30 މެއި

May 30, 2020
"ނާގިން 4" ދެން ނާންނާނެ، ދެން އޮތީ "ނާގިން 5"

ކޮރޯނާވައިރަހާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު، ކަލާޒް އިން ދައްކަމުން ދިޔަ ސިލްސިލާ "ނާގިން" 4 ވަނަ ސީޒަން ހުއްޓުމަކަށް އައިސްފައިވާތީ، ޝޯ ދެއްކުން މަޑުޖެހުނު ހިސާބުން އެ ސީޒަން ނިންމައިލީ ކަމަށާއި ކުރިއަށް ދެން އޮންނާނީ ފަސް ވަނަ ސީޒަން ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ބުނެފި އެވެ.

23 މެއި

May 23, 2020
ވެބް ސީރީޒް "ކެހެނޭ ކޯ ހަމްސަފަރު 3" ޖޫން 6 ގައި

އެކްތާ ކަޕޫރްގެ ބާލާޖީގެ ޑިޖިޓަލް ގޮފި އޯލްޓް ބާލާޖީގެ ކާމިޔާބު ވެބް ސީރީޒް "ކެނެހޭ ކޯ ހަމްސަފަރު" ގެ ސީޒަން ތިނެއް އަންނަ މަހުގެ 6 ގައި ސްޓްރީމްކުރަން ނިންމައި، މީގެ ޓްރެއިލާ ހޮނިހިރު ދުވަހު ދައްކައިލަން ނިންމައިފި އެވެ.

19 މެއި

May 19, 2020 1
ސަލްމާންގެ ފިލްމަކުން ފުރުސަތު ދޭނެ ކަމަށް ބުނެ ގުޅަނީ

ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން ފުރުސަތު ދޭނެ ކަމަށް ބުނެ ބަޔަކު ފޯނުކުރަމުން ދާތީ އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް ފުލުހުންނަށް ހުށަހަޅައިފި އެވެ.

16 މެއި

May 16, 2020
"ޕަވިތުރަ ރިޝްތާ" އަލުން ޒީޓީވީ އަށް

ޒީޓީވީން ގެނެސްދިން މަގުބޫލު ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަލުން ގެނެސްދޭން ނިންމައިފި އެވެ.

12 މެއި

May 12, 2020
ދަރިފުޅު ޕަލަކަކީ ހުނަރުވެރިއެއް: ޝްވޭތާ ތިވާރީ

ދަރިފުޅު ޕަލަކް ޗައުދަރީ އެކްޓްކުރަން ވަރަށް މޮޅު ކަމަށާއި އޭނާއާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ ބުނެފި އެވެ.

24 އެޕްރީލް

April 24, 2020
ސޮނީގެ "ބޭހަދު 2" ދެން ނުގެނެސްދޭނެ

ކޮރޯނާވައިރަހާ ހެދި ޝޫޓް ނުކުރެވިގެން، ދެއްކުން މެދުކަނޑާލި ސޮނީ ޓީވީގެ ސިލްސިލާ "ބޭހަދު 2" ދެން ނުހަދާނެ ކަމަށް އެ ޗެނެލުން ބުނެފި އެވެ.

20 އެޕްރީލް

April 20, 2020 1
ސިލްސިލާ "ބަލިކާ ވަދޫ" އަލުން ކަލާޒް އަށް

ކަލާޒް ޗެނެލުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ބަލިކާ ވަދޫ" އަލުން ގެނެސްދޭން ނިންމައިފި އެވެ.

19 އެޕްރީލް

April 19, 2020
ކޮވިޑް-19 ގެ ވާހަކަ "ގްރޭސް އެނަޓަމީ" އިން

އޭބީސީގެ މަޝްހޫރު ޓީވީ ސިލްސިލާ "ގްރޭސް އެނަޓަމީ" ގެ ކުރިއަށް އޮތް ސީޒަނުގެ އެޕިސޯޑްތަކެއްގައި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 ގެ ވާހަކަ ގެނެސްދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އެ ސިލްސިލާގައި މުހިއްމު ރޯލެއް ކުޅޭ ބަތަލާ އެލެން ޕޮމްޕިއޯ ބުނެފި އެވެ.

12 އެޕްރީލް

April 12, 2020 8
ދިވެހި ސިލްސިލާތައް؛ އެންމެ ކަމުދިޔައީ ކޮންއެއްޗެއް؟

ޑްރާމާ ސިލްސިލާތައް ބެލުމަކީ ދިވެހިންގެ މެދުގައި ވަރަށް ފޯރި ހުންނަ ކަމެކެވެ. މި ފޯރިއެއް އަރައިގަތީ ޑިޝް އާއި ކޭބަލް ޓީވީ ފަދަ ހިދުމަތްތައް 90ގެ ތެރޭގައި ތައާރަފުވާން ފެށުމާ އެކީގަ އެވެ. އޭރު ދިވެހިންގެ ތެރޭގައި އެންމެ ހިނގަނީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ދައްކާ ޑްރާމާ ސިލްސިލާތަކެވެ. ލިސްޓެއް ހަދާ ނަމަ ލިޔާނެ ކިތަންމެ ނަމެއް...

11 އެޕްރީލް

April 11, 2020
އިސްކޮޅުން ދިގުކަމުން ފުރުސަތުތައް ގެއްލުނު: ކަރިޝްމާ

އިސްކޮޅުން މާ ދިގުވުމުގެ ސަބަބުން ފުރުސަތުތަކުން މަހުރޫމުވި ކަމަށާއި ފުރުސަަތު ދޭން ވަރަށް ގިނަ ބަޔަކު ދެކޮޅުހެދި ކަމަށް އިންޑިއާގެ ބަތަލާ ކަރިޝްމާ ތައްނާ ބުނެފި އެވެ.

06 އެޕްރީލް

April 06, 2020 2
"ސީއައިޑީ" އާއި "އާހަތު" އަލުން ސޮނީ އަށް

ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސޮނީ ޓީވީން ގެނެސްދިނުމަށް ފަހު ހުއްޓައިލި ބެލުންތެރިންގެ މަގުބޫލު ދެ ޝޯ ކަމަށްވާ "ސީއައިޑީ" އާއި "އާހަތު" އަލުން ގެނެސްދޭން ފަށައިފި އެވެ.

24 މާޗް

March 24, 2020
އެކްތާގެ "ނާގިން" ފިލްމު ކުޅޭނީ ޕްރިޔަންކާ؟

އަންހެން ހަރުފަތަކެއްގެ ސޫރަ އަށް ބަދަލުވާ ބައެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާތަކެއް ގެނެސްދޭ އެކްތާ ކަޕޫރް "ނާގިން" ގެ ނަމުގައި ގެނެސްދެމުން އަންނަ އިރު، ހަމަ އެ ނަމުގައި އޭނާ ހަދަން ނިންމާފައިވާ ޓްރިލޮޖީގެ ބަތަލާގެ ރޯލުން ޕްރިޔަންކާ ޗޯޕްރާ ކުޅެފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

19 މާޗް

March 19, 2020
ހީނާ ކުޅުނު ފުރަތަމަ ފިލްމަށް ބޭރުގެ އެވޯޑެއް

އިންޑިއާގެ ބަތަލާ ހީނާ ޚާން ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމު "ލައިންސް" އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.

16 މާޗް

March 16, 2020
ރަޝްމީއާ އެކު "ނާގިން 4" ގެ ޕްރޮމޯއެއް

ކަލާޒްގެ ސިލްސިލާ "ނާގިން 4" ގެ ރޯލަކުން ބަތަލާ ރަޝްމީ ދެސާއީ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

08 މާޗް

March 08, 2020 3
"ކަސޯޓީ" ގެ ކާސްޓަށް އިތުރު ދެ ތަރިއެއް

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ވާހަކަ އަށް ފާއިތުވި ހަފުތާއެއްހާ ދުވަސްތެރޭގައި ވަނީ ވަރަށް ބޮޑު ޓްވިސްޓްތަކެއް އައިސްފަ އެވެ. އޭގެ...

March 08, 2020
"ނާގިން 4" ގެ ރޯލަކަށް ރަޝްމީ ދެސާއީ؟

ކަލާޒް ޗެނެލުން ދައްކަމުން އަންނަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަންގެ ރޯލެއް، ދާދި ފަހުން ނިންމައިލި "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރި ބަތަލާ ރަޝްމީ ދެސާއީ އަށް...

05 މާޗް

March 05, 2020
"ބޭހަދު 2" ސޮނީން ހުއްޓާލާ ވާހަކަ ދޮގުކޮށްފި

ސޮނީ ޓީވީން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "ބޭހަދު 2" މި މަހުގެ ތެރޭގައި ސޮނީ ޗެނެލުން ދެއްކުން ހުއްޓާލައި، އެ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަތައް ސޮނީން ދޮގުކޮށްފި އެވެ.

04 މާޗް

March 04, 2020
"ޕެރަސައިޓް" ސީރީޒް ކުޅޭކަން ރަފަލޯ ކަށަވަރުކޮށް ދީފި

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑްތައް ގެންދިޔަ ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ މިނީ ސީރީޒްގެ ރޯލެއް ކުޅޭކަން ހޮލީވުޑްގެ އެކްޓަރު މާކް ރަފަލޯ...

March 04, 2020
ޖެނިފާ ސިލްސިލާ "ބޭހަދު 2" ދޫކޮށްލަނީ؟

ސޮނީ ޓީވީން މިހާރު ދައްކާ މަގުބޫލު ސިލްސިލާ "ބޭހަދު 2" އެ ޗެނެލުން ދެއްކުން ހުއްޓާލައި، ސޮނީގެ ސްޓްރީމިން ޕްލެޓްފޯމަށް ބަދަލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ބަތަލާ ޖެނިފާ ވިންގެޓް...

03 މާޗް

March 03, 2020 2
"ކަހާ ހަމް، ކަހާ ތުމް" މި މަހު ނިންމާލަނީ

ސްޓާ ޕްލަސް އިން މިދިޔަ އަހަރު ދައްކަން ފެށި ސިލްސިލާ"ކަހާ ހަމް، ކަހާ ތުމް" މި މަހުގެ ތެރޭގައި ނިންމާލަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

02 މާޗް

March 02, 2020
"ބޭހަދު 2" ސޮނީ ޗެނެލުން ހުއްޓާލައި ސްޓްރީމިން އަށް

އިންޑިއާގެ ޓީވީ ޗެނެލްތަކުން މިހާރު ދައްކާ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ ސިލްސިލާ "ބޭހަދު 2" މި މަހުން ފެށިގެން ސޮނީ ޗެނެލުން ދެއްކުން ހުއްޓައިލަން ނިންމިފި އެވެ.

26 ފެބުރުއަރީ

February 26, 2020
"ކަސޯޓީ" ގެ އަނޫރާގް، ޕްރޭނާ މަރާލަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް އާ ޕްރޮމޯއަކުން ދައްކާލައިފި އެވެ.