28 ސެޕްޓެމްބަރ

September 28, 2020 1
އުމްރާއަށް ގެންދަން ޕްރޮސަލް ހުށަހަޅަން ހުޅުވާލައިފި

ދިވެހިން އުމްރާއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން އިއްޔެ ހުޅުވާލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2020
އުމްރާ އަށް މީހުން ގެންދަން ދިން ހުއްދަ އިތުރުކޮށްފި

ރާއްޖެ އިން އުމްރާ އަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ދީފައިވާ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2020 2
އިއްޔެ އުމްރާއަށް ފުރި މީހުން މައްްކާއަށް ހިނގައްޖެ

ކޮވިޑް-19 ފެތުރޭތީ ހައްޖާއި އުމްރާ އަށް ދިއުމަށް ވިސާ ދިނުން ސަައުދީ ސަރުކާރުން ވަގުތީ ގޮތުން ހުއްޓައިލި ނަމަވެސް ރާއްޖޭން އިއްޔެ ފުރި އުމްރާވެރިން އެ ގައުމަށް އެތެރެކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2020 5
އުމްރާ އަށް ދިއުމުގެ ތައްޔާރީތައް މަޑުޖައްސާލަން އެދެފި

ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ...

February 27, 2020 12
މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް

ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައި ވިޔަސް ރާއްޖޭން މިއަދު އުމްރާ އަށް ފުރާ މީހުންނަށް...

17 ނޮވެމްބަރ

November 17, 2019
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހަ ޖަމާއަތަކަށް

އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު ހަ ކުންފުންޏަކަށް އިސްލާމިކް މިިނިސްޓްރީން މިއަދު ދީފި އެވެ.

06 ނޮވެމްބަރ

November 06, 2019 10
އުމްރާގެ ވިސާ ފީ ސައުދީން ބޮޑެއް ނުކުރޭ: މިނިސްޓްރީ

ސައުދީ އަރަބިއްޔާ އިން އުމްރާގެ އެއްވެސް ފީއެއް ބޮޑުނުކުރާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2019 16
އުމްރާ އަށް ނަގަމުން އައި ފީތަކެއް ބޮޑުކޮށްފި

އުމްރާ އަށް ގެންދިއުމުގެ ގަވާއިދަށް ސައުދީ ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ އަތުން ނަގާ ފީ ވެސް ބޮޑުކޮށްފި އެވެ.

06 އޮކްޓޯބަރ

October 06, 2019 6
އުސޫލު ބަދަލުކޮށް، އުމްރާ އަށް ގެންދަން ހުޅުވާލަނީ

ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމުގައި ހުއްދަ ދިނުމުގެ އުސޫލަށް ބަދަލު ގެނެސް، އުމްރާ އަށް ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

16 އެޕްރީލް

April 16, 2019
ހައްޖަށް މީހުން ގެންދަން ޕްރޮޕޯޒަލަށް ހުޅުވާލައިފި

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

20 ފެބުރުއަރީ

February 20, 2019 11
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފި

ކުރިއަށް އޮތް ދެ އަހަރަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.

28 ޖެނުއަރީ

January 28, 2019
އުމްރާވެރިންގެ ހިމާޔަތަށް އުސޫލެއް އެކުލަވާލައިފި

ރާއްޖެއިން އުމްރާ އަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އިސްލާމިކް މިނިސްޓްރީން އުސޫލެއް އެކުލަވާލައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 17
ވަގު ޓިކެޓްގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އަސްކޮއި ހައްޖު އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާ މީހުންނަށް ދޫކުރި ވަގު ޓިކެޓްތަކުގެ މައްސަލައިގައި މިއަދު މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2018 1
އުމްރާއަށް ގެންދަން ބޭންކްގެރެންޓީ ހުށަހެޅުން އުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ހަތް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންޖެހޭ ގޮތަށް ކުރިން އޮތްއޮތުން އުވާލައިފި އެވެ.

14 ފެބުރުއަރީ

February 14, 2018 5
ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދައްކަން އެދެފި

މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދެފި އެވެ.

24 ޖެނުއަރީ

January 24, 2018 1
އުމްރާއަށް ގެންދިއުމުގެ ހުއްދަ 16 ކުންފުންޏަކަށް

ރާއްޖެއިން މި އަހަރު އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއެކު 15 ކުންފުންޏަކަށް ދީފި އެވެ.

27 ޑިސެމްބަރ

December 27, 2017 25
އުމްރާއަށް ގެންދިއުމުގެ އުސޫލުގެ މައްސަލަ އޭސީސީއަށް

އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވައިލި އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް އުސޫލެއް ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

11 ޑިސެމްބަރ

December 11, 2017 8
އަގްސާއަށް ނުދާން ހައްޖު ކޯޕަރޭޝަނުން ނިންމައިފި

މި އަހަރުގެ ތިން ހަރަމް އުމުރާގައި، ފަލަސްތީނުގެ މަސްޖިލް އަގްސާއަށް ނުދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

10 ޑިސެމްބަރ

December 10, 2017 11
އަގްސާ މިސްކިތަށް މިވަގުތު ޒިޔާރަތް ނުކުރަން އެދިއްޖެ

މަސްޖިދުލް އަގްސާ ހުންނަ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއެކު، ހަމަނުޖެހުން ބޮޑުވެފައިވާތީ، ދިވެހިންގެ އުމްރާ ދަތުރުތަކުގައި މަސްޖިދުލް އަގްސާ އަށް ޒިޔާރަތް ނުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2017 4
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ހުޅުވާލައިފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

05 ނޮވެމްބަރ

November 05, 2017 21
އުމްރާ ގްރޫޕުތަކުން މަހަކު 2،000ރ. ގެ ފީއެއް

ރާއްޖެއިން އުމްރާ އަށް މީހުން ގެންދާ ގުރޫޕްތަކުން ސަރުކާރަށް މަހަކު 2000ރ. އެއް ފީއެއް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.