05 އޮކްޓޯބަރ

October 05, 2020
އެންމެ ބޮޑު ފެންއަރުވާވަޑާން އަނެއްކާވެސް ދުބާއީ އަށް

މިހާރު ވެސް ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ހުރި ދުބާއީގައި އޭގެ އެއަށް ވުރެ ބޮޑު ތަނެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

October 05, 2020 2
"އެންމެ ތަފާތު މިއުޒިއަމް" ހުޅުވަން ތައްޔާރު ވަނީ

ތަރައްގީގެ ގޮތުން މެދުއިރުމަތީގެ އެންމެ ފާހަގަކޮށްލެވޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދުނިޔޭގެ އެންމެ ތަފާތު މިއުޒިއަމް ހުޅުވުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2020 2
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް

މިދިޔަ މަހުން ފެށިގެން ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އަންގާރަ ދުވަހު ދުބާއީ އަށް ހިނގައްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2020 7
ދަރިފުޅުގެ ޖިންސު އިއުލާންކުރީ ބުރުޖް ޚަލީފާ ދިއްލައިގެން

މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ އެކި ކަންކަމާ ގުޅުވައިގެން ރީތި ކުލަތަކުން ދިއްލުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހުއްޓޭ ކަމެކެވެ.

24 އޯގަސްޓް

August 24, 2020
ދުބާއީގައި ވައިގެ ތެތްކަމުން ފެން އުފައްދަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހަނަފަސް ސަހަރާތަކުން ޖައްވުގެ ތެރެއަށް ބޭރުވާ ތެތްފިނިކަން ނުވަތަ ވައި ބޭނުންކޮށްގެން ބޯފެން އުފައްދަން އަމާޒު ހިފައިފި އެވެ.

19 އޯގަސްޓް

August 19, 2020 9
ދޫނި ހާލިހެދުމުން ދުބާއީ ވަލީއަހުދުގެ ކާރު ޕާކުކޮށްފައި

ދުބާއީގެ ޒުވާން ވަލީއަހުދު ޝައިޚް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކާރުކޮޅުގައި ދޫނިތަކެއް ހާލި ހެދުމުން އެ ކާރު ބޭނުންކުރެއްވުން ވަގުތީ ގޮތުން ހުއްޓާލައްވައިފި އެވެ.

22 ޖޫން

June 22, 2020 2
ޖުލައި 7އިން ފެށިގެން ދުބާއީ ޓޫރިސްޓުންނަށް ހުޅުވާލަނީ

ދުބާއީ (ޖޫން 22) - ތިން މަސް ދުވަހަށް ފަހު، އަންނަ ޖުލައި މަހު 7 ވަނަ ދުވަހުން ފެށިގެން ދުބާއީ ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައިފި އެވެ.

14 ޖޫން

June 14, 2020 2
ޑައުން ސިންޑްރޯމް ކުދިންނަށް ކިޔަވައިދޭން "ރޮބޮޓެއް"

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ކިޔަވައިދޭން ބޭނުން ކުރެވިދާނެ ރޮބޮޓެއް ދުބާއީގައި އުޅޭ ސައުދީ އަރަބިއްޔާގެ އަންހެން ދަރިވަރަކު އުފައްދައިފި އެވެ.

18 މެއި

May 18, 2020
ދުބާއީ ފުލުހުންނާ އެކު ޕެޓްރޯލަށް ދާނެ މީހުން ހޯދަނީ

ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވި ހާލަތުގައި، ބައިސްކަލުގައި ދުބާއީ ޕެޓްރޯލްކުރުން ފުލުހުން ފަށާފައިވާ ހަރަކާތުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.

11 މެއި

May 11, 2020 1
އެމިރޭޓްސްގެ ފައިދާ މިދިޔަ އަހަރު 21ޕަސެންޓަށް މަތިވި

މިދިޔަ އަހަރު އެމިރޭޓްސްގެ ފައިދާ 21 ޕަސެންޓަށް އިތުރުވި އިރު، މި އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

08 މެއި

May 08, 2020 3
ކޮންމެ އެހީއަކަށް ބުރްޖް ޚަލީފާ ދިއްލާލަނީ

ދުބާއީ (މެއި 8) - ކޮރޯނާވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "10 މިލިއަން ކޮއްތު"ގެ ނަމުގައި ޔޫއޭއީގައި ފެށި ކެމްޕޭނުގައި ހަދިޔާ ކުރާ ކޮންމެ އެހީއަކަށް ދުބާއީގެ ބުރްޖް ޚަލީފާގެ ބޮތްކެއް ދިއްލުމުގެ ޕްރޮގްރާމުގެ ދަށުން ބުދަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އެންމެ އުސް އިމާރާތުން 393،000 ބޮކި ދިއްލައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 1
ކަސްޓަމަރަށް ކުރި ގޯނާއިން ހަ މަހަށް ޖަލަށް

އޮންލައިންކޮށް އޯޑަރުކުރި ބައިސްކަލެއް ޑެލިވަރީކުރަން ދިޔަ ފިރިހެނަކު އަންހެން ކަސްޓަމަރަކަށް ދޮން ދިން މައްސަލައެއްގައި ކުރި ދައުވާ ސާބިތުވެ ދުބާއީގެ ކޯޓަކުން އޭނާ ހަ މަހަށް...

February 18, 2020 3
ޔޫއޭއީގެ ފްލޯޓިން ސޯލާ ރާއްޖެ އަށް ވެސް ލިބިދާނެ

މި ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް ގާއިމުކޮށްފައި ވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން 15 މިނިޓްގެ ތެރޭގައި ދެވޭ ނުރާއީ އައިލެންޑްގަ އެވެ. އެތަނުގައި އަޅާފައިވާ ފްލޯޓިން ސޯލާ ޕަވަ...

14 ފެބުރުއަރީ

February 14, 2020
ހޮލީވުޑް ފިލްމެއްގައި އެކްޓްކޮށްލުމުގެ ފުރުސަތު

ދުބާއީގައި ޝޫޓްކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ ބޮޑު ފިލްމެއްގައި މަސައްކަތްކުރާނެ އެކްޓަރުން ހޯދަން މިހާރު ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ. މިކަމުގެ ފަހަތުގައި ހުރީ ދުބާއީގެ ކާސްޓިން އެޖެންޓް މިރަންޑާ ޑޭވިޑްސަނެވެ.

11 ޑިސެމްބަރ

December 11, 2019
ދުބާއީގެ ދެ އެއާޕޯޓެއްގައި ޕްލާސްޓިކް މަނާ

ދުބާއީގެ އެންމެ ކާރޫބާރު ބޮޑު ދެ އެއާޕޯޓްގައި އަންނަ މަހުގެ 1 އިން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ބާވަތްތައް މަނާކުރަން ނިންމައިފި އެވެ.

07 ނޮވެމްބަރ

November 07, 2019
ބޮލުގެ އިޝާރާތަށް ދުވާ ފުރޮޅުލީ ގޮނޑިއެއް

ބޮލުގެ އިޝާރާތުން ދުވާ ފުރޮޅުލީ ގޮނޑިއެއް ޔޫއޭއީގެ ދަރިވަރަކު އީޖާދުކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 3
ދެ އަނބު ކާލުމުން ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަނީ

މީގެ ދެ އަހަރު ކުރިން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ކާގޯ ޝިޕްމަންޓަކުން ދެ އަނބު ނަގައިގެން ކެއި މައްސަލައެއްގައި އެތަނުގެ މުވައްޒަފެއްގެ މައްޗަށް ވައްކަމުގެ ދައުވާކޮށް، ބޮޑު އަދަބެއް ދީފި އެވެ.

09 ސެޕްޓެމްބަރ

September 09, 2019 2
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް

ދުނިޔޭގެ އެންމެ މަގުބޫލު ސިޓީގެ މަގާމުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތައިލެންޑްގެ ބެންކޮކަށް ލިބިއްޖެ އެވެ.

23 އޯގަސްޓް

August 23, 2019
ދުބާއީގެ ސިނަމާތަކުގައި އަޑުގަދަކުރާ މީހުން ބޭރުކުރަނީ

ފިލްމެއް ބަލައިލަން ސިނަމާއެއްގައި އިންނަ އިރު، ގިނަ ބަޔަކަށް އެންމެ އުނދަގޫވާ އެއް ކަމަކީ ސިނަމާ ތެރޭގައި ހަޅޭއްލަވައި އަޑުގަދަ ކުރުމެވެ. މިކަމުގެ ސަބަބުން، ޝައުގުވެރިކަމާ އެކު ފިލްމުގެ ތެރެއަށް ގެއްލި އިނދެ ފިލްމު ބަލަން ބޭނުންވާ އެތައް ބަޔަކަށް ބޮޑު އުނދަގުލަކަށްވެ އެވެ.

22 އޯގަސްޓް

August 22, 2019 2
ދުބާއީގައި ޔޯގާ އިޝްތިހާރުކުރި ގޮތް ހޫނުވެއްޖެ

ދުބާއީގައި ޔޯގާ އިޝްތިހާރު ކުރި ގޮތަކުން މައްސަލަ ހޫނުވެ، އިޝްތިހާރުކުރަން ބެހެއްޓި ބިލްބޯޑް ނަގައި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.

20 އޯގަސްޓް

August 20, 2019 1
ދުބާއީގެ ސެލޫނަކުން ނެނީންގެ ބޯ ހިލޭ ކޮށައިދެނީ

ބައެއް ވަޒީފާތަކުގައި އުޅޭ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލައި، އެންމެންނަށް ވެސް އިހްތިރާމްކުރުން ޕްރޮމޯޓްކުރުމުގެ ގޮތުން ދުބާއީގެ ސެލޫނަކުން، ގޭތެރޭގެ މަސައްކަތްކުރުމަށް ގެންގުޅޭ އަންހެނުންގެ ބޯ ހިލޭ ކޮށައިދޭ ކެމްޕޭނެއް ފަށައިފި އެވެ.

11 އޯގަސްޓް

August 11, 2019 1
ސްމާޓް ޓޮއިލެޓް ޔޫއޭއީގައި އިތުރުކުރަނީ

ތަރައްގީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޔޫއޭއީ އަކީ ޓެކްނޮލޮޖީއާ ވެސް އެކު އާ ހިދުމަތްތައް ތައާރަފު ކުރަމުން އަންނަ ގައުމެކެވެ. އެ ގައުމުގެ އެކި ސިޓީތަކުގެ އެކި ތަންތަނުގައި ސްމާޓް ޓޮއިލެޓްތައް ބެހެއްޓުމަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި މަސައްކަތެވެ.