01 އޯގަސްޓް

August 01, 2016
އުރުދުޣާން ހައްޔަރު ކުރަން އުޅުނު މީހުން އަތުލައިގެންފި

އަންކާރާ (އޮގަސްޓް 1) - ތުރުކީގައި ބަޣާވާތް ކުރި ރޭ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހައްޔަރު ކުރަން އުޅުނު ސިފައިންގެ ގްރޫޕް ހައްޔަރުކޮށްފި އެވެ.

31 ޖުލައި

July 31, 2016
ސިފައިންގެ ބާރު އުރުދުޣާނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

އަންކާރާ (ޖުލައި 31) - ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އާއި ސިފައިންގެ ވެރިޔާގެ ބާރު ސީދާ ރައީސްގެ އަތްދަށުގައި އޮންނަ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ރައީސް ރަޖަބު ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2016
ތުރުކީގެ ބަޣާވާތުގައި ބައިވެރިވީ 9،000 ސިފައިން

އަންކާރާ (ޖުލައި 29) - ތުރުކީ އަށް މި މަހު 15 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތުގައި ބައިވެރިވީ 8،651 ސިފައިން ކަމަށާއި މިއީ ގައުމުގެ ސިފައިންގެ ލަޝްކަރުގެ އެންމެ 1.5 ޕަސެންޓް ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

25 ޖުލައި

July 25, 2016 6
ތުރުކީގެ 42 ނޫސްވެރިއަކު ހައްޔަރުކުރަން އަމުރު ނެރެފި

އަންކާރާ (ޖުލައި 25) - މި މަހު 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ހިންގަމުންދާ ތަހުގީގުގައި 42 ނޫސްވެރިއަކު ހައްޔަރު ކުރަން އަމުރު ނެރެފައިވާ ކަމަށް އެ ގައުމުގެ...

July 25, 2016 4
ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ތުރުކީން ދައްކުވައިދީފި

އަންކާރާ (ޖުލައި 25) - ތުރުކީ އަށް ގެންނަން އުޅުނު ބާޣާވާތް ކުށްވެރިކޮށް، އެ ގައުމުގައި ޑިމޮކްރެސީ އަށް ޖާގަ އޮތްކަން ދައްކުވައި ދިނުމަށް އެތައް ހާސް ބަޔަކު އިސްތަންބޫލްގައި ބޮޑު...

24 ޖުލައި

July 24, 2016 4
ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލަނީ

އަންކާރާ (ޖުލައި 24) - ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލައްވާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބިނާލް ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2016 4
ބަޣާވާތަށް ފަހު ފިލަން ދިޔަ މީހުންގެ ޝަރީއަތް ފަށައިފި

އަންކާރާ (ޖުލައި 21) - ތުރުކީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޣާވާތް ކުރުމަށް ފަހު ނާކާމިޔާބުވުމުން ފިލަން ގްރީސް އަށް ދިޔަ އަށް އޮފިސަރުންގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

July 21, 2016 8
ތުރުކީގައި ކުއްލި ހާލަތު އިއުލާންކޮށްފި

އަންކާރާ (ޖުލައި 21) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

20 ޖުލައި

July 20, 2016 5
ތުރުކީގައި 50،000 މީހުންނާ މެދު ފިޔަވަޅު އަޅައިފި

އަންކަރާ (ޖުލައި 20) - ތުރުކީ އަށް ގެނައި ނާކާމިޔާބު ބަޣާވާތަށް ފަހު މިހާތަނަށް 50،000 މީހުން ހައްޔަރުކޮށް، ވަޒީފާ އިން ވަކިކޮށް އަދި ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

18 ޖުލައި

July 18, 2016 5
ތުރުކީން 8،000 ފުލުސް އޮފިސަރުން ސަސްޕެންޑްކޮށްފި

އަންކާރާ (ޖުލައި 18) - ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅުން ހުރި ކަމަށް ބެލެވޭ ފުލުހުންގެ 8،000 އޮފިސަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

17 ޖުލައި

July 17, 2016 33
"ބަޣާވާތުގެ ވެރިކަމަކަށް ޑިމޮކްރަސީގައި ޖާގައެއް ނެތް"

ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރަސީގެ ހަމަތަކަށް އަމަލުކުރާ އެއްވެސް މުޖުތަމައެއްގައި ޖާގައެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2016
ތުރުކީގެ ކެމްލިކާ މިސްކިތް: ފުރިހަމަ ކަމުގެ ނަމޫނާއެއް

އިސްތަންބޫލް (ޖުލައި 6) - ތުރުކީގެ އިސްތަންބޫލްގައި މި ހަފުތާގައި ހުޅުވި ކެމްލިކާ މިސްކިތަކީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަރަށް ކުރިއްސުރެ ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެނެކެވެ. ތުރުކީގެ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަމުންދިޔައިރު އުރުދުޣާން އަމިއްލަފުޅަށް ވަޑައިގެން މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ...

04 ޖުލައި

July 04, 2016
ގާޒާ އަށް ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި

އިސްތަންބޫލް (ޖުލައި 4) - ފަލަސްތީނުގެ ގާޒާ ސްޓްރިޕްގެ ރައްޔިތުންނަށް އިންސާނީ އެހީގެ ގޮތުގައި ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި އެވެ.

01 ޖުލައި

July 01, 2016
ތުރުކީ އެއާޕޯޓަށް ހަމަލާ ދިނީ އައިއެސްގެ ބޮޑެއް

ވޮޝިންޓަން (ޖުލައި 1) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރްކް އެއާޕޯޓަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހުރީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ޓެރަރިސްޓެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

29 ޖޫން

June 29, 2016 3
ތުރުކީ އެއާޕޯޓަށް ދިން ހަމަލާގައި 36 މަރު

އިސްތަންބޫލް (ޖޫން 29) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށް...

June 29, 2016 1
އިސްތަންބޫލް އެއާޕޯޓަށް ހަމަލާދީ 10 މީހުން މަރާލައިފި

އިސްތަންބޫލް (ޖޫން 29) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް މިރޭ ދިން ޖާނުންފިދާވުމުގެ ބޮމުގެ ދެ ހަމަލާގައި މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޖަސްޓިސް...

28 ޖޫން

June 28, 2016 1
ވައްޓާލި ރަޝިޔާގެ ބޯޓަށް ބަދަލުދޭން ތުރުކީ ތައްޔާރު

އަންކާރާ (ޖޫން 28) - ސީރިއާގައި ހަރަކާތްތެރި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހު ވައްޓާލި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓަށް "ބޭނުންވެއްޖެ ނަމަ" ބަދަލު ދޭން ތައްޔާރު ކަމަށް ތުރުކީން ބުނެފި އެވެ.

05 ޖޫން

June 05, 2016
ޖިންސީ ގޯނާކުރި މީހާއަށް 108 އަހަރުގެ ޖަލު ހުކުމެއް

އިސްތަންބޫލް (ޖޫން 5) - ރެފިއުޖީ ކޭމްޕެއްގައި ސީރިއާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ތުރުކީ މީހަކު 108 އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.