24 ސެޕްޓެމްބަރ

September 24, 2020 1
ޑިޒްނީ ޕްލަސް ވެސް ގޫގްލް އެސިސްޓަންޓަށް

ވޮއިސް ކޮމާންޑަށް ކަންކަން ފަސޭހަކޮށްދޭ ޑިވައިސްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ދިރިއުޅުމަށް އައި ބޮޑު ފަސޭހައެކެވެ. އެހެންވެ ވޮއިސް އެސިސްޓަންޓުންގެ ދައުރު ވެސް މިހާރު އަންނަނީ ފުޅާވަމުންނެވެ.

16 ސެޕްޓެމްބަރ

September 16, 2020
ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި

އިންޑިއާގައި ބޮޑު މާކެޓެއް އޮތް ޗައިނާގެ ޓިކްޓޮކް ޖޫން މަހު އެ ގައުމުގައި މަނާކުރުމާ ގުޅިގެން އެ ޕްލެޓްފޯމް ބޭނުންކުރަމުން ދިޔަ މީހުންނަށް ކުރިމަތިވެފައިވާ ފަޅުކަން ފިލުވައިދޭން ޔޫޓިއުބުން އަލަށް ތައާރަފުކުރާ "ޝޯޓްސް" ގެ ބީޓާ ވާޝަން އިންޑިއާގައި ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2020
ޓެކް ދާއިރާ އިން އެމެރިކާ ފަހަތަށް ހިނގައިދާނެ

ޗައިނާ އިން ޓެކްނޮލޮޖީގެ ދާއިރާ އަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި އެ ދާއިރާގެ ރިސާޗަށް ކުރާ މަސައްކަތްތަކާއި އުފެއްދުންތެރިކަމުގެ ގޮތުން ހޯދާ ކުރިއެރުންތަކާ އެއްވަރަށް މިހާރު އެމެރިކާ އަށް މަސައްކަތް ނުކުރެވޭ ކަމަށާއި އޭގެ ނަތީޖާ އަކީ އެމެރިކާ އަށް ޓެކް ދާއިރާގެ ކުރި ގެއްލުމުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރު އެރިކް...

12 ސެޕްޓެމްބަރ

September 12, 2020
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް

އެމެރިކާ އިން ޗައިނާގެ ވާވޭ ބްލެކްލިސްޓްކުރުމުން، ގޫގުލް އިން އެ ކުންފުންޏާ އެކު ހިންގަމުން އައި ވިޔަފާރީގެ މުއާމަލާތްތައް މިދިޔަ އަހަރު ހުއްޓާލުމުން އެންޑްރޮއިޑްގެ ބަދަލުގައި ވާވޭގެ ޑިވައިސްތަކުގައި ބޭނުންކުރަން އުފެއްދި އޮޕަރޭޓިން ސިސްޓަމް ހާމަނީ އޯއެސް (ހާމަނިއޯސް) އަންނަ އަހަރު އެ ކުންފުނީ ސްމާޓްފޯންތަކަށް ގެންނަން...

18 އޯގަސްޓް

August 18, 2020 1
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަކަށް، އެމެރިކާގެ ކުންފުނިތަކުން ވީޗެޓް ބަންދުކޮށްފި ނަމަ އައިފޯނުގެ ބަދަލުގައި އެހެން ފޯނެއް ހޯދާނެ ކަމަށް، 1.2 މިލިއަން މީހުން ބުނެފައި ވާ ކަމަށް، ޗައިނާގެ މައިކްރޮ ބްލޮގިން ވެބްސައިޓް، ވީބޯ އިން ދާދިފަހުން ކުރި ސާވޭއަކުން ދައްކައިފި އެވެ.

06 އޯގަސްޓް

August 06, 2020 1
ގޫގުލް އިން ވައްކަންކުރުމުން 18 މަހުގެ ޖަލު ހުކުމެއް

ގޫގުލްގެ ސެލްފް ޑްރައިވިން ކާރު ޔުނިޓް ވޭމޯގައި މަސައްކަތްކުރި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރަކު ޓެކްނޮލޮޖީ ވަގަށް ނެގިކަން ސާބިތުވެ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

24 ޖުލައި

July 24, 2020
އެޕަލް 2030 އަށް ކާބަން ނިއުޓްރަލްވަނީ

ކުރިއަށް އޮތް 10 އަހަރު ތެރޭގައި، ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން ހުއްޓާލައި 2030 ގެ ނިޔަލަށް ކާބަން-ނިއުޓްރަލް ކުންފުންޏަކަށްވުމުގެ އަމާޒު މަޝްހޫރު އެޕަލް ކުންފުނިން ހިފައިފި އެވެ.

10 ޖުލައި

July 10, 2020
އެންޑްރޮއިޑް 11 ލޯންޗްކުރުން ސެޕްޓެމްބަރު 8 އަށް

މިދިޔަ މަހު ލޯންޗްކުރަން ނިންމާފައި ވަނިކޮށް ފަސްކުރި ގޫގުލްގެ އެންޑްރޮއިޑް ބީޓާ 11 ރަސްމީކޮށް ލޯންޗްކުރުން އަންނަ ސެޕްޓެމްބަރު މަހުގެ 8 އަށް ތާވަލުކޮށްފި އެވެ.

05 ޖޫން

June 05, 2020
ޓްރަމްޕްގެ ސޯޝަލް މީޑިއާގެ އަމުރާ ދެކޮޅަށް ކޯޓަށް

ސޯޝަލް މީޑިއާއާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް މިދިޔަ ހަފުތާގައި ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގެ ކުންފުންޏަކުން އަންގާރަ ދުވަހު ވޮޝިންޓަންގެ ފެޑެރެލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

31 މެއި

May 31, 2020
އެންޑްރޮއިޑް 11ގެ އިވެންޓް ފަސްކޮށްފި

ގޫގުލްގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ އެންޑްރޮއިޑް 11 ބީޓާގެ އާ ފީޗާތައް ދައްކައިލަން އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ނިންމި އިވެންޓް އެމެރިކާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި ފަސްކޮށްފި އެވެ.

12 މެއި

May 12, 2020
މައިކްރޮސޮފްޓުން އިޓަލީ އަށް 1.5 ބިލިއަންގެ އިންވެސްޓްމަންޓެއް

ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމަށް މައިކްރޮސޮފްޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިޓަލީގައި 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

09 މެއި

May 09, 2020 1
ގޫގުލް އާއި އެފްބީގެ މުވައްޒަފުން މި އަހަރު ގޭގައި

ކޮރޯނާވައިރަހާ ހެދި ރައްކާތެރިކަމުގެ ގޮތުން ގިނަ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވާއިރު، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް ފޭސްބުކާއި ގޫގުލްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް އެ ދެ ކުންފުނިން ހަމަޖައްސައިފި އެވެ.

30 އެޕްރީލް

April 30, 2020 3
ގޫގުލް މީޓް އެންމެންނަށް ހިލޭ

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، މިހާރު އެންމެ ބިޑަށް ވައިގައި ހިފައިގެން އުޅޭ އެކައްޗަކީ ވީޑިއޯ ކޮންފަރެންސިން އެޕްތަކެވެ. މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، ބައެއް ފްލެޓްފޯމްތަކަށް އަންނަނީ ކޮންފަރަންސްގައި ބައިވެރިވެވޭ މީހުންގެ އަދަދު ވެސް...

19 ޖެނުއަރީ

January 19, 2020
މައިކްރޮސޮފްޓް 2030 ގައި ކާބަން ނިއުޓްރަލް ވަނީ

ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން ހުއްޓާލައި، 2030 އަންނަންވާ އިރަށް ތިމާވެއްޓާ ރައްޓެހި ހަކަތަކާ އެކު ކާބަން ނިއުޓްރަލް ވާން އަމާޒު ހިފާފައިވާ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2020
ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް

ޓްރިލިއަން ޑޮލަރުގެ އަގު ހުރި ކުންފުންޏެއްގެ ޝަރަފު، ގޫގްލް ހިންގާ ކުންފުނި އަލްފެބަޓަށް ބުރާސްފަތި ދުވަހު ލިބިއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2019
ގޫގްލް އިން 2.1 ބިލިއަނަށް ފިޓްބިޓް ގަނެފި

ގޫގްލް އިން އެމެރިކާގެ ފިޓްނެސް ޓްރެކިން ކުންފުނި ފިޓްބިޓް 2.1 މިލިއަން ޑޮލަރަށް ގަނެފި އެވެ.

13 އޮކްޓޯބަރ

October 13, 2019
ލޯފަން މީހުންނަށް ގޫގުލް މެޕުން އެހީއެއް

ލޯފަން މީހުންނަށް ފަސޭހަ އިން ބޭނުންކުރެވޭ ގޮތަށް ގޫގުލް މެޕުން އަޑުން މިސްރާބު އަންގައިދޭ ފީޗާއެއް އިތުރުކޮށް ބޭނުންކުރަން ފަށއިފި އެވެ.

03 އޯގަސްޓް

August 03, 2019
ސިރީ ގާތު ދައްކާ ވާހަކަތައް މިހާރު އަޑެއް ނާހާނެ

އެޕަލްގެ ވާޗްއަލް އެސިސްޓަންޓް "ސިރީ" ގާތު ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލް އިން އަޑު އަހާ މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

22 ޖުލައި

July 22, 2019
ކުޑަކުދިންގެ މައުލޫމާތު ބޭނުންކުރާތީ ޔޫޓިއުބް ޖޫރިމަނާ!

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ޔޫޓިއުބުން ކުޑަކުދިންގެ މައުލޫމާތުތައް އެއްކޮށް، އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލާގައި ޔޫޓިއުބް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

26 ޖޫން

June 26, 2019 7
ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭނީ ލައްކަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ ތެރޭގައި ގޯސްތަކެއް ހެދި، އެ ކަންކަމުން ފިލާވަޅުތައް ވެސް ލިބިފައި ހުންނާނެ އެވެ. މައިކްރޮސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސް ވަނީ ވެސް ވިދާޅުވަނީ މިހާރު އޭނާ ހުންނެވި ހިސާބަށް...