02 ޑިސެމްބަރ

December 02, 2018
ޚާޝުގްޖީގެ ގާތިލުން ތުރުކީއަށް ފޮނުވަންޖެހޭ: އުރުދުޣާން

ބިއުނަސް އޭރީޒް (ޑިސެމްބަރު 2) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ސައުދީ އަރަބިއާ އިން ތުރުކީ އަށް ފޮނުވައިދިނުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަނެއްކާ ވެސް އެދިވަޑައިގެންފި އެވެ.

28 ނޮވެމްބަރ

November 28, 2018
ތުރުކީ ފުލުހުން ބެލީ ވަލީއަހުދުގެ ރައްޓެއްސެއްގެ ގެއެއް

އިސްތަންބޫލް (ނޮވެމްބަރު 28) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ތުރުކީ ފުލުހުން ފާސްކޮށްފައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ގާތް އެކުވެރިއެއްގެ ގެއެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2018 3
އުރުދުޣާންްއާ ބައްދަލު ކުރުމަށް ވަލީ އަހުދު އެދިވަޑައިގެންފި

އިސްތަންބޫލް (ނޮވެމްބަރު 27) - އާޖެންޓީނާގައި ފަށާ ޖީ20ގެ ބައްދަލުވުމުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލު ކުރެއްވުމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެދިވަޑައިެގންފައިވާ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ކަވަސޮގްލޫ ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2018
ނޫސްވެރިޔާގެ މަރާ ގުޅިގެން ފުލުހުން ގެއެއް ފާސްކޮށްފި

އިސްތަންބޫލް (ނޮވެމްބަރު 26) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ތުރުކީގެ ސިޓީއެއް ކަމަށްވާ ޔަލޮވާގެ ގެއެއް އެ ގައުމުގެ ފުލުހުން ބަލައި ފާސްކޮށްފި އެވެ.

16 ނޮވެމްބަރ

November 16, 2018 32
ނޫސްވެރިޔާ މަރަން އަމުރުކުރީ ކާކުކަން ސައުދީން ބުނެދީފި

ރިޔާޒް (ނޮވެމްބަރު 16) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އެންގީ ކާކުކަން ސައުދީ ސަރުކާރުން ސާފުކޮށްދީފި އެވެ.

15 ނޮވެމްބަރ

November 15, 2018 9
ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވި ފަސް މީހަކަށް މަރުގެ އަދަބު

ރިޔާޒް (ނޮވެމްބަރު 15) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި ކަމަށް ބެލެވޭ ސައުދީގެ ފަސް މީހަކަށް މަރުގެ އަދަބާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ސައުދު އަލް މުޖީބު ވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2018
ނޫސްވެރިޔާގެ މަރާގުޅުން ހުރި ރެކޯޑިން ގައުމުތަކަށް ދީފި

އަންކަރާ (ނޮވެމްބަރު 10) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅުން ހުރި ޓޭޕް ރެކޯޑިން އެމެރިކާ، އިނގިރޭސި ވިލާތް އަދި ސައުދީ އާއި އެހެން ބައެއް ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2018
އީރާނާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅަށް ތުރުކީ ބޯނުލަނބާނެ

އަންކަރާ (ނޮވެމްބަރު 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތުރުކީން ބޯނުލަނބާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018 4
"ބައްޕަގެ ހަށިގަނޑު ވަޅުލަން ބޭނުން ވަނީ މަދީނާގައި"

ވޮޝިންޓަން (ނޮވެމްބަރު 5) - އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުހްޖީގެ ދަރިން ބޭނުން ވަނީ ބައްޕަގެ ހަށިގަނޑު މަދީނާގައި ވަޅުލަން ކަމަށް ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2018 3
ނޫސްވެރިޔާގެ މަރު، އުރުދުޣާން އެންމެ ފަހުން ސައުދީއަށް

އަންކަރާ (ނޮވެމްބަރު 3) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ސަރުކާރުން ސީދާ ބައިވެރިވެފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2018 3
"ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާއެކު ވަނީ މަރާލާފައި"

އިސްތަންބޫލް (އޮކްޓޯބަރު 31) - ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ވަނުމާ އެކު ކަރުގައި ހިފައިގެން...

October 31, 2018 4
އެންމެ ބޮޑު އެއާޕޯޓަށް އިސްތަންބޫލް އެއާޕޯޓް ހަދަނީ

އިސްތަންބޫލް (އޮކްޓޯބަރު 31) - ކުލަގަދަ ރަސްމިއްޔާތަކާ އެކު އިސްތަންބޫލްގެ އާ އެއާޕޯޓް ރަޖަބް ތައްޔިބު އުރުދުޣާން ހުޅުވައިދެއްވައިފި އެވެ.

27 އޮކްޓޯބަރ

October 27, 2018 4
ޓްރަމްޕުގެ ދައުވަތު ޚާޝުގްޖީގެ ލޯބިވެރިޔާ ގަބޫލެއްނުކުރި

އިސްތަންބޫލް (އޮކްޓޯބަރު 27) - ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު، މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ...

October 27, 2018 3
ޚާޝުގްޖީ ހީކުރީ ތުރުކީއަކީ ރައްކާތެރި ތަނަކަށް ވާނެކަމަށް

އިސްތަންބޫލް (އޮކްޓޯބަރު 27) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ހީކުރީ ތުރުކީ އަކީ ރައްކާތެރި ގައުމަކަށްވާނެ ކަމަށާއި އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ނަމަވެސް...

26 އޮކްޓޯބަރ

October 26, 2018
ސައުދީ ޕްރޮސެކިއުޓާ ތުރުކީ އަށް

އަންކަރާ (އޮކްޓޯބަރު 26) - މަރާލި ނޫސްވެރިޔާގެ މަރުގެ ތަހްގީގާ ގުޅޭ ގޮތުން ސައުދީގެ ޗީފް ޕްރޮސެކިއުޓަރު ޝެއިޚް ސައުދު އަލް މުޖީބު އަންނަ އާދިއްތަ ދުވަހު ތުރުކީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2018
"ސައުދީން ޖަވާބު ދޭން ޖެހޭ ސުވާލުތައް އަދިވެސް ގިނަ"

އަންކަރާ (އޮކްޓޯބަރު 25) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީން ޖަވާބު ލިބެން ޖެހޭ ސުވާލުތައް ގިނަ ކަމަށް ތުރުކީން ބުނެފި އެވެ.

October 25, 2018 11
ޚަޝޯގީގެެ މައްސަލައިގައި ސަރުކާރު އަދިވެސް ސައޫދީއާއެކު

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މައްސަލައިގައި ދިވެހި ސަރުކާރު އަދިވެސް އޮތީ ސައޫދީއާއެކު ކަމަށް ދޭހަވާ ފަދަ ބަޔާނެއް ފޮރިން މިނިސްޓްރީން ނެރެފި އެވެ.

23 އޮކްޓޯބަރ

October 23, 2018 18
ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން: އުރުދުޣާން

އަންކަރާ (އޮކްޓޯބަރު 23) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައިވަނީ ދުރާލައި ރާވައިގެން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2018 3
ނޫސްވެރިޔާގެ މަރާގުޅޭ ހުރިހާ ތަފްސީލެއް ތުރުކީން ހާމަކުރަނީ

އަންކަރާ (އޮކްޓޯބަރު 21) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ގޮތުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ތުރުކީން ބުނެފި އެވެ.

20 އޮކްޓޯބަރ

October 20, 2018 37
ޚާޝުގްޖީގެ މަރުން ރިލްވާންގެ ހަނދާންތައް!

މީގެ ހަތަރު އަހަރު ކުރިން ވަގަށް ނެގި، ދިވެހި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީ ގޮތް ބުނެދޭނީ ކޮންއިރަކުން ހެއްޔެވެ؟ ސައުދީގެ ނޫސްވެރިޔާ، ޖަމާލް ޚާޝުގްޖީ އަށް ހެދި ގޮތަށް ރިލްވާން ވެސް މަރާލީ ހެއްޔެވެ؟ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ ރިލްވާން ގެއްލުން މާބޮޑު ކަމަކަށް ނުހެދި ދިވެހި ސަރުކާރުގެ އިހުމާލު، އެކަމުގައި އޮތް ކަމަށް...

October 20, 2018 2
ނޫސްވެރިޔާގެ މަރާ ގުޅޭ އޯޑިއޯއެއް އެމެރިކާއަކަށް ނުދެން

އިސްތަންބޫލް (އޮކްޓޯބަރު 20) - މި މަހު 2 ވަނަ ދުވަހު ގެއްލުނު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅޭ އޯޑިއޯ ޓޭޕެއް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އަށް ހަވާލުކޮށްފައިވާ...

October 20, 2018 81
ނޫސްވެރިޔާ މަރުވީ ތަޅާފޮޅުމަކަށް ފަހު: ސައުދީ

ރިޔާޒް (އޮކްޓޯބަރު 20) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރުވީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށް ސައުދީ އަރަބިއާ އިން މިއަދު ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2018 1
ނޫސްވެރިޔާގެ ހަށިގަނޑު ފެނޭތޯ ޖަންގަލިތެރެ ބަލަނީ

އިސްތަންބޫލް (އޮކްޓޯބަރު 19) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ފެނޭތޯ ޖަންގަލިތެރެ ބެލުމުގެ މަސައްކަތް ތުރުކީގެ ތަހުގީގު ޓީމުން ފަށައިފި އެވެ.

18 އޮކްޓޯބަރ

October 18, 2018 7
ޚާޝުގްޖީގެ ފަހުގެ ކޮލަމް: އެދިފައި ވަނީ މިނިވަންކަމަށް

ވޮޝިންޓަން (އޮކްޓޯބަރު 18) - ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފަހުގެ ކޮލަމް ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފި އެވެ.

October 18, 2018 3
ނޫސްވެރިޔާގެ މަރުގެ ހެކި ހޯދަން އެމެރިކާ އިން އެދިއްޖެ

ވޮޝިންޓަން (އޮކްޓޯބަރު 18) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުން ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލާފައިވާ ކަމަށް ތުރުކީން ބުނާ އޯޑިއޯ ހެކި...

October 18, 2018 6
ސައުދީ ކޮންސުލްގެ ގެ ބަލައި ފާސްކޮށްފި

އިސްތަންބޫލް (އޮކްޓޯބަރު 18) - ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ އަށް ވީ ގޮތެއް ބެލުމަށްޓަކައި ހިންގާ ތަހުގީގުގައި އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސުލްގެ ގެއަށް ތަހުގީގު...