10 ޖުލައި

July 10, 2019 1
ކުދިންގެ ރުއިން ތަރުޖަމާކުރެވޭ ޓެކްނޮލޮޖީއެއް

ތުއްތު ދަރިފުޅު ރުއިމަކީ މައިންބަފައިން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެއީ ރޯ ސަބަބު ނޭނގޭތީ އެވެ. އެހެންވެ މިފަދަ ހާލަތްތަކުގައި ދަރިފުޅު މަސަލަސް ކުރެވޭތޯ އެކި ކަހަލަ ކަންކަން ކުރެވެ އެވެ. އެކަމަކު ވާހަކަ ނުދެއްކޭ އުމުރުގެ ތުއްތު ކުދިން ރޯ ސީދާ ސަބަބު ނޭނގުމަކީ ވަރަށް ގިނަ މައިންގެ އުދާހެކެވެ.

10 ޖޫން

June 10, 2019 1
މި ދެބަފައިންގެ ވާހަކަ ކިހާ ލޯބި

އުމުރުން އަހަރު ނުވާ ކުއްޖަކާއި އޭނާގެ ބައްޕަ ވާހަކަ ދައްކާ މި މި ވީޑިއޯ އަޑާ ނުލައި ބަލައިފި ނަމަ ހަމަ ހީވާނީ ވަރަށް ވަރުގަދަ ވާހަކައެއް ދެކެވޭހެންނެވެ. އެކަމަކު މިއީ އެއްވެސް ވާހަކައެއް ނޫނެވެ. ނަމަވެސް މި ވީޑިއޯ އިން އެތައް މިލިއަން ބަޔަކު އުފާކޮށްދީފި އެވެ.

18 މާޗް

March 18, 2019
ޕިއާނޯގެ ހުނަރު ދައްކާލައިގެން ބޮޑު ކާމިޔާބީއެއް

ޕިއާނޯ ކުޅެން އާދަޔާހިލާފަށް މޮޅު އިންޑިއާގެ 13 އަހަރުގެ ފިރިހެން ކުއްޖަކު އެމެރިކާގައި ބޭއްވި މުބާރާތެއް ކާމިޔާބުކޮށް، ކުޅަދާނަކަން ދައްކާލައިފި އެވެ.

25 ފެބުރުއަރީ

February 25, 2019 5
އެމެރިކާ ފުލުހަކު ޑިއުޓީގައި ކުޑަކުދިންނާ އެކު ކުޅެން

ފުލުހުންނަކީ ވަރަށް ގިނައިން ފާޑުކިޔުންތައް އަމާޒުވާ ބައެކެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ފުލުހުންގެ ފަރާތުން ފެންނަ ބައެއް ކަންކަމުން އެތައް ބައެއްގެ ލޯތްބާއި ތައުރީފު ވެސް އޮހެ އެވެ.

21 ފެބުރުއަރީ

February 21, 2019 6
ދަރިވަރަކު ހޯމްވޯކް ނުހެދި ސަބަބަށް ބޮޑު ސަމާލުކަމެއް

ސްކޫލްތަކުގައި ދޭ ފިލާވަޅުތަކުގެ އިތުރަށް ގޭގައި ހޯމްވޯކް ހަދަން ދިނުމަކީ ދަރިވަރުން ބައެއް ފަހަރު އެހާ ގަޔާވާ ކަމަކަށް ނުވެ އެވެ. ވަކިން ހާއްސަކޮށް ހަފުތާ ބަންދަކާ ދިމާކޮށް ހޯމްވޯކް ދީފި ނަމަ އެއީ އަދި ވަކިން ފޫހި ކަމަކަށްވެ އެވެ.

17 ފެބުރުއަރީ

February 17, 2019 13
ގިނަ ކުދިންނަށް ކާނާ ދެވޭ ގޮތް ރަނގަޅެއް ނޫން: ސާވޭ

ރާއްޖޭގެ ތުއްތު ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަށް ކާނާ ދެވެނީ ސިއްހީ ގޮތުން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

10 ފެބުރުއަރީ

February 10, 2019
ކެންސަރު ޖެހިފައިވާ ކުއްޖާ ބޭނުންވީ ފުލުހަކަށް ވާން

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ، އެމެރިކާގައި ޓެކްސަސްގެ އަބިގޭލް އޭރިއަސް، 6، ބުނާ ގޮތުގައި އޭނާ ބޭނުން ވަނީ "ބޭޑް ގާއިޒް" އާ ހަނގުރާމަކޮށް ކާމިޔާބު ހޯދާށެވެ. އެހެންވެ އެކަން ކުރަން އޭނާ ދެކެމުން އަންނަ ހުވެފެނަކީ ފުލުހަކަށްވުމެވެ.

02 ޑިސެމްބަރ

December 02, 2018
އޭޑީއެޗުޑީ ނެތް ކުދިންނަށް ވެސް ބޭސްދީފާނެ ސަބަބެއް

ކްލާހުގައި ދެން ތިބޭ ކުދިންނަށް ވުރެ އުމުރު ހަގު ނަމަ އެ ކުއްޖެއްގެ ކިބައިގައި އޭޑީއެޗްޑީ ހުރި ކަމަށް ބަލައި ބޭސް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ދިރާސާއަކުން އެނގިއްޖެ އެވެ. މިއީ ދަރިން ސްކޫލަށް ވައްދާ އުމުރާ މެދު ވިސްނާލަން މައިންބަފައިންނަށް ބާރުއަޅާ ހޯދުމެކެވެ.

29 ނޮވެމްބަރ

November 29, 2018
އެމެރިކާގެ ކުޑަކުދިންނަށް ވާގިނެތޭ ބައްޔެއް ޖެހެނީ

މަދުން ނޫނީ ނުފެންނަ، ޕޯލިއޯ ކަހަލަ ބައްޔަކަށް ފަރުވާ ހޯދާތާ ތިން މަހެއްހާ ދުވަސް ފަހުން ޒޭވިއާ ޑައުންޓަން މިހާރު ހުރީ ގޭގަ އެވެ. އޭނާ އަންނަނީ އެނބުރި ސްކޫލަށް ދާން ތައްޔާރުވަމުންނެވެ. އެކަމަކު ކެނެޑާގެ އޮންޓަރިއޯގައި ދިރިއުޅޭ ހަތަރު އަހަރުގެ ޒޭވިއާގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ޒޭވިއާ ހޮސްޕިޓަލަށް ގެންދިޔަ އިރު...

04 ނޮވެމްބަރ

November 04, 2017 5
މަގުމަތިވި ކުއްޖަކަށް ފުލުހެއްގެ ނަމޫނާ ޚިދުމަތް

އެމެރިކާގައި ކުއްޖަކު ސްކޫލުން ގެޔަށް ގެންގޮސްދޭނެ މީހަކު ނުވެ ސްކޫލް ދޮރުމަތީގައި ހުއްޓާ ފުލުހަކު އެ ކުއްޖާއަށް އެހީވެ، އަދި އެއީ ކުއްޖާގެ އުފަން ދުވަސް ކަމަށް ވާތީ އެ ދުވަސް ފާހަގަކޮށްދީގެން އެންމެންގެ ހިތް އަތުލައިފި އެވެ.

05 އޮކްޓޯބަރ

October 05, 2017 5
ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށް

ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި އެމެރިކާ އަންހެނަކު ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

02 ޖޫން

June 02, 2017 8
ހޮވި ކުއްޖަކު ބޮޑުވެ އޭނާ ސަލާމަތްކުރި މީހާ ހޯދައިފި

އެމެރިކާގެ ކެލިފޯނިއާގެ ފުލުހެއް ކަމަށްވާ މައިކަލް ބުއެލްނާ އެ ރޭ ނިކުމެ އުޅުނީ ވަޅި ހެރުމުގެ ހާދިސާއެއްގެ ތަހުގީގަށެވެ. އެއީ ކުނި ޑަސްބިންތައް ހުންނަ ހިސާބެކެވެ. މަގުމަތީ އުޅެނިކޮށް، ޑަސްބިންތަކާ ދިމާލުން ކުއްޖަކު ރޯ އަޑު އިވޭ ކަމަށް އާންމުންގެ ބަޔަކު ރިޕޯޓްކުރި އެވެ. އަޑު އިވުނު ދިމާލަށް ގޮސް ތަންތަން ބަލަނިކޮށް ފެނުނީ ތުއްތު...

29 މާޗް

March 29, 2017 3
މި މީހާގެ އުފަލަކީ ބަލި ކުދިން ބެލެހެއްޓުން

ހަނގުރާމަ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުމުގެ ތެރޭގައި ދުނިޔެ އޮތަސް އިންސާނުންނަށް އެހީވުމުގައި ވެސް އެއްބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ. އޭގެ ތެރެއިން އެކަކީ 1970ގެ އަހަރުތަކުގައި ތައުލީމު ހާސިލުކުރުމަށް ލީބިޔާއިން އެމެރިކާއަށް ހިޖުރަކުރި މުހައްމަދު ބަޒީކް އެވެ.

28 މާޗް

March 28, 2017 1
ކުޑަކުޑަ ރޯމިއޯއަކާއި ޖޫލިއަޓެއް

ސައުތު ކެރޮލައިނާގެ ހޮސްޕިޓަލުގައި އެއް ދުވަހަކު އުފަންވި ދެ ކުދިންނަށް ރޯމިއޯ އާއި ޖޫލިއަޓް ކިޔާފައިވަނީ ހަމަ އިއްތިފާގަކުންނެވެ.

15 މާޗް

March 15, 2017 2
އުފަންދުވަހު ބޭނުންވީ ފަގީރުންނަށް އެހީވާން

އެމެރިކާ ކުއްޖެއް ކަމަށްވާ، އަރްމާނީ ކްރޫޒްގެ ހަ ވަނަ އުފަން ދުވަސް ފާހަގަކުރަން ޕާޓީއެއް ބާއްވާކަށް ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވީ ޕާޓީއަށް ޚަރަދުކުރަން ނިންމާފައިވާ ފައިސާއިން ކާއެއްޗެހި ގަނެ، މަގުމަތީގައި އުޅޭ ގެދޮރުނެތް ފަގީރު ކުދިންނަށް ކާންދޭށެވެ.

16 ފެބުރުއަރީ

February 16, 2017 1
ބަނޑުގެ އެތެރެފުށް ބޭރަށް އޮތް ކުއްޖާ ސަލާމަތްކޮށްފި

ތުއްތު އެލިއޮޓް ސާޖަންޓް އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އުފަންވި އިރު ވެސް އޭނާގެ ބަނޑުގެ އެތެރޭގައި ހުންނަން ޖެހޭ ހުރިހާ ގުނަވަނެއް ހުރީ ބޭރުގަ އެވެ. އެހެންވެ، އުފަންވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޮޕަރޭޝަނަށް ފަހު 63 ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

28 އޮކްޓޯބަރ

October 28, 2016 5
މިއީ ބޮޑެތިވާން ބޭނުން ނުވާ ބައެއް

ތުއްތު ކުދިންގެ އުޅުން ކޮޕީކޮށްގެން އެކުދިން އުޅޭ ދިރިއުޅުން އުޅެން ބޭނުންވާ ބަޔަކުވެސް ދުނިޔޭގައި އެބައުޅެ އެވެ.

21 އޮކްޓޯބަރ

October 21, 2016 1
އެންމެ ހަގު ގުރެޖުއޭޓް ބޭނުމީ އެމެރިކާގެ ރައީސްކަން

އުމުރުން އެންމެ 12 އަހަރުގެ ތަނިޝްގް އިބްރާހިމް އަކީ ކެލިފޯނިޔާގެ ސެކްރަމެންޓޯގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ އިންޑިއާގެ ކެރެލާ ސްޓޭޓުން އެމެރިކާއަށް ހިޖުރަކޮށްފައިވާ ދެމަފިރިންނެވެ.

06 އޮކްޓޯބަރ

October 06, 2016 10
14 ދަރިން، ހުއްޓާލާނީ ފިރިހެން ދަރިއެއް ލިބުމުން

އޮގަސްޓީނާ ހިގުއެރާއަށް އަދި ވީ އެންމެ 29 އަހަރެވެ. އެކަމަކު މިހާރު 14 ދަރިން ވިހައިފި އެވެ. އަގުއެރާ މީގެ ދެ މަސް ކުރިން ވިހޭ އެއްމާބަނޑު ދެ ކުދިންނާ އެކު އޭނާ ވަނީ ޖެހިޖެހިގެން ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ވިހައިފަ އެވެ. މިގޮތަށް އެއްމާބަނޑު ދެ ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ ފަސް ލައްކަ ފަހަރަކުން އެއް ފަހަރު އެވެ.