28 ޑިސެމްބަރ

December 28, 2019 3
މުސްލިމުންނަށް ކުރި އަނިޔާ އދ. އިން ކުށްވެރިކޮށްފި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 28) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އުދުވާން ކުށްވެރިކޮށް އދ.ގެ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކޮށްފި އެވެ.

26 ޖެނުއަރީ

January 26, 2019 1
މިއަންމާ ސިފައިންގެ ވެރިޔާއަށް ދައުވާ ކުރަން ގޮވާލައިފި

ބެންކޮކް (ޖެނުއަަރީ 26) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރީމާއާ ގުޅިގެން އެ ގައުމުގެ ސިފައިންގެ ވެރިޔާ މިން އައުން ހައިންގެ މައްޗަށް ދައުވާ ކުރަން މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ގޮވާލައްވައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 5
މިއަންމާގެ ކަންކަމާ އދ. އިން ބެހިގެން ނުވާނެ: ސިފައިން

ޔަންގޮން (ސެޕްޓެމްބަރު 24) - މިއަންމާގެ ދާޚިލީ ކަންކަމާ ބެހުމުގެ ހައްގު އދ. އަށް ލިބިގެން ނުވާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ މިން އައުން ހުލައިން ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2018
އދ.ގެ ވާހަކަތައް މިއަންމާ އިން ދޮގުކޮށްފި

ނޭޕީޑޯ (އޮގަސްޓް 29) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާ އިން ބޮޑެތި ޖަރީމާތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ބުނެ އދ.ގެ ފެކްޓް ފައިންޑިން މިޝަނުން އާއްމުކުރި ރިޕޯޓް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

27 އޯގަސްޓް

August 27, 2018 2
މިއަންމާގެ އަސްކަރީ ވެރިންނަށް ދައުވާކުރަން ޖެހޭ: އދ.

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ދައުވާ ކުރަން ޖެހޭ ކަމަށް އދ.ގެ ފެކްޓް-ފައިންޑިން މިޝަންގެ ރިޕޯޓުގައި ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2017 1
އދ. ގެ މަންދޫބު އައުން މިޔަންމާ އިން މަނާކޮށްފި

މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮޮތް ބަލަން އަންނަ މަހު ޒިޔާރަތްކުރަން އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު ވަޑައިގަތުން އެ ގައުމުން މަނާކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2017
ރޮހިންޖާ އަށް ފައިސާ ހޯދުމުގެ ޖަލްސާއެއް ފަށައިފި

ޖެނީވާ (އޮކްޓޯބަރު 23) - މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީ ހޯދުމުގެ ކޮންފަރެންސެއް އދ. އިން ފަށައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 2
އދ.ގެ މަންދޫބު މިއަންމާގައި ކުރި މަސައްކަތް ފެނަށް

ޔަންގޮން (އޮކްޓޯބަރު 17) - މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކުގައި ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން އަނބުރާ ގެންދިއުމާއި އދ.ގެ އެހީދޭ ޓީމުތަކުން ރަކީން އަށް ވެއްދުމުގެ ހުއްދަ ދިނުމާއި ބެހޭ ގޮތުން އދ.ގެ ސީނިއާ މަންދޫބު މިއަންމާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުންތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ ހުސްއަތާ އެނބުރި...

12 އޮކްޓޯބަރ

October 12, 2017
މިއަންމާގައި ހުންނަ އދ.ގެ މަންދޫބު އަނބުރާ ގެންދަނީ

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 12) - މިއަންމާގައި ހުންނަ އދ.ގެ އެންމެ އިސް މަންދޫބު ރެނަޓާ ލޮކް-ޑެސައިލިއެން އަނބުރާ ގެންދަން ނިންމާފައިވާކަން އދ. އިން އިއުލާންކޮށްފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017
ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން ހުއްޓުވައިފި

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 28) - ރަކީން ސްޓޭޓަށް އދ.ގެ އޮފިޝަލުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަންމާ ސަރުކާރުން ކެންސަލްކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 2
ހަމަނުޖެހުންތައް ހުއްޓުވަން ސޫކީ އަށް ފުރުސަތު އެބައޮތް

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 17) - މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ހުއްޓުވަން އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް "ފަހު...

September 17, 2017 53
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދޮގެއް ނޫނެވެ. މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ނެގި މައްސަލާގައި މިއަންމާގެ ރޮހިންޖާގެ މުސްލިމުންގެ ވާހަކައެއް އަދި އެ...

16 ސެޕްޓެމްބަރ

September 16, 2017 10
"ވޯޓުގައި ބައިވެރިނުވީ ޚާރިޖީ ސިޔާސަތު ވިކިފައިވާތީ"

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގަތުލު އާންމުތަކާ ދެކޮޅަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކަށް ވިއްކާލެވިފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2017 7
ފާޑުކިޔުންތަކާ އެކު ސޫކީގެ އދ. ދަތުރު ކެންސަލްކޮށްފި

ނޭޕީޑޯ (ސެޕްޓެމްބަރު 13) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް މުޅި ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރައްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 4
މިއަންމާ ސިފައިންގެ އަނިވެރިކަން މުސްލިމުން ސިފަކޮށްދީފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 3) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ގައުމުގެ ސިފައިން ކުރަމުންދާ އަނިޔާ އާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ވާހަަކަ ބައެއް މުސްލިމުން ކިޔައިދީފި އެވެ.