05 އޮކްޓޯބަރ

October 05, 2017
އެމެރިކާގައި ކެންސަރުގެ އާއްމު ސަބަބަކަށް ފަލަވުން

ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން އިތުރުވުމާއި ފަލަވާ ބަލި ނުވަތަ އޮބީސިޓީއާ މެދު މިހާރަށް ވުރެ ވެސް ކަންބޮޑުވާން ޖެހޭ އިންޒާރެއް އެމެރިކާގެ ބަލިތަކާ ބެހޭ އިދާރާގެ ރިޕޯޓެއްގައި ދީފި އެވެ.

30 ސެޕްޓެމްބަރ

September 30, 2017 5
ދަތުރުތަކެއްގެ މައްސަލާގައި ހެލްތު މިނިސްޓަރު އިސްތިއުފާ

ވޮޝިންޓަން (ސެޕްޓެމްބަރު 30) - ރަސްމީ ބޭނުންތަކުގައި ޕްރައިވެޓް މަތިންދާ ބޯޓުތަކުގައި އަގު ބޮޑު ދަތުރުތަކެއް ކުރެއްވި މައްސަލާގައި އެމެރިކާގެ ހެލްތު މިނިސްޓަރު ޓޮމް ޕްރައިސް އިސްތިއުފާ ދެއްވައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2017
މަރުވިތާ 40 އަހަރު ފަހުން ބެލި އިރު ސަންދޯއް ހުހަށް

އެމެރިކާގައި މަންމައަކު އޭނާގެ ދަރިފުޅު މަރުވި ސަބަބު ހޯދަން މަސައްކަތް ކުރާތާ 40 އަހަރު ފަހުން އެ ކުއްޖާގެ ސަންދޯއް ކޮނެގެން ނެގިއިރު އެ ހުސްކޮށް އޮތުމުން ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.

13 ޖުލައި

July 13, 2017 4
ގެނބުނު އާއިލާއެއް ސަލާމަތްކުރުމަށް އިންސާނުންގެ ޗޭނެއް

އެެމެރިކާގެ ފްލޮރިޑާގައި މޫދަށް އެރި އުޅުނު އެއް އާއިލާއެއްގެ ހަ މީހަކާއި އިތުރު ހަތަރު މީހަކު ގެނބެމުން ދަނިކޮށް އެތައް ބަޔަކު ބައިވެރިވެރިވެގެން ހެދި "އިންސާނުންގެ ޗޭނަކުން" އެންމެން ސަލާމަތްކޮށްފި އެވެ.

28 ޖޫން

June 28, 2017 10
މަންމަ ދިޔައީ މަސްތުވާން، އައިއިރު ދެ ދަރިން މަރު

އެމެރިކާގެ ޓެކްސަސްގެ މަންމައެއް ކަމަށްވާ ސިންތިއާ މާރީ ރުޑޮލްފް މަސްތުވާންވެގެން ހިންގި އަމަލެއްގައި ކުޑަ ދެ ދަރިން މަރުވުމުން އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

16 މެއި

May 16, 2017 3
ކެފެއިން ގިނަވެގެން ކުއްޖަކު ކުއްލިއަކަށް މަރުވެއްޖެ

ކެފެއިން ހުރި އެއްޗެހި މާގިނައިން ބުއިމުގެ ސަބަބުން އެމެރިކާގައި ދަރިވަރަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

10 މެއި

May 10, 2017 1
ނުކުޅެދުންތެރިކަމަކީ މި ދެމަފިރިންނަށް މައްސަލައެއް ނޫން

"ލޯތްބަށް އެއްވެސް އިމެއް، ދުރުމިނެއް ނޯންނާނެ އެވެ. ލޯބީގެ އޮންނާނީ ހަމައެކަނި އެންމެ މަގްސަދެކެވެ. ދެ މީހަކު އަބަދަށް އެކަކު އަނެކަކާ ގުޅުވާލުމެވެ."

01 މެއި

May 01, 2017 2
އަނބިމީހާގެ އެކަނިވެރިކަން ފިލުވައިދޭ ނަމޫނާ ފިރިއެއް

ކެލިފޯނިއާގައި އުޅޭ، އުމުރުން 17 އަހަރުގެ މެކެނާ ނިއުމަން ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ރަނގަޅު ބައްޕަ އެވެ.

06 އެޕްރީލް

April 06, 2017 2
ރޯގާޖެހި ދަރިފުޅު މަރުވި މަންމަގެ ނަސޭހަތް

މިއީ ސީއެންއެންގައި ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ. މިއީ އާދައިގެ އަރިދަފުސް ރޯގައެއް ޖެހި، ހުރި ހަމައެކަނި ދަރިފުޅު މަރުވުމުން އެ ކުއްޖާގެ މަންމަގެ އިހްސާސްތަކެވެ. އޭނާގެ އިލްތިމާސަކީ ފްލޫ ވެކްސިން ޖެހުމެވެ.

30 މާޗް

March 30, 2017
ކާފައަށް އެހީވާން ޖޫސް ވިއްކައިގެން 4000 ޑޮލަރު

އެމެރިކާގެ ނިއު މެކްސިކޯގައި، އުމުރުން ނުވަ އަހަރުގެ ފިރިހެންކުއްޖަކު އޭނާގެ ކާފަގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލެމަނޭޑް ވިއްކައިގެން އެތައް ހާސް ޑޮލަރެއް އެއްކޮށްފި އެވެ.

29 މާޗް

March 29, 2017 3
މި މީހާގެ އުފަލަކީ ބަލި ކުދިން ބެލެހެއްޓުން

ހަނގުރާމަ އާއި ތަޅާފޮޅުންތަކާއި ހަމަނުޖެހުމުގެ ތެރޭގައި ދުނިޔެ އޮތަސް އިންސާނުންނަށް އެހީވުމުގައި ވެސް އެއްބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ. އޭގެ ތެރެއިން އެކަކީ 1970ގެ އަހަރުތަކުގައި ތައުލީމު ހާސިލުކުރުމަށް ލީބިޔާއިން އެމެރިކާއަށް ހިޖުރަކުރި މުހައްމަދު ބަޒީކް އެވެ.

21 މާޗް

March 21, 2017 1
ގެދޮރުނެތް ބަލި މީހެއްގެ ދިރިއުޅުމަށް އުފާވެރި ބަދަލެއް

ގެދޮރުނެތް، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްގެ ދިރިއުޅުން ބަދަލުކޮށްލުމުގައި އަންހެނަކު ކޮށްދިން އިންސާނީ ޚިދުމަތަށް ސޯޝަލް މީޑިއާގައި ތައުރީފުކުރަމުން އެބަދެ އެވެ.

20 މާޗް

March 20, 2017 1
ކަރުގެ އިންފެކްޝަނަކުން އަތްފައި ބުރިކޮށްލަން ޖެހިއްޖެ

ވަރަށް މަދުން ނޫނީ ނުޖެހޭ ވައްތަރެއްގެ އިންފެކްޝަނެއް ކަރުތެރެއަށް ޖެހުނު އެމެރިކާ މީހެއްގެ އަތްފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

02 މާޗް

March 02, 2017 1
ޑޮކްޓަރަކު ކިޑްނީ ހަދިޔާކޮށް ޑޮކްޓަރަކު ސަލާމަތްކޮށްފި

ޑޮކްޓަރަކު އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ އެ މީހުންގެ މަސައްކަތެވެ. އެކަމަކު ޑރ. ކޮލީން ކޯލްމަން މިކަން ކުރީ އެހެން ގޮތަކަށެވެ. އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރެއްގެ ފުރާނަ ސަލާމަތްކޮށްދިނީ އަމިއްލަ ކިޑްނީ ހަދިޔާކޮށްގެންނެވެ.

20 ފެބުރުއަރީ

February 20, 2017 1
މޫނު ބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނަކުން ހިނިތުންވުން

ޑޮކްޓަރުން އޭނާގެ އަތަށް ލޯގަނޑެއް ދިއްކޮށްލާނެ ދުވަހަކަށް އޭނާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ ވަގުތު އައިސް ޖެހުމުން އެންޑީ ސޭންޑްނަސް ލޯގަނޑުން އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ އެވެ. އެ ސޫރަޔަކީ ހަމަގައިމުވެސް އޭނާ ދަންނަ ސިފައެއް ނޫނެވެ. މިހާރު ހުރީ މުޅިން އާ މޫނެކެވެ. އެހެން ފިރިހެނެއްގެ މޫނެވެ.

16 ފެބުރުއަރީ

February 16, 2017 1
ބަނޑުގެ އެތެރެފުށް ބޭރަށް އޮތް ކުއްޖާ ސަލާމަތްކޮށްފި

ތުއްތު އެލިއޮޓް ސާޖަންޓް އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އުފަންވި އިރު ވެސް އޭނާގެ ބަނޑުގެ އެތެރޭގައި ހުންނަން ޖެހޭ ހުރިހާ ގުނަވަނެއް ހުރީ ބޭރުގަ އެވެ. އެހެންވެ، އުފަންވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޮޕަރޭޝަނަށް ފަހު 63 ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

11 ފެބުރުއަރީ

February 11, 2017
ޑޮކްޓަރުން ބުނީ ސަރުބީއޭ، އޮތީ 59 ކިލޯގެ ޓިއުމަރެއް

އެމެރިކާގެ މިސިސިއްޕީގެ ފިރިހެނެއްގެ ހަށިގަނޑުން 59 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

30 ޖެނުއަރީ

January 30, 2017
ބިލެއްގައި އާދަޔާ ޚިލާފު ޑިސްކައުންޓެއް

ރެސްޓޯރަންޓްތަކަށް ކާން ދާ މީހުންނަށް އެ ތަންތަނުން މީދަލާއި އެކި ފާޑުގެ ދިރޭ ތަކެތި ފެނުމަކީ ރެސްޓޯރަންޓުގެ ވެރިންނަށް ބޮޑު ލަދެކެވެ. މިފަދަ މައްސަލަތައް ވަކިން ބޮޑުވެގެން ދަނީ އެފަދަ ހާލަތެއްގައި މުވައްޒަފުންނަށް ކުރެވޭ ތާކުންތާކު ނުޖެހޭ ކަންކަމާ ވެސް ހެދި އެވެ.

18 ޖެނުއަރީ

January 18, 2017 4
އެންމެ ބަރު މީހާ ވެސް މި ހުރީ ހިކިފައި

މައިރާ ރޮޒާލެސް އަކީ ހަގީގަތުގައި ވަރަށް ރީތި އަންހެނެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބަރު އެއް އަންހެންމީހާގެ ރެކޯޑް ވެސް އެއް ދުވަސްވަރެއްގައި އޭނާ އަށް އޮތެވެ. އޭރު ބަރުދަނުގައި 470 ކިލޯ ހުއްޓެވެ.

13 ޖެނުއަރީ

January 13, 2017 3
ރިމޯޓެއް ވަގަށް ނެގި މީހަކު 22 އަހަރަށް ޖަލަށް

ޓީވީ ރިމޯޓެއް ވަގަށް ނަގައިގެން އެމެރިކާގެ 35 އަހަރުގެ ފިރިހެނަކު 22 އަހަރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ މި ހުކުމް އިއްވަން ޖެހުނީ ތަކުރާރުކޮށް ކުށް ކުރަމުންދާތީ ކަމަށެވެ.