޒްލައިނާތަކަށް މާލެ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ހަދައިދީފި އެވެ.

29 ޑިސެމްބަރ

December 29, 2018 46
ދިވެހިން އިތުރު ނަމަ ޓެކްސް އިން ލުޔެއް ލިބޭނެ:ރައީސް

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ވުރެން އިތުރަށް، ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ލުއި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2018 5
"ރަސްދޫ": ގެސްޓް ހައުސްގެ އުންމީދީ ބްރޭންޑަކަށް!

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު އއ. ރަސްދޫއަކީ ވެސް ގެސްޓް ހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެވެ. އެ ރަށުގައި ޓޫރިޒަމް މިނިސްޓްރީގެ ދަށުން ރަސްމީކޮށް ރަޖިސްޓްރީ ވެގެން 15 ގެސްޓް ހައުސް ހިންގަމުންދާއިރު މިހާރު ގާތްގަނޑަކަށް 29 ގެސްޓް ހައުސް އިން އަންނަނީ...

12 ޑިސެމްބަރ

December 12, 2018 6
ރާއްޖެ މާކެޓްކުރުން އަވަސްކުރަން ޖެހޭ: ރިފްއަތު

ރާއްޖެ އަށް އޮތް ޑިމާންޑަށް ވުރެ ބެޑް ކެޕޭސިޓީ އިތުރު ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ރަނގަޅު މާކެޓިން ސްޓްރެޓެޖީ އެއް ބޭނުންވާ ކަމަށް ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވެއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2018 6
ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ގެންނާނަން:އަލީ ވަހީދު

މި ސަރުކާރުން ސްޕޯޓްސް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2018 19
ތަރައްގީ ކުރާ ރިސޯޓްތަކުގެ މައުލޫމާތު ހާމަކޮށްފި

ތަރައްގީ ކުރާ ރިސޯޓުތަކުގެ މައުލޫމާތުތައް ތިން އަހަރަށް ފަހު ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

23 ނޮވެމްބަރ

November 23, 2018 40
އިތުރު 140 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުން: އަލީ

ރާއްޖޭގައި ޖުމްލަ 144 ރިސޯޓެއް، ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިރު، އިތުރު 140 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2018 4
ޓޫރިޒަމް އޮކިއުޕަންސީ 61 ޕަސަންޓްގައި

މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ހުރީ 61 ޕަސަންޓްގައި ކަމަށާއި އެންމެ ގިނައިން ޓޫރިސްޓިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2018 5
ޓޫރިޒަމަށް މިދިޔަ މަހު 8.3 ޕަސެންޓުގެ ކުރިއެރުމެއް

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.3 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018 4
ޓޫރިޒަމް އޮކިއުޕަންސީ 63 ޕަސަންޓުގައި

މިދިޔަ އޮގަސްޓް މަސް ނިމުނުއިރު، ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕެންސީ ހުރީ 63 ޕަސަންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

18 އޯގަސްޓް

August 18, 2018 10
މިދިޔަ މަހު ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް

ޔޫރަޕް މާކެޓުން ލިބުނު ބޮޑު ކުރިއެރުމާއެކު، މިދިޔަ މަހު ޓޫރިޒަމަށް 8 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 8
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ

ސައުތު އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާވޭސް އިން ސީދާ ފްލައިޓްތަކެއް ބޭއްވުމަށް ނިންމައި މިއަދު އެކަން އިއުލާން ކޮށްފި އެވެ.

18 ޖުލައި

July 18, 2018 4
ޓޫރިޒަމަށް 10.5 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ

މިދިޔަ މަސް ނިމުނު އިރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

22 މެއި

May 22, 2018 1
މިދިޔަ މަހު ޓޫރިސްޓުން އައި އަދަދަށް ދަށްވުމެއް

މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 0.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

15 މެއި

May 15, 2018 7
ވޯލްޑްކަޕާ ދިމާކޮށް ރަޝިޔާގައި ރާއްޖެ އިސްތިހާރު ކުރަނީ

އަންނަ ޖޫން މަހު 14 ގައި ރަޝިޔާގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

17 އެޕްރީލް

April 17, 2018 7
މާޗް މަހު އައި ޓޫރިސްޓުން އިތުރުވެއްޖެ

މިދިޔަ އަހަރުގެ މާޗު މަހަށް ވުރެ މިދިޔަ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުން އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ބޮޑު ބައެއް ހޭދަވީ ރާއްޖޭގައި ސްޓޭޓް އޮފް އިމަޖެންސީ ހިންގާފައި އޮއްވަ އެވެ.

16 މާޗް

March 16, 2018 25
މިދިޔަމަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް: ޒަމީރު

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ ކާމިޔާބެއް ކަމަށާއި މި އަހަރުގެ ބާކީ މަސްތައް ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018 33
ޓޫރިސްޓުންގެ އަދަދު 19 ޕަސެންޓް އިތުރުވެއްޖެ

ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 19 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

12 ފެބުރުއަރީ

February 12, 2018 77
ބުކިންސްތައް ކެންސަލްވެ މިލިއަން ޑޮލަރުގެ ގެއްލުން!

އިއްޔެ ހެނދުނު އަށެއްޖެހިއިރު އިބްރާހިމް އަލީ [އަސްލު ނަމެއް ނޫން] ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގެ ދޮރުމަތީގައި ރިސޯޓުގެ ބޯޑެއް ހިފައިގެންނެވެ. އެ ވަގުތު ޖައްސަން އޮތް ފްލައިޓުން އަންނަން ތިބި ޓޫރިސްޓުންގެ އިންތިޒާރުގައި ހުއްޓާ އޭނާއަށް އައީ ފޯނެކެވެ. އެއީ އެ ފްލައިޓުން އަންނަން ތިބި ބައެއް ޓޫރިސްޓުންގެ...