04 ޑިސެމްބަރ

December 04, 2016 40
ގައުމުތަކުން ރާއްޖެއާ އަޅާނުލާތީ ނަޝީދު ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އަންނަ ބަދަލުތަކަށް ބޭރު ދުނިޔެއިން އަޅާނުލާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2016 3
ހަލަބަކީ ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ. އިން ދީފި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 1) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ސިފައިންގެ މައްޗަށް ސަރުކާރުން ކުރި ހޯދަމުންދާ އިރު އެ ސިޓީ އިސާހިތަކު ބޮޑު ގަބުރުސްތާނަކަށް ވެދާނެ ކަމުގެ އިންޒާރު އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން އޯބްރިއަން ދެއްވައިފި އެވެ.

15 ނޮވެމްބަރ

November 15, 2016 1
އިޒްރޭލުގެ ފިޔަވަޅުތައް ހުއްޓަން ފަލަސްތީނުން އދ އަށް

ގުދުސް (ނޮވެމްބަރު 15) - ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އދ. އަށް އެ މައްސަލަތައް ގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

11 ނޮވެމްބަރ

November 11, 2016 1
އަރަބި ސްޕްރިންގައި 600 ބިލިއަން ޑޮލަރުގެ ގެއްލުން

ޔުނައިޓެޑް ނޭޝަންސް (ނޮވެމްބަރު 11) - އަރަބި ގައުމުތަކަށް 2011 ވަނަ އަހަރު ގެންނަ އުޅުނު އިންގިލާބު ނުވަތަ އަރަބި ސްޕްރިންގައި އެ ސަރަހައްދުގެ އިގްތިސާދަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2016 2
ސްކޫލް ކުދިން މެރި މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 28) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން މެރި މައްސަލަ ތަހުގީގު ކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ގޮވާލައްވައިފި އެވެ

27 އޮކްޓޯބަރ

October 27, 2016
ބްރެޒިލްގެ ކުރީގެ ރައީސްގެ ހައްގުތަކުގެ މައްސަލަ ބަލަނީ

ޖެނީވާ (އޮކްޓޯބަރު 27) - ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި ކޯޓުތަކުން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް ލޫލާ ޑަ ސިލްވާގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަން ބަލާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

26 އޮކްޓޯބަރ

October 26, 2016
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - އިރާގު ސިފައިން މޫސަލްއާ ކައިރިވާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަނިޔާވެރިކަން ބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

22 އޮކްޓޯބަރ

October 22, 2016 1
ސީރިއާގައި ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 22) - ސީރިއާ ސަރުކާރު ސިފައިން މިދިޔަ އަހަރު ތިން ވަނަ ފަހަރަށް ކެމިކަލް ހަތިޔާރުން ހަމަލާދީފައިވާ ކަމަށް އދ.ގެ ސަލާމަޖީ މަޖިލީހަށް ހުށަހަޅާފައިވާ ސިއްރު ރިޕޯޓަކުން ހާމަވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2016
އިޒްރޭލުގެ އަމަލުތަކަށް އަދަބު ލިބެންޖެހޭނެ: ފަލަސްތީން

ގުދުސް (އޮކްޓޯބަރު 20) - ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިޒްރޭލުން ގެދޮރު އަޅައިދޭ މައްސަލާގައި ޔަހޫދީ ދައުލަތާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅުމަށް ފަލަސްތީނުން ގޮވާލައިފި އެވެ.

14 އޮކްޓޯބަރ

October 14, 2016 3
ސީރިއާ އަށް ދޭ ހަމަލާ ހުއްޓުވުމަށް އދ. ނުކުޅެދިފައި

އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

09 އޮކްޓޯބަރ

October 09, 2016
ހަލަބަށް ދޭ ހަމަލާތައް ހުއްޓާލުމުގެ ގަރާރު ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 9) - ސީރިއާގެ ހަލަބް ސިޓީ އަށް ދޭ ހަމަލާތައް ހުއްޓާލުމަށް އދ. އިން ޑްރާފްޓްކޮށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2016 31
ނަޝީދުގެ "ނިގުޅައިގަތް" ހައްގުތައް ހޯދަން އދ. އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންސާނީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އެ ހައްގުތައް އެމަނިކުފާނަށް އަނބުރާ ހޯދައިދޭން އެދި އދ.ގެ އިންސާނީ ހައްގުތަކާ...

October 07, 2016 12
އެޗްއާރުސީއެމްގެ ބާރު ހަނިކުރި މައްސަލަ އދ. އަށް

އިންސާނީ ހައްގުތަކާ ހިލާފުވެ ހިންގާ ކަންކަމުގެ މައުލޫމާތު އދ. ގެ ސަމާލުކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އެކަން ބަލައި ރާއްޖެއާ މެދު ފިޔަވަޅު...

06 އޮކްޓޯބަރ

October 06, 2016 1
ހަލަބުގެ އިރުމަތީ ސަރަހައްދު ވަނީ ސުންނާފަތިކޮށްލާފައި

ޖެނީވާ (އޮކްޓޯބަރު 6) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ވޭތުވެދިޔަ ދެ މަސް ދުވަހު ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދު އެކުގައި ސުންނާފަތިވެފައިވާ ކަމަށް ސީރިއާ އަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2016 4
އދ.ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ޕޯޗުގަލްގެ ގުޓަރޭޒް

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 5) - އދ.ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވާނީ ޕޯޗުގަލްގެ ކުރީގެ ބޮޑު ވަޒީރު އެންޓޯނިއޯ ގުޓަރޭޒް ކަމަށް އދ.ގެ ޑިޕްލޮމެޓަކު މިއަދު ވިދާޅުވެއްޖެ...

October 05, 2016 2
އދ. އިން މަޝްވަރާ ކުރިއަށް ގެންގޮސްދޭން އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2016 35
ވާހަކަތައް ދައްކަން ފަށަން އެމްޑީޕީން ގޮވާލައިފި

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ރާއްޖެ އަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި އެ ފިޔަވަޅުތަކުން ސަލާމަތްވާން އިދިކޮޅު ފަރާތްތަކާ ވާހަކަދައްކަން ފަށަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2016 5
އދ.ގެ ޒުވާން ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ސަފާތު

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރަން މަސައްކަތް ކުރަން އދ. އިން ކަނޑައެޅި ޒުވާން ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ސަފާތު އަހުމަދު ޒާހިރު ހިމެނިއްޖެ އެވެ.

September 21, 2016 40
އދ.އަށް ރައީސް ވަޑައިނުގަންނަވާ ހާއްސަ ސަބަބެއް ނެތް

އދ.ގެ އާއްމު މަޖިލީހުގައި ތަގުގީރުކުރައްވަން މި އަހަރު ވެސް ރައީސް އަބްދުﷲ ޔާމީން ވަޑައިނުގަންނަވަނީ ވަކި ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު...

19 ސެޕްޓެމްބަރ

September 19, 2016 16
އދ. މަޖިލީހަށް ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި

އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.

06 ސެޕްޓެމްބަރ

September 06, 2016 54
އދ. އަށް މިފަހަރު ވެސް ރައީސް ވަޑައެއްނުގަންނަވާނެ

ކުރިއަށް އޮތް އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ. މިއީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މަނިކުފާނު ބައިވެރިވެ ވަޑައިނުގެން ބާއްވާ ތިން ވަނަ އާއްމު ބައްދަލުވުމެވެ.

01 ސެޕްޓެމްބަރ

September 01, 2016 1
ބަންކީ މޫންގެ ދަތުރާ ދިމާކޮށް ލަންކާގައި މުޒާހަރާކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 1) - އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ލަންކާ އަށް މިހާރު ކުރައްވާ ދަތުރާ ދިމާކޮށް ކޮލަމްބޯގައި ހުންނަ އދ.ގެ އޮފީހުގެ ބޭރުގައި މިއަދު މުޒާހަރާކޮށްފި އެވެ.