28 މެއި

May 28, 2020
ލޮކްޑައުންއާ ޚިލާފުވި އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ

ލަންޑަން (މެއި 28) - ލޮކްޑައުންއާ ޚިލާފުވި މައްސަލައެއްގައި ފާޑުކިޔުން އަމާޒުވެފައިވާ އެޑްވައިޒަރުގެ ތަހުގީގެއް ނުހިންގާނެ ކަމަށާއި މިއީ އެކަންތައް ދޫކޮށްލުމަށް ފަހު ކުރިއަށްދާންވީ ވަގުތު ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

27 އެޕްރީލް

April 27, 2020 4
މަހަކަށް ފަހު އިނގިރޭސި ބޮޑުވަޒީރު މަސަައްކަތަށް

ލަންޑަން (އެޕްރީލް 27) - ކޮވިޑް-19 އަށް ފަރުވާ ހޯއްދެވުމަށް މަހެއްހާ ދުވަސް ހޭދަ ކުރެއްވުމަށް ފަހު އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން މިއަދު މަސައްކަތަށް އަލުން ނުކުމެވަޑައިގެންފި އެވެ.

12 އެޕްރީލް

April 12, 2020 1
އިނގިރޭސި ބޮޑުވަޒީރު ހޮސްޕިޓަލުން ދޫކޮށްލައިފި

ލަންޑަން (އެޕްރީލް 12) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހުނު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން މިރޭ ދޫކޮށްލައިފި އެވެ.

07 އެޕްރީލް

April 07, 2020 1
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރުގެ ހާލު ރަނގަޅު

ލަންޑަން (އެޕްރީލް 7) - ކޮވިޑް-19 އަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ރަނގަޅު ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

April 07, 2020 6
އިނގިރޭސި ބޮޑުވަޒީރަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ލަންޑަން (އެޕްރީލް 7) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ޓެސްޓްތަކެއް ހެދުމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް އޭނާގެ ހާލު ދެރަވެގެން...

06 އެޕްރީލް

April 06, 2020 4
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އެޑްމިޓްކޮށްފި

ލަންޑަން (އެޕްރީލް 6) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޓެސްޓްތަކެއް ހެދުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

27 މާޗް

March 27, 2020 10
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު ޕޮޒިޓިވްވެއްޖެ

ލަންޑަން (މާޗް 27) - އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮރޯނާވައިރަހަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

19 މާޗް

March 19, 2020 8
ޔޫކޭގެ ސްކޫލްތައް ބަންދު، އޯލެވެލް، އޭލެވެލް ކެންސަލް

އިނގިރޭސި ވިލާތުގައި ކޮވިޑް-19 ރޯގާ ޖެހޭ މީހުން ގިނަވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކު ސްކޫލްތައް ބަންދުކުރަން ނިންމައިފި އެވެ.

13 ޑިސެމްބަރ

December 13, 2019 2
އިނގިރޭސި ވިލާތުގެ އިންތިޚާބު ކޮންޒަވެޓިވް ޕާޓީ އަށް

ލަންޑަން (ޑިސެމްބަރު 13) - އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބު ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކޮށްފި އެވެ.

12 ޑިސެމްބަރ

December 12, 2019
އިނގިރޭސި ވިލާތުގެ އިންތިޚާބުގެ ވޯޓުލުން މިއަދު

ލަންޑަން (ޑިސެމްބަރު 12) - ފަސް އަހަރު ތެރޭ އިނގިރޭސިވިލާތުގައި ބާއްވާ ތިން ވަނަ އިންތިޚާބުގައި މިއަދު ވޯޓުލާން ފަށައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2019 1
ސުޕްރީމް ކޯޓުގެ ނިންމުމާ އެކު މެންބަރުން ޕާލަމެންޓަށް

ލަންޑަން (ސެޕްޓެމްބަރު 25) - ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިނގިރޭސި ވިލާތުގެ ޕާލަމެންޓް ސަސްޕެންޑްކުރީ ގާނޫނާ ޚިލާފަށް ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި މުހިންމު ނިންމުމާ އެކު މެންބަރުން މިއަދު ޕާލަމެންޓަށް ނުކުންނަށް ނިންމައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2019
ޕާލަމެންޓުގައި ބޮޑު ވަޒީރު ޖޯންސަން އަށް ނާކާމިޔާބު

ލަންޑަން (ސެޕްޓެމްބަރު 5) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ކަނޑައަޅާފައިވާ އޮކްޓޯބަރު 31 ވަނަ ދުވަހު އެކަން ކާމިޔާބު ކުރުމަށް ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކުރައްވަމުން ގެންދެވި މަސައްކަތަށް ޕާލަމެންޓުގައި ފުލުފުލުން ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.

23 ޖުލައި

July 23, 2019 5
އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރަކީ ބޮރިސް ޖޯންސަން

ލަންޑަން (ޖުލައި 23) - ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތުމާ އެކު އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރުގެ މަގާމު ބޮރިސް ޖޯންސަން ކަށަވަރު ކުރައްވައިފި އެވެ.

30 މެއި

May 30, 2019 5
ދޮގު ހެދި މައްސަލައިގައި ޖޯންސަން ކޯޓަށް ގެންދަނީ

އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ހަފުތާއަކު 350 މިލިޔަން ޕައުންޑް ދޭ ކަމަށް ވިދާޅުވެ، ރަައްޔިތުންނަށް އޮޅުވާލެއްވި މައްސަލައިގައި އެގައުމުގެ ކުރީގެ ފޮރިން މިިނިސްޓަރު އަދި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ކެންޑިޑޭޓް ބޮރިސް ޖޯންސަން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

09 ޖުލައި

July 09, 2018
އިނގިރޭސި ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

ލަންޑަން (ޖުލައި 9) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމާ ގުޅޭ ޕްލޭނާ މެދު އުފެދިގެން އުޅޭ ޚިޔާލުތަފާތުވުމުގައި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މިއަދު އިސްތިއުފާ ދެއްވުމާ އެކު ސަރުކާރަށް އިތުރު ޕްރެޝަރު ކުރިމަތިވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2017 1
ގަރުނެއް ފަހުން އިނގިރޭސިން ބެލްފޯ ގަރާރުގެ ދިފާއުގައި

ލަންޑަން (އޮކްޓޯބަރު 30) - ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި އިޒްރޭލް އުފައްދަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ގަރުނެއްވީ އިރު އެ ގަރާރުގެ ދިފާއުގައި އިނގިރޭސިން މިއަދު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

15 ފެބުރުއަރީ

February 15, 2017 7
ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅެނީ

ބަންޖުލް (ފެބްރުއަރީ 15) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވި ނަމަވެސް، 52 ގައުމު ހިމެނޭ ޖަމާއަތާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.