14 އޯގަސްޓް

August 14, 2018
"ކަސޯޓީ 2" ނެރޭޓްކޮށް ދޭނީ ޝާހްރުކް ހާން

އެކްތާ ކަޕޫރްގެ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ދެވަނަ ސީޒަނާ އެކު އަންނަ މަހު ބެލުންތެރިންނާ ބައްދަލު ކުރާ އިރު، މި ޝޯގެ ވާހަކަ އާއި ކާސްޓުން ތައާރަފުކޮށްދީ ސިލްސިލާ ނެރޭޓްކޮށް ދޭނީ ޝާހްރުކް ހާން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

04 އޯގަސްޓް

August 04, 2018
"ކަސޯޓީ 2" ދައްކަން ފަށާނީ ސެޕްޓެމްބަރު 10 ގައި

ޓައިޓްލް ލަވައާ އެކު މިހާރު ފުރަތަމަ ފުރަތަމަ ޕްރޮމޯ ދައްކާލައިފައިވާ މަޝްހޫރު ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ސީޒަން ދައްކަން ފަށާ ތާރީހު ހާމަވެއްޖެ އެވެ.

August 04, 2018
"ގޭމް އޮފް ތުރޯންސް" ގެ ސެޓެއް ގަނެލެވިދާނެ

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" އިން ފެންނަ މަންޒަރުތަކެއްގެ ތެރެއަށް މިހާރު ހަމަ ހަގީގަތުގައި ވެސް ވަދެލެވިދާނެ އެވެ. މިއޮތީ ރަނުގެ ފުރުސަތެކެވެ. ވަކިން...

21 ޖުލައި

July 21, 2018 1
"ކަސޯޓީ" ގެ އާ ސީޒަނުގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި

"ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަން ފަށަން ތައްޔާރުވަނީ އެވެ. މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭ ސިލްސިލާގެ ފުރަތަމަ ޕްރޮމޯ މިހާރު ވަނީ ދައްކާލައިފަ އެވެ.

20 ޖުލައި

July 20, 2018
"އިޝްގް މޭ މަރްޖާވާ" ގެ ރޯލަކަށް ނިއާ ޝަރްމާ

ކަލާޒް އިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ޓީވީ ސިލްސިލާ "އިޝްގް މޭ މަރްޖާވާ" ގެ ރޯލަކަށް މަޝްހޫރު ބަތަލާ ނިއާ ޝަރްމާ ސޮއިކޮށްފި އެވެ.

19 ޖުލައި

July 19, 2018
ކޮމަލިކާގެ ރޯލުން ހީނާ ހާން ފެނިދާނެ

ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ސީޒަނެއް މުޅިން އާ ކާސްޓަކާ އެކު ގެނެސް ދޭން އެކްތާ ކަޕޫރް ތައްޔާރުވަމުން އަންނަ އިރު، އޭގެ ކާސްޓުންނާ ބެހޭ ގޮތުން މި ދުވަސްކޮޅު ދެކެވޭ ވާހަކަތައް ގިނަ އެވެ.

18 ޖުލައި

July 18, 2018
"ހަތުރޯން ކޭ ކިލާޅީ" މި ފަހަރު އާޖެންޓީނާ އިން

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ބައިވެރިން އިއުލާންކޮށް، މީގެ ޝޫޓިން އާޖެންޓީނާގައި ފަށައިފި އެވެ.

17 ޖުލައި

July 17, 2018
ޓީވީ ބަތަލާ ރީޓާ ބަދްރީ މަރުވެއްޖެ

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވި ޓީވީ ސިލްސިލާއެއް ކަމަށްވާ "ކުމްކުމް" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރޯޓާ ބަދްރީ މަރުވެއްޖެ އެވެ.

16 ޖުލައި

July 16, 2018 4
ޖޫހީ ދުވަހަކު ވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ: ސަޗިން

ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "ކުމްކުމް" ގެ ބަތަލާ ޖޫހީ ޕަރްމަރްގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް އެ ކައިވެނި ރޫޅުމާ ބެހޭ ގޮތުން އޭނާގެ ކުރީގެ ފިރީމީހާ ސަޗިން ޝްރޮފް މީޑިއާތަކުގައި ވާހަކަ ދައްކައިފި އެވެ.

07 ޖުލައި

July 07, 2018 2
ޓީވީ ޖޯޑު ދިވްޔަންކާ އާއި ވިވެކް ރާއްޖޭގައި

"ދިވެކް" ގެ ނަމުން މަޝްހޫރު، އިންޑިއާގެ ޓީވީ ދެ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދަހިޔާ އެ މީހުންގެ ކައިވެނީގެ ދެވަނަ އެނިވާސަރީ ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

July 07, 2018
ސިލްސިލާއެއްގެ ގޮތުގައި "ޑަންގަލް" ގެނެސް ދެނީ

ބޮކްސް އޮފީހުގައި 2016 ވަނަ އަހަރު ރެކޯޑްތަކެއް ހެދި އާމިރް ހާންގެ ރެސްލިން ފިލްމް "ޑަންގަލް" ގެ ވާހަކަ ޓީވީ ސިލްސިލާއެއްގެ ގޮތުގައި ކަލާޒް ޗެނެލުން ގެނެސް ދޭން ނިންމާފައިވާ ކަމަށް...

06 ޖުލައި

July 06, 2018
އަނެއްކާ ވެސް ޓީވީ އެކްޓަރަކު ބޮލީވުޑަށް

ފިލްމްތަކުން ޓީވީ ބަތަލުންނާއި ބަތަލާއިންނަށް ލިބޭ ފުރުސަތުތައް ވެސް މިހާރު ގިނަ އެވެ. މި ލިސްޓަށް މިހާރު އިތުރުވާ އެކްޓަރަކީ ސޮނީން މިހާރު ދައްކާ ސިލްސިލާ "ޔޭ އުން ދިނޯން ކީ ބާތު ހޭ" ގައި ސަމީރް މަހޭޝްވަރީގެ ރޯލް ކުޅޭ ރަންދީޕް ރާއީ އެވެ.

04 ޖުލައި

July 04, 2018 3
"މިޑްނައިޓްސް ޗިލްޑްރެން" ނެޓްފްލިކްސް އަށް

އިންޑިއާ ލިޔުންތެރިޔާ ސަލްމާން ރުޝްދީ މީގެ 37 އަހަރު ކުރިން ލިޔުނު އަދި އެވޯޑް ހޯދާފައިވާ ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.

03 ޖުލައި

July 03, 2018 2
"ކަހާނީ ގަރް ގަރް ކީ" އަލުން އަންނަނީ

އެކްތާ ކަޕޫރް ގެނެސް ދިން މަޝްހޫރު ޓީވީ ސިލްސިލާތަކުގެ ތެރެއިން "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، އޭނާ ގެނެސް ދިން ހަމަ އެހާމެ މަގުބޫލު އެހެން ސިލްސިލާއެއްގެ އިތުރު ސީޒަނެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ.

28 ޖޫން

June 28, 2018
ކަރަން އާއި އަންކިތާ އަށް ބޮޑު ހިތާމައެއް

އަލަތު ދަރިފުޅު ލިބޭކަން ޓީވީ ތަރިން ކަމަށްވާ ކަރަން ޕަޓޭލް އާއި އަންކިތާ މެއި މަހު އިއުލާން ކުރީ ވަރަށް ވެސް ހާއްސަ ގޮތަކަށެވެ.

26 ޖޫން

June 26, 2018 1
"ގޯލްޑް" ގެ ޓްރެއިލާއާ އެކު މޯނީ އަށް ތައުރީފު

އިންޑިއާގެ ޓީވީ ބަތަލާ މޯނީ ރޯއި ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމް "ގޯލްޑް" އާ އެކު އޭނާ އަށް ތައުރީފު ލިބެން ފަށައިފި އެވެ.

24 ޖޫން

June 24, 2018 1
"ގޭމް އޮފް ތުރޯންސް" ގެ ދެ ތަރިއަކު ކައިވެނިކޮށްފި

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި އެކުގައި މަސައްކަތްކޮށްފައިވާ ދެ ތަރިއަކު ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.

June 24, 2018
އަބިނާވް އާއި ރުބީނާ ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ބަތަލާ ރުބީނާ ދިލައިކް ބުރާސްފަތި ދުވަހު ކައިވެނިކޮށްފި އެވެ.

23 ޖޫން

June 23, 2018
ޓީވީ އެކްޓަރު މޯހިތު ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް

"ދޭވޯން ކާ ދޭވް...މަހާދޭވް" ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ މަޝްހޫރު ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

14 ޖޫން

June 14, 2018 1
ޖޯންގެ "ރޯ" ގެ ބަތަލާއަކަށް މޯނީ

ޖޯން އަބްރަހަމް މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ބަތަލާއަކަށް ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި މޯނީ ރޯއި ހަމަޖައްސައިފި އެވެ.

11 ޖޫން

June 11, 2018 1
"ގޭމް އޮފް ތުރޯންސް" ގެ ޕްރިއެކްއެލްއެއް ގެނެސް ދެނީ

އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަނާ އެކު، މި ސިލްސިލާ އަށް އަންނަ އަހަރު ނިމުން ގެންނަން ނިންމާފައި ވަނިކޮށް، ފޭނުންނަށް ވަރަށް އުފާވެރި ހަބަރެއް...

June 11, 2018 6
ޕްރިޔަންކާ މާފަށް އެދިއްޖެ

އޭބީސީން ގެނެސްދޭ، ޕްރިޔަންކާ ޗޯޕްޅާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ އެޕިސޯޑެއްގައި އިންޑިއާގެ ބަޔަކު ޓެރަރިސްޓުންގެ ގޮތުގައި ދައްކާފައި ވާތީ ޕްރިޔަންކާ އާއި އޭބީސީން މާފަށް...

28 މެއި

May 28, 2018
"ޔޭ ހޭ މުހައްބަތޭން" ނިންމައިލަން އެދުމުން އެކްތާގެ ރައްދެއް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޓީވީ ސިލްސިލާ "ޔޭ ހޭ މުހައްބޮތޭން" މިހާރު ވަރަށް ފޫހި ކަމަށާއި އެ ސިލްސިލާ ދެން ނިންމައިލަންވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ ކޮމެންޓްތަކަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރް ރައްދު ދީފި އެވެ.

26 މެއި

May 26, 2018
ރިޗަޑް ގިއާ 30 އަހަރު ފަހުން ޓީވީ ސިލްސިލާއަކަށް

"ޕްރެޓީ ވުމަން" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ރިޗަޑް ގިއާ 30 އަހަރު ފަހުން ޓީވީ ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.