04 ޖުލައި

July 04, 2020
ގިނަ ޓީވީ ޝޯތައް މި މަހުގެ އަލުން ދައްކަން ފަށާނެ

ކޮވިޑް-19އާ ފެތުރޭތީ އިންޑިއާގައި މާޗް މަހުގެ ފަހުކޮޅު އިއުލާންކުރި ލޮކްޑައުންގެ ސަބަބުން ހުއްޓިފައިވާ އިންޑިއާގެ ޓީވީ އުފެއްދުންތަކުގެ މަސައްކަތައް މިހާރު އަލުން ފަށާފައިވާތީ ގިނަ ޗެނެލްތަކުން ގެނެސްދެމުން ދިޔަ ޝޯތައް މި މަހުގެ ތެރޭގައި އަލުން ދައްކަން ފަށަން ތައްޔާރުވެއްޖެ އެވެ.

28 ޖޫން

June 28, 2020
ބަޖާޖްގެ ރޯލް ލިބުނީ ކަރަން ޕަޓޭލަށް

ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ބަޖާޖްގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވެމުން ދަނިކޮށް އެ ރޯލަށް ސޮއިކުރިކަން ކަރަން ޕަޓޭލް ކަށަވަރުކޮށް ދީފި އެވެ.

24 ޖޫން

June 24, 2020
"ކަސޯޓީ" ގެ ބަޖާޖްގެ ރޯލަށް ކަރަން ކުންދްރާ

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ލޮކްޑައުނަށް ފަހު އަލުން ގެނެސްދޭ އިރު، އެ ސިލްސިލާގެ ބަޖާޖްގެ ކެރެކްޓާ ކުޅެން ކަރަން ކުންދުރާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

21 ޖޫން

June 21, 2020
"ނާގިން 4" ގެ ފިނާލޭ ޕްރޮމޯއެއް

ކޮވިޑް-19އާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ދައްކަމުން ދިޔަ އެކްތާ ކަޕޫރްގެ ސުޕަނެޗްރުލް ސިލްސިލާ "ނާގިން 4" ނިންމައިލަން ނިންމާފައިވާތީގެ އޭގެ ފިނާލޭ އެޕިސޯޑްގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.

08 ޖޫން

June 08, 2020
"ނާގިން 5" ގެ ކާސްޓާ ބެހޭ ބަހުސްތަކެއް

އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ގެނެސްދެމުން ދިޔަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން 4" ނިންމައިލުމަށް ފަހު، އެ ސިލްސިލާގެ ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާ އިރު، އޭގެ ކާސްޓާ ބެހޭ ގޮތުން ގިނަ ބަހުސްތަކެއް ކުރެވެން ފަށައިފި އެވެ.

01 ޖޫން

June 01, 2020
ކުރީގެ ދެ ސިލްސިލާއެއް މިރޭ ސޮނީ ޓީވީ އަށް

ލޮކްޑައުނާ އެކު އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި އާ އުފެއްދުންތައް ނުގެނެސްދެވޭތީ ސޮނީން ޓީވީން އެ ޗެނެލުން ކުރިން ގެނެސްދިން މަގުބޫލު ދެ ސިލްސިލާއެއް އަލުން މިރެއިން ފެށިން ގެނެސްދޭން ނިންމައިފި އެވެ.

30 މެއި

May 30, 2020
"ނާގިން 4" ދެން ނާންނާނެ، ދެން އޮތީ "ނާގިން 5"

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު، ކަލާޒް އިން ދައްކަމުން ދިޔަ ސިލްސިލާ "ނާގިން" 4 ވަނަ ސީޒަން ހުއްޓުމަކަށް އައިސްފައިވާތީ، ޝޯ ދެއްކުން މަޑުޖެހުނު ހިސާބުން އެ ސީޒަން ނިންމައިލީ ކަމަށާއި ކުރިއަށް ދެން އޮންނާނީ ފަސް ވަނަ ސީޒަން ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނެފި އެވެ.

23 މެއި

May 23, 2020
ވެބް ސީރީޒް "ކެހެނޭ ކޯ ހަމްސަފަރު 3" ޖޫން 6 ގައި

އެކްތާ ކަޕޫރްގެ ބާލާޖީގެ ޑިޖިޓަލް ގޮފި އޯލްޓް ބާލާޖީގެ ކާމިޔާބު ވެބް ސީރީޒް "ކެނެހޭ ކޯ ހަމްސަފަރު" ގެ ސީޒަން ތިނެއް އަންނަ މަހުގެ 6 ގައި ސްޓްރީމްކުރަން ނިންމައި، މީގެ ޓްރެއިލާ ހޮނިހިރު ދުވަހު ދައްކައިލަން ނިންމައިފި އެވެ.

16 މެއި

May 16, 2020
"ޕަވިތުރަ ރިޝްތާ" އަލުން ޒީޓީވީ އަށް

ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަލުން ގެނެސްދޭން ނިންމައިފި އެވެ.

24 މާޗް

March 24, 2020
އެކްތާގެ "ނާގިން" ފިލްމު ކުޅޭނީ ޕްރިޔަންކާ؟

އަންހެން ހަރުފަތަކެއްގެ ސޫރަ އަށް ބަދަލުވާ ބައެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާތަކެއް ގެނެސްދޭ އެކްތާ ކަޕޫރް "ނާގިން" ގެ ނަމުގައި ގެނެސްދެމުން އަންނަ އިރު، ހަމަ އެ ނަމުގައި އޭނާ ހަދަން ނިންމާފައިވާ ޓްރިލޮޖީގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

16 މާޗް

March 16, 2020
ރަޝްމީއާ އެކު "ނާގިން 4" ގެ ޕްރޮމޯއެއް

ކަލާޒްގެ ސިލްސިލާ "ނާގިން 4" ގެ ރޯލަކުން ބަތަލާ ރަޝްމީ ދެސާއީ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

08 މާޗް

March 08, 2020 3
"ކަސޯޓީ" ގެ ކާސްޓަށް އިތުރު ދެ ތަރިއެއް

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ވާހަކަ އަށް ފާއިތުވި ހަފުތާއެއްހާ ދުވަސްތެރޭގައި ވަނީ ވަރަށް ބޮޑު ޓްވިސްޓްތަކެއް އައިސްފަ އެވެ. އޭގެ...

March 08, 2020
"ނާގިން 4" ގެ ރޯލަކަށް ރަޝްމީ ދެސާއީ؟

ކަލާޒް ޗެނެލުން ދައްކަމުން އަންނަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަންގެ ރޯލެއް، ދާދި ފަހުން ނިންމައިލި "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރި ބަތަލާ ރަޝްމީ ދެސާއީ އަށް...

26 ފެބުރުއަރީ

February 26, 2020
"ކަސޯޓީ" ގެ އަނޫރާގް، ޕްރޭނާ މަރާލަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް އާ ޕްރޮމޯއަކުން ދައްކާލައިފި އެވެ.

01 ފެބުރުއަރީ

February 01, 2020
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި މަހުގެ 21 ގައި ސިނަމާތަކަށް ގެންނަ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ޓީޒާއެއް ދައްކައިލުމަށް ފަހު، ފިލްމުގެ ޓްރެއިލާ އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޖަޔޭޝްބާއީ ޖޯރްދާރު" ގެ ޝޫޓިން އެކްޓަރު ރަންވީރު ސިންގް ފަށައިފި އެވެ.

30 ނޮވެމްބަރ

November 30, 2019 1
"ޔޭ ހޭ ޗާހަތޭ" އަކީ "ޔޭ ހޭ މޮހައްބަތޭން" ގެ ސްޕިން-އޮފް

ސްޓާ ޕްލަސް އިން މިހާރު ދައްކާ އެކްތާ ކަޕޫރްގެ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ނިންމައިލަން ތައްޔާރުވަމުން އަންނަ އިރު، އެ ސިލްސިލާގެ ވާހަކައިން ކުރިފަޅުވައިގެން ގެނެސްދޭ އާ ސިލްސިލާ "ޔޭ ހޭ ޗާހަތޭ" އަންނަ މަހު ދައްކަން ފަށަން ނިންމައި، ޕްރޮމޯއެއް ވެސް ދައްކާލައިފި އެވެ.

26 ނޮވެމްބަރ

November 26, 2019
"ނާގިން 4" އަންނަ މަހު؛ އާ ޕްރޮމޯއެއް ވެސް ނެރެފި

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ، އެކްތާ ކަޕޫރްގެ ޓީވީ ސިލްސިލާ "ނާގިން 4" އަންނަ މަހު ގެނެސްދޭން ފަށާނެކަން ކަށަވަރުކޮށް ދިނުމާ އެކު، ސިލްސިލާގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

25 ނޮވެމްބަރ

November 25, 2019
ޓީވީ ބަތަލާ ކްރިސްޓަލަށް ބޮލީވުޑްގެ ބޮޑު ފިލްމެއް

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް ސޮއިކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2019
"ނާގިން 4" ގެ ދެވަނަ ބަތަލާ އަކީ ޖޭޒްމިން

ކަލާޒް ޗެނަލުން ގެނެސްދޭ، އެކްތާ ކަޕޫރްގެ ކާމިޔާބު ސިލްސިލާ "ނާގިން" ގެ 4 ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަނުން އަންނަ އިރު، މި ސިލްސިލާގައި މި ފަހަރު ހަރުފައެއްގެ ރޯލް ކުޅޭ ދެވަނަ ބަތަލާ އަކީ ޖޭޒްމިން ބާސިންކަން ކަށަވަރުވެއްޖެ އެވެ.

03 ނޮވެމްބަރ

November 03, 2019
ބަޖާޖްގެ ރޯލް ދެން ކުޅޭނީ ވިވާން ބަޓޭނާ؟

ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ބަޖާޖްގެ ރޯލް ކުޅެމުން ދިޔަ ކަރަން ސިންގް ގްރޯވާ އެ ރޯލް ދޫކޮށްލުމުން، ބަޖާޖްގެ ކެރެކްޓާ އިން ދެން ފެންނާނީ ވިވާން ބަޓޭނާ ކަމަށް ބެލެވެން ފަށައިފި އެވެ.