14 ފެބުރުއަރީ

February 14, 2018 3
ޔޫއޭއީ މީހުން ރާއްޖެ އައުމުގައި ސަމާލުވުމަށް އަންގައިފި

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) މީހުން މި ދުވަސްވަރު ރާއްޖެ އައުމުގައި ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.

04 ފެބުރުއަރީ

February 04, 2018 1
ސައުދީ އާއި ޔޫއޭއީ އިން އުޅުނީ ގަތަރަށް އަރައިގަންނަން

ދޯހާ (ފެބްރުއަރީ 4) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ދުވަސްވަރު ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން މަސައްކަތް ކުރީ ގަތަރަށް އަރައިގަންނަން ކަމަށް ގަތަރުގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2018
ޔޫއޭއީގެ ބޯޓަކަށް ގަތަރުން ހުރަސް އެޅި މައްސަލަ ބޮޑުވެއްޖެ

ދުބާއީ (ޖެނުއަރީ 16) - އެމިރޭޓްސްގެ ޕަސިންޖަ ފްލައިޓަކަށް ގަތަރުގެ ޖެޓްތަކުން ހުރަސް އެޅި ކަމަށް ބުނާ މައްސަލަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

15 ޖެނުއަރީ

January 15, 2018
ގަތަރުގެ ޝާހީ އާއިލާގެ މެމްބަރަކު ޔޫއޭއީ އިން ހިފަހައްޓައިފި

ދޯހާ (ޖެނުއަރީ 15) - ގަތަރުގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޝެއިޚް އަބްދުﷲ ބިން އަލް ތާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2018 2
ސައުދީ އާއި ޔޫއޭއީން ޓެކްސް ނަގަން ފަށައިފި

އަރަބި ދުނިޔޭގެ އެންމެ ތަނަވަސް ދެ ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން، މުދަލާއި ހިދުމަތުގެ އަގުން އަލަށް ޓެކްސް ނަގަން ފަށައިފި އެވެ.

25 ޑިސެމްބަރ

December 25, 2017 63
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

ނ. އަތޮޅުގައި އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

24 ޑިސެމްބަރ

December 24, 2017 63
މާފަރު އެއާޕޯޓަކީ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް

ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާއިރު، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދޭ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

18 ޑިސެމްބަރ

December 18, 2017 2
ގުދުސްގެ މައްސަލަ އަށް ވަޒީރުން ފެންވަރުގެ ވަފްދެއް

ގުދުސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައުގައި ހިނގަމުންދާ ކަންތައް ބަލައި ދިރާސާ ކުރުމަށް އަރަބީ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ޚާއްސަ ވަފްދެއް އެކުލަވާލައިފި އެވެ.

03 ޑިސެމްބަރ

December 03, 2017 2
ޔޫއޭއީއަށް މިސައިލެއް ފޮނުވާލައިފި ކަމަށް ހޫތީންް ބުނެފި

ސަންއާ (ޑިސެމްބަރު 3) - ޔޫއޭއީގެ އަބޫ ދާބީގެ ނިއުކްލިއާ ޕްލާންޓަކަށް އަމާޒުކޮށް ކްރޫޒް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ޔަމަނުގެ ހޫތީން މިއަދު ބުނެފި އެވެ.

December 03, 2017
މިސްރުގެ ރިޔާސީ ކެންޑިޑޭޓް ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި

އަބޫ ދާބީ (ޑިސެމްބަރު 3) - އަންނަ އަހަރު މިސްރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ޔޫއޭއީ އިން...

30 ނޮވެމްބަރ

November 30, 2017
ވެރިކަމަށް ވާދަކުރާނެ ކަމަށް ބުނުމުން ޔޫއޭއީގައި ބަންދު

އަބޫ ދާބީ (ނޮވެމްބަރު 30) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފުރުން މަނާކޮށްފައިވާ ކަމަށް މިސްރުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2017 3
އަލް ޖަޒީރާއަށް ބޮންއަޅަން ޔޫއޭއީގެ ވެރިއަކު ގޮވާލައިފި

ދުބާއީ (ނޮވެމްބަރު 26) - ގަތަރުގެ ޓީވީ ނެޓްވޯކް އަލް ޖަޒީރާ އަށް ބޮން އަޅަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަލާމަތީ އިސްވެރިއެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ދާހީ ޚަލްފާން ގޮވާލައްވައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 6
ޔޫއޭއީގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު...

October 18, 2017 13
ޔޫއޭއީގައި އުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ރޭ ބައްދަލު ކުރައްވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2017 1
ރައީސް، ޔޫއޭއީގެ ނައިބު ރައީސާ ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝޭހު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

October 17, 2017 22
ޒަމާނީ ބަނދަރެއް ހަދަން ޑީޕީ ވޯލްޑާއެކު މަޝްވަރާކޮށްފި

ތިލަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ހަދަން ހުށަހެޅި، ދުބާއީ ޕޯޓް ވޯލްޑް (ޑީޕީ ވޯލްޑް) އާއެކު ބަނދަރެއް ހަދަން ރާއްޖޭން އަލުން މަޝްވަރާކޮށްފި އެވެ.

October 17, 2017 35
ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާއެކު އެއްބަސްވުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާ އެކު ލޯނު އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2017 50
ބުރުޖް ޚަލީފާ އަށް ރައީސްގެ ދެކަނބަލުން ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ އަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 2
ޑްރައިވަރުން ސަލާމަތްކުރި ޔޫއޭއީގެ އަންހެނާ އަށް ތައުރީފް

އަބޫ ދާބީ (އޮކްޓޯބަރު 3) - ދެ ޓްރަކް ޖެހި އެކްސިޑެންޓް ވުމުން އަލިފާން ރޯވި އިންޑިއާގެ ދެ ޑްރައިވަރު ސަލާމަތް ކުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަންހެން މީހާ އަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2017 3
ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ޔޫއޭއީން ބޮޑުކޮށްފި

ދުބާއީ (އޮކްޓޯބަރު 1) - ދުންފަތާއި އެނާޖީ ޑްރިންކުގެ ޓެކްސް ދެގުނަ ބޮޑު ކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017
އެންމެ ބަރު މީހާ އަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ދުބާއީ (ސެޕްޓެމްބަރު 25) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް އެއް ދުވަސްވަރެއްގައި ބެލި މިސްރުގެ އީމާން އަހުމަދަށް ޔޫއޭއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 3
އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީ އަށް ބަދަލުކޮށްފި

ރާއްޖެ އަށް އިންވެސްޓަރުން ހޯދަން މިއަހަރު ގަތަރުގައި ބާއްވަން ހަމަޖެއްސި އިންވެސްޓްމަންޓް ފޯރަމް އެންމެ ފަހުން ޔޫއޭއީގައި ބާއްވަން ނިންމައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017 23
ޔޫއޭއީ އިން ރާއްޖެ އަށް 7.7 މިލިއަން ރުފިޔާ ދީފި

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީ އިން ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ދީފި އެވެ.

04 އޯގަސްޓް

August 04, 2017 3
ދުބާއީގެ ޓޯޗު ޓަވަރުގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ދުބާއީ (އޮގަސްޓް 4) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި އާއްމުން ދިރިއުޅޭ ބޮޑު އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.