17 ޖެނުއަރީ

January 17, 2017
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ

ރޫސީ ވިލާތާއި ތުރުކީ ވިލާތުގެ ތާއީދާ އެކު ކަޒަކިސްތާނުގައި ބާއްވާ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ނިންމައިފި އެވެ.

January 17, 2017 1
ތުރުކީގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގާނޫނު ހަދާ މަޖިލީހުން ތާއީދު ކޮށްފި

ތުރުކީގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމާ ބެހޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަށް ފުރަތަމަ ބުރުގެ ވޯޓުލުމުގައި މަޖިލީހުގެ ތާއީދު ލިބިއްޖެ އެވެ.

16 ޖެނުއަރީ

January 16, 2017
ތުރުކީ މަތިންދާބޯޓެއް ވެއްޓި 30 މީހުން މަރުވެއްޖެ

ހޮންކޮންގުން ފުރައިގެން ތުރުކީ އަށް ދަތުރު ކުރި، މުދާ އުފުލާ މަތިންދާބޯޓެއް ކިރްގިޒިސްތާނަށް ވެއްޓި މަދުވެގެން 30 މީހަކު މަރުވެއްޖެ އެވެ.

11 ޖެނުއަރީ

January 11, 2017
ތުރުކީ ސިފައިން އިރާގުން ފޭބުމަށް ގޮވާލައިފި

އިރާގަށް ވަދެ ތިބި ތުރުކީވިލާތުގެ ސިފައިން އެ ގައުމުން ފޭބުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ގޮވާލައްވައިފި އެވެ.

January 11, 2017 2
ތުރުކީ ޓެރަރިސްޓުންގެ އަމާޒަކަށް ވީ ކީއްވެ؟

އަރަބި-އިސްލާމީ ދުނިޔެ އާއި ޔޫރަޕާ ދެމެދު ގުޅުވައިދޭ މައި ދޮރޯއްޓަކީ ތުރުކީ ވިލާތެވެ. ހަމަ އެފަދައިން އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މައި ފާލަމަކީ ވެސް ތުރުކީ ވިލާތެވެ. ސްޓްރެޓީޖިކް...

04 ޖެނުއަރީ

January 04, 2017 7
ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރަށް ހިތި ނިމުމެއް

އިސްތަންބޫލް (ޖެނުއަރީ 4) - ލީން ނަސީރު ދިޔައީ ތުރުކީގެ އިސްތަންބޫލަށް ފޮނުވައިދޭތޯ އޭނާގެ މައިންބަފައިންގެ ކައިރީ އާދޭސް ކުރަމުންނެވެ. އޭނާ މީގެ ކުރިން ދުވަހަކު ވެސް އިޒްރޭލް ފިޔަވައި އެހެން ގައުމަކަށް ނުދެ އެވެ. ލީންގެ ތިން އަންހެން އެކުވެރިން އިސްތަންބޫލަށް ދާން އުޅުނީ އާ އަހަރު ފާހަގަ ކުރުމަށެވެ. އެހެންވެ އޭނާ ވެސް ބޭނުންވީ އެ...

02 ޖެނުއަރީ

January 02, 2017 2
ތުރުކީގެ ނައިޓްކްލަބަށް ހަމަލާ ދިނީ އައިއެސް އިން

އިސްތަންބޫލް (ޖެނުއަރީ 2) - ތުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ބަޑިޖަހާ 39 މީހުން މަރާލި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން...

January 02, 2017
ނައިޓްކްލަބުގައި ހަމަލާ ދިން މީހާ އަދިވެސް އަތެއް ނުވޭ

އިސްތަންބޫލް (ޖެނުއަރީ 2) - ތުުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް އެތަނަށް ވަދެ ބަޑިން ހަމަލާ ދިން މީހާ އަދިވެސް އަތު ނުވާ ކަމަށް ތުރުކީ ފުލުހުން...

01 ޖެނުއަރީ

January 01, 2017
ތުރުކީގެ ނައިޓްކްލަބަކަށް ހަމަލާދީ 35 މީހުން މަރާލައިފި

އިސްތަންބޫލް (ޖެނުއަރީ 1) - ތުރުކީގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަ ކުރަނިކޮށް ރޭ ދަންވަރު ބަޑިން ހަމަލާދީ 35 މީހުން މަރާލާ 40 މީހުން ޒަޚަމްކޮށްލައިފި ކަމަށް އިސްތަންބޫލްގެ ގަވަރުނަރު ވަސްޕިން ސަހިން ވިދާޅުވެއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2016 5
ހަނގުރާމަ ހުއްޓާލަން ސީރިއާ ސަރުކާރުން އެއްބަސްވެއްޖެ

މޮސްކޯ (ޑިސެމްބަރު 29) - އިދިކޮޅު ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމް ކުރުމަށް ސީރިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

28 ޑިސެމްބަރ

December 28, 2016 2
ސީރިއާ ހަނގުރާމަ ހުއްޓާލަން ރަޝިޔާ އާއި ތުރުކީ އެއްބަސްވެއްޖެ

އަންކާރާ (ޑިސެމްބަރު 28) - ސީރިއާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ރަޝިޔާ އާއި ތުރުކީން އެއްބަސްވެއްޖެ ކަމަށް ތުރުކީގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2016 3
ބަޣާވާތާ ގުޅިގެން ތުރުކީގެ 29 ފުލުހަކަށް ދައުވާކޮށްފި

އިސްތަންބޫލް (ޑިސެމްބަރު 27) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭން 29 ފުލުހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި...

December 27, 2016 5
އުރުދުޣާންއަށް ސައިފޮދު ނާރުވާން ބުނުމުން ހައްޔަރުކޮށްފި

އަންކާރާ (ޑިސެމްބަރު 27) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ސައިފޮދު ނާރުވާނެ ކަމަށް ބުނި ތުރުކީގެ އިދިކޮޅު ނޫހުން ހިންގާ ކެފޭގެ ވެރިމީހާ ހައްޔަރުކޮށްފި އެވެ.

23 ޑިސެމްބަރ

December 23, 2016 13
ތުރުކީ ސިފައިންގެ ދެ މީހަކު އައިއެސް އިން އަންދާލައިފި

ބަޣުދާދު (ޑިސެމްބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަތުލައިގަތް ތުރުކީ ސިފައިންގެ ދެ މީހަކު ދިރިހުއްޓާ އަންދާލާ ވީޑިއޯއެއް އެ ޖަމާއަތުން އާއްމުކޮށްފި އެވެ.

21 ޑިސެމްބަރ

December 21, 2016 3
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި

އަންކާރާ (ޑިސެމްބަރު 21) - ސީރިއާގެ ހަލަބު ސިޓީގެ ހަނގުރާމަ އެންމެ ވަރުގަދަވި އިރު އެ ސިޓީގެ ހާލަތު ބަޔާން ކޮށްދިނުމަށް ޓްވީޓް ކުރަމުން ދިޔަ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖާ، ބަނާ އަލް އަބްދުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލު ކުރައްވައިފި އެވެ.

20 ޑިސެމްބަރ

December 20, 2016 18
ސަފީރު އަވަހާރަކޮށްލި މަންޒަރު ފޮޓޯ ނެގި މީހާގެ ވާހަކަ

އަންކާރާ (ޑިސެމްބަރު 20) - ތުރުކީގައި އޮތް ފޮޓޯ މައުރަޒެއް ހުޅުވަން ވާހަކަ ދައްކަވަން ހުންނަވަނިކޮށް ތުރުކީ ފުލުހުންގެ މީހަކު ބަޑިޖަހާ ރަޝިޔާ ސަފީރު އަވަހާރަކޮށްލި މަންޒަރުގެ...

December 20, 2016 9
ރަޝިޔާ ސަފީރު އަވަހާރަކޮށްލުން ރާއްޖޭން ކުށްވެރިކޮށްފި

ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަންދުރޭ ކަރްލޯފް ހަށިކޮޅަށް އެ ގައުމުގެ ފުލުހަކު ބަޑި ޖަހާ އަވަހާރަކޮށްލުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި...

19 ޑިސެމްބަރ

December 19, 2016 25
ރަޝިޔާ ސަފީރުގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިފި

އަންކާރާ (ޑިސެމްބަރު 19) - ރަޝިޔާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަންދުރޭ ކަރްލޯފްގެ ހަށިކޮޅަށް ބަޑިން ހަމަލާދީ އޭނާ މިރޭ އަވަހާރަކޮށްލައިފި އެވެ.

11 ޑިސެމްބަރ

December 11, 2016 1
ތުރުކީ އަށް ދިން ބޮމުގެ ހަމަލާގައި 29 މަރު

އިސްތަންބޫލް (ޑިސެމްބަރު 11) - ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލްގެ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 29 މީހުން މަރުވެ 166 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2016
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި

އިރާގާއި ސީރިޔާގައި މިހާރު ހަނގުރާމަ ކުރަމުންދާ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުމާ ބެހޭ ގޮތުން އެމެރިކާ އާއި ތުރުކީ ވިލާތުގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި އެވެ.

02 ނޮވެމްބަރ

November 02, 2016
އިރާގުގެ ބޯޑަރަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި

އަންކާރާ (ނޮވެމްބަރު 2) - އިރާގުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ތުރުކީން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރު ޖަމާކޮށްފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2016 3
އިދިކޮޅު ނޫސްވެރިން ހައްޔަރު ކުރަން ތުރުކީން ފަށައިފި

އަންކާރާ (އޮކްޓޯބަރު 31) - ތުރުކީގެ އިދިކޮޅު ނޫހެއް ކަމަށްވާ ކުމްހުއްރިޔަތުގެ އެޑިޓަރާއި އެ ނޫހުގެ ވަރަށް ގިނަ ރިޕޯޓަރުން ފުލުހުން ހައްޔަރުކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2016
މޫސަލްގެ ހަނގުރާމައަށް ތުރުކީ ވަންނަން އުޅެނީ ކީއްވެ؟

އަންކާރާ (އޮކްޓޯބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މޫސަލް ސިޓީ ހިފަން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިނުވެ، އިރާގުގައި ތިބި ތުރުކީ ސިފައިންނަށް މަޑުން ތިބެވެން ނެތް ކަމަށް ތުރުކީން ދަނީ ބުނަމުންނެވެ.

14 އޮކްޓޯބަރ

October 14, 2016 3
ސީރިއާ އަށް ދޭ ހަމަލާ ހުއްޓުވުމަށް އދ. ނުކުޅެދިފައި

އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

12 އޮކްޓޯބަރ

October 12, 2016 1
އިރާގުގެ ބޮޑު ވަޒީރު ސައިޒުވާން އުރުދުޣާން އަންގަވައިފި

އިސްތަންބޫލް (އޮކްޓޯބަރު 12) - ހައިސިއްޔަތު އޮޅުވާ ނުލާ ސައިޒުގައި ހުންނެވުމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގަވައިފި އެވެ.