06 ޖުލައި

July 06, 2020 2
އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް؟

ބޮލީވުޑަށް ނުކުތް ނަމަވެސް ކުޅޭނެ ފިލްމެއް ނުލިބި، މާ ގިނަ ދުވަހެއް ނުވެ އެކްޓިން ކެރިއަރު ނިމުމަކަށް އައި ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް ޓީވީ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

July 06, 2020
ގިނަ ސިލްސިލާތައް މި މަހު 13 އަށް ތައްޔާރު

ކޮވިޑް-19ގެ ސަބަބުން އިންޑިއާގައި އިއުލާންކުރި ލޮކްޑައުންއާ ހެދި ހުއްޓުމަކަށް އައި އިންޑިއާގެ ޓީވީ ޗެނެލްތަކުގެ ގިނަ ސިލްސިލާތައް މި މަހުގެ 13 އިން ފެށިގެން ދައްކަން ތައްޔާރުވެއްޖެ...

28 ޖޫން

June 28, 2020
ބަޖާޖްގެ ރޯލް ލިބުނީ ކަރަން ޕަޓޭލަށް

ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ބަޖާޖްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް އެ ރޯލަށް ސޮއިކުރިކަން ކަރަން ޕަޓޭލް ކަށަވަރުކޮށް ދީފި އެވެ.

25 ޖޫން

June 25, 2020
ހީނާ އާއި ކުޝާލްގެ "އަންލޮކް" ހޮނިހިރު ދުވަހު

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ދެ ތަރިން ކަމަށްވާ ހީނާ ޚާނާއި ކުޝާލް ޓަންޑަންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "އަންލޮކް" އަންނަ ހޮނިހިރު ދުވަހު ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާ ދައްކާލައިފި އެވެ.

24 ޖޫން

June 24, 2020
"ކަސޯޓީ" ގެ ބަޖާޖްގެ ރޯލަށް ކަރަން ކުންދްރާ

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ލޮކްޑައުނަށް ފަހު އަލުން ގެނެސްދޭ އިރު، އެ ސިލްސިލާގެ ބަޖާޖްގެ ކެރެކްޓާ ކުޅެން ކަރަން ކުންދުރާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

21 ޖޫން

June 21, 2020
"ނާގިން 4" ގެ ފިނާލޭ ޕްރޮމޯއެއް

ކޮވިޑް-19އާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ދައްކަމުން ދިޔަ އެކްތާ ކަޕޫރްގެ ސުޕަނެޗްރުލް ސިލްސިލާ "ނާގިން 4" ނިންމައިލަން ނިންމާފައިވާތީގެ އޭގެ ފިނާލޭ އެޕިސޯޑްގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

18 ޖޫން

June 18, 2020 1
ޑިޕްރެޝަނަށް ދިޔަ، އެހީވީ ރައްޓެހިން: އަޝިޝް

މީގެ 12 އަހަރު ކުރިން އާއިލާގެ ބަޔަކު ހިތާމަވެރި ހާދިސާއެއްގައި މަރުވުމުން ޑިޕްރެޝަނުގެ ތެރެއަށް ވަރަށް ބޮޑަށް ދިޔަ ކަމަށާއި އެކަމުން އަރައިގަނެވުނީ ރައްޓެހިންގެ އެހީ އާއި މަދަދާ އެކު ކަމަށް އެކްޓަރު އަޝިޝް ޗައުދަރީ ބުނެފި އެވެ.

08 ޖޫން

June 08, 2020
"ނާގިން 5" ގެ ކާސްޓާ ބެހޭ ބަހުސްތަކެއް

އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ގެނެސްދެމުން ދިޔަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން 4" ނިންމައިލުމަށް ފަހު، އެ ސިލްސިލާގެ ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ކާސްޓާ ބެހޭ ގޮތުން ގިނަ ބަހުސްތަކެއް ކުރެވެން ފަށައިފި އެވެ.

01 ޖޫން

June 01, 2020
ކުރީގެ ދެ ސިލްސިލާއެއް މިރޭ ސޮނީ ޓީވީ އަށް

ލޮކްޑައުނާ އެކު އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި އާ އުފެއްދުންތައް ނުގެނެސްދެވޭތީ ސޮނީން ޓީވީން އެ ޗެނެލުން ކުރިން ގެނެސްދިން މަގުބޫލު ދެ ސިލްސިލާއެއް އަލުން މިރެއިން ފެށިން ގެނެސްދޭން ނިންމައިފި އެވެ.

30 މެއި

May 30, 2020
"ނާގިން 4" ދެން ނާންނާނެ، ދެން އޮތީ "ނާގިން 5"

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު، ކަލާޒް އިން ދައްކަމުން ދިޔަ ސިލްސިލާ "ނާގިން" 4 ވަނަ ސީޒަން ހުއްޓުމަކަށް އައިސްފައިވާތީ، ޝޯ ދެއްކުން މަޑުޖެހުނު ހިސާބުން އެ ސީޒަން ނިންމައިލީ ކަމަށާއި ކުރިއަށް ދެން އޮންނާނީ ފަސް ވަނަ ސީޒަން ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނެފި އެވެ.

23 މެއި

May 23, 2020
ވެބް ސީރީޒް "ކެހެނޭ ކޯ ހަމްސަފަރު 3" ޖޫން 6 ގައި

އެކްތާ ކަޕޫރްގެ ބާލާޖީގެ ޑިޖިޓަލް ގޮފި އޯލްޓް ބާލާޖީގެ ކާމިޔާބު ވެބް ސީރީޒް "ކެނެހޭ ކޯ ހަމްސަފަރު" ގެ ސީޒަން ތިނެއް އަންނަ މަހުގެ 6 ގައި ސްޓްރީމްކުރަން ނިންމައި، މީގެ ޓްރެއިލާ ހޮނިހިރު ދުވަހު ދައްކައިލަން ނިންމައިފި އެވެ.

19 މެއި

May 19, 2020 1
ސަލްމާންގެ ފިލްމަކުން ފުރުސަތު ދޭނެ ކަމަށް ބުނެ ގުޅަނީ

ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން ފުރުސަތު ދޭނެ ކަމަށް ބުނެ ބަޔަކު ފޯނުކުރަމުން ދާތީ އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ހުށަހަޅައިފި އެވެ.

16 މެއި

May 16, 2020
"ޕަވިތުރަ ރިޝްތާ" އަލުން ޒީޓީވީ އަށް

ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަލުން ގެނެސްދޭން ނިންމައިފި އެވެ.

12 މެއި

May 12, 2020
ދަރިފުޅު ޕަލަކަކީ ހުނަރުވެރިއެއް: ޝްވޭތާ ތިވާރީ

ދަރިފުޅު ޕަލަކް ޗައުދަރީ އެކްޓްކުރަން ވަރަށް މޮޅު ކަމަށާއި އޭނާއާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ ބުނެފި އެވެ.

24 އެޕްރީލް

April 24, 2020
ސޮނީގެ "ބޭހަދު 2" ދެން ނުގެނެސްދޭނެ

ކޮރޯނާވައިރަހާ ހެދި ޝޫޓް ނުކުރެވިގެން، ދެއްކުން މެދުކަނޑާލި ސޮނީ ޓީވީގެ ސިލްސިލާ "ބޭހަދު 2" ދެން ނުހަދާނެ ކަމަށް އެ ޗެނެލުން ބުނެފި އެވެ.

20 އެޕްރީލް

April 20, 2020 1
ސިލްސިލާ "ބަލިކާ ވަދޫ" އަލުން ކަލާޒް އަށް

ކަލާޒް ޗެނެލުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ބަލިކާ ވަދޫ" އަލުން ގެނެސްދޭން ނިންމައިފި އެވެ.

11 އެޕްރީލް

April 11, 2020
އިސްކޮޅުން ދިގުކަމުން ފުރުސަތުތައް ގެއްލުނު: ކަރިޝްމާ

އިސްކޮޅުން މާ ދިގުވުމުގެ ސަބަބުން ފުރުސަތުތަކުން މަހުރޫމުވި ކަމަށާއި ފުރުސަަތު ދޭން ވަރަށް ގިނަ ބަޔަކު ދެކޮޅުހެދި ކަމަށް އިންޑިއާގެ ބަތަލާ ކަރިޝްމާ ތައްނާ ބުނެފި އެވެ.

06 އެޕްރީލް

April 06, 2020 2
"ސީއައިޑީ" އާއި "އާހަތު" އަލުން ސޮނީ އަށް

ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސޮނީ ޓީވީން ގެނެސްދިނުމަށް ފަހު ހުއްޓައިލި ބެލުންތެރިންގެ މަގުބޫލު ދެ ޝޯ ކަމަށްވާ "ސީއައިޑީ" އާއި "އާހަތު" އަލުން ގެނެސްދޭން ފަށައިފި އެވެ.

24 މާޗް

March 24, 2020
އެކްތާގެ "ނާގިން" ފިލްމު ކުޅޭނީ ޕްރިޔަންކާ؟

އަންހެން ހަރުފަތަކެއްގެ ސޫރަ އަށް ބަދަލުވާ ބައެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާތަކެއް ގެނެސްދޭ އެކްތާ ކަޕޫރް "ނާގިން" ގެ ނަމުގައި ގެނެސްދެމުން އަންނަ އިރު، ހަމަ އެ ނަމުގައި އޭނާ ހަދަން ނިންމާފައިވާ ޓްރިލޮޖީގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

19 މާޗް

March 19, 2020
ހީނާ ކުޅުނު ފުރަތަމަ ފިލްމަށް ބޭރުގެ އެވޯޑެއް

އިންޑިއާގެ ބަތަލާ ހީނާ ޚާން ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމު "ލައިންސް" އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.

16 މާޗް

March 16, 2020
ރަޝްމީއާ އެކު "ނާގިން 4" ގެ ޕްރޮމޯއެއް

ކަލާޒްގެ ސިލްސިލާ "ނާގިން 4" ގެ ރޯލަކުން ބަތަލާ ރަޝްމީ ދެސާއީ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.