19 އޮކްޓޯބަރ

October 19, 2018 2
އިޒްރޭލް ބޮއިކޮޓްކުރި ދަރިވަރު އެތެރެވުމުގެ ހުއްދަދީފި

ތެލް އަވީވް (އޮކްޓޯބަރު 19) - އިޒްރޭލް ބޮއިކޮޓް ކުރުމަށް ކެމްޕޭން ކުރަމުން ދިޔަ އެމެރިކާގެ ދަރިވަރު އިޒްރޭލަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައި ވަނިކޮށް، އެ ގައުމަށް އެތެރެވުމުގެ ހުއްދަ އިޒްރޭލްގެ ސުޕްރީމް ކޯޓުން ދީފި އެވެ.

23 އޯގަސްޓް

August 23, 2018 2
މުސްލިމް ގައުމުތައް އެއްބައިވާން އިޒްރޭލާއި އެމެރިކާ ނޭދޭނެ: އީރާން

ތެހެރާން (އޮގަސްޓް 23) - މުސްލިމް ގައުމުތައް އެކަތިގަނޑަކަށް ވެގެން އުޅުމަކީ އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލް ބޭނުންވާނެ ގޮތް ނޫން ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ވިދާޅުވެއްޖެ އެވެ.

26 ޖޫން

June 26, 2018 5
އެމެރިކާގެ ސުލްހައިގެ ޕްލޭނަށް އަރަބި ހަތަރު ގައުމެއްގެ ތާއީދު

ޖޯޑަން (ޖޫން 26) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ކޮންމެ ގޮތަކަށް ދެކެވަޑައިގެންނެވި ނަމަވެސް، މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން އެމެރިކާ އިން ހުށަހަޅާ ޕްލޭނަށް އަރަބި ހަތަރު ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.

13 މެއި

May 13, 2018 3
އެމްބަސީ ހުޅުވުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ތެލް އަވީވް (މެއި 13) - ތެލް އަވީވްގައި ހުރި އެމެރިކާ އެމްބަސީ މާދަމާ ގުދުސް އަށް ބަދަލު ކުރުމުގެ ކުރިން އިޒްރޭލުގެ ހުރިހާ ހިސާބެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.

01 މެއި

May 01, 2018 2
"އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ އޮޅުވާލައިގެން"

ތެލް އަވީވް (މެއި 1) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދޮގުގެ މަތީގައި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

25 މާޗް

March 25, 2018 4
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އެމެރިކާގެ އިންޒާރު

ވޮޝިންޓަން (މާޗް 25) - އިޒްރޭލް ކުށްވެރިކޮށް ގަރާރުތައް ނެރެމުންދާތީ ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާއި އެ ގޮތަށް ކަންތައް ކުރާ ނަމަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވެދާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

04 މާޗް

March 04, 2018
އެމްބަސީއާ ގުޅޭ މަޝްވަރާތަކަށް ނަތަންޔާހޫ އެމެރިކާ އަށް

ވޮޝިންޓަން (މާޗް 4) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ބެހޭ ފަހުގެ މަޝްވަރާތަކަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި އެވެ.

22 ޖެނުއަރީ

January 22, 2018
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުން އަންނަ އަހަރު

ތެލް އަވީވް (ޖެނުއަރީ 22) - އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް އަންނަ އަހަރު ފަހުކޮޅު ބަދަލު ކުރާނެ ކަމަށް އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2017 2
އެމްބަސީތައް ގުދުސަށް ބަދަލުކުރަން އިޒްރޭލު އާދޭސްކުރަނީ

އިޒްރޭލުގައި ހުންނަ އެކި ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްދިނުމަށް އެދި އިޒްރޭލު ސަރުކާރުން އެ ގައުމުތަކުގައި އާދޭސް ކުރަން ފަށައިފި އެވެ.

26 ޑިސެމްބަރ

December 26, 2017 9
އެމެރިކާ އިން އދ. އަށް ދޭ އެހީ މަދުކުރަނީ

އެމެރިކާ އިން އދ. މަޖިލީހުގެ ބަޖެޓަށް ކޮންމެ އަހަރަކު ދޭ ފައިސާގެ ތެރެއިން 285 މިލިއަން ޑޮލަރު އުނިކުރުމަށް އެމެރިކާ އިން ނިންމައި އިއްޔެ އިއުލާން ކޮށްފި އެވެ.

25 ޑިސެމްބަރ

December 25, 2017 4
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް

މުޅި ގުދުސަށާއި ފަލަސްތީނުގެ ކްރިސްޓިއަނުންނަށް ވެސް އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި ރެއަކީ ޑިސެމްބަރު މަހުގެ 25 ވިލޭރޭ ކަމުގައި ވިޔަސް، ކުރީ އަހަރުތަކާ ޚިލާފަށް ފަލަސްތީނުގެ ކްރިސްޓިއަނުން މި ފަހަރު ނިންމީ، މި ދުވަސް އެހާ ކުލަ ގަދަކޮށް ފާހަގަ ނުކުރުމަށެވެ. އެއީ ގުދުސާ މެދު އެމެރިކާ އިން ނިންމި ނިންމުމަށް ދެކޮޅުހެދުމުގެ...

24 ޑިސެމްބަރ

December 24, 2017 3
ފަލަސްތީނު މުޒާހަރާތައް ފުޅާވެ ދެ ސަހަރެއް ބަންދުކޮށްފި

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަން ފަށާފައިވާ މުޒާހަރާތައް ފުޅާވެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، ހުޅަނގު އައްސޭރީގައިވާ ދެ ސަހަރެއް އިޒްރޭލު ސިފައިން އިއްޔެ އިން ފެށިގެން ބަންދުކޮށްލައިފި އެވެ.

21 ޑިސެމްބަރ

December 21, 2017 83
ރާއްޖޭން ގުދުސް ގަރާރު ސްޕޮންސަ ކޮށްފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހަށް މިއަދު ހުށަހަޅާ ގަރާރަށް ތާއީދުކޮށް، އެ ގަރާރު ރާއްޖެ އިން ކޯ...

December 21, 2017 14
ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް އެހީ ކަނޑާލަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި އެ ގަރާރަށް ތާއީދުކުރި ގައުމުތަކަށް، އެމެރިކާ އިން...

20 ޑިސެމްބަރ

December 20, 2017
ގުދުސްގެ މައްސަލައިގައި އދ.ގެ އާންމު މަޖިލިސް ބައްދަލުކުރަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން އިއުތިރާފްވި މައްސަލައިގައި ބަހުސް ކުރުމަށް، އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ އެދުމަކަށް، އދ.ގެ އާންމު މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

14 ޑިސެމްބަރ

December 14, 2017 16
އެމެރިކާ: އަހަންނަކީ ބޮޑުބާރު، ހަދާނީ ބޭނުން ގޮތެއް

ގުދުސްއަކީ ދުނިޔޭގެ އެހެން ބިންތައް ފަދަ އާދައިގެ ބިމެއް ނޫނެވެ. އެއީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ މަސްޖިދުލް އަގްސާ ހުރި ބިމެވެ. މަސްޖިދުލް އަގްސާ އަކީ ކީރިތި ރަސޫލާގެ އިސްރާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އަދި މިއުރާޖު ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ނަބީބޭކަލުންގެ އިމާމެއްގެ ގޮތުގައި މި އުންމަތުގެ މާތް ނަބިއްޔާ...

12 ޑިސެމްބަރ

December 12, 2017 4
"އިޒްރޭލަކީ ލޭ އޮހޮރުވާ ޓެރަރިސްޓް ދައުލަތެއް"

ފަލަސްތީނުގެ ބިމުގައި ގަދަބާރުން އުފައްދާފައިވާ އިޒްރޭލަކީ ފަލަސްތީނު މީހުންގެ ލޭއޮހޮރުވާ ޓެރަރިސްޓު ދައުލަތެއް ކަމަށާއި އެމެރިކާ އަކީ އިޒްރޭލުން ހިންގާ ލޭއޮހޮރުވުންތަކުގެ ބައިވެރިއެއް ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާން ވިދާޅުވެއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2017 1
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ

އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމުގައި އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް، މިދިޔަ ބުދަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު...

December 11, 2017 4
ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދޭ: އަރަބި ލީގް

ގާހިރާ، މިސްރު: އިޒްރޭލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސްކަމުގައި އެމެރިކާ އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އަަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވާލައްވައިފި އެވެ.

07 ޑިސެމްބަރ

December 07, 2017 1
އިޒްރޭލުގެ ވެރިރަށަށް ގުދުސް ހެދޭނެ ގޮތެއް ނެތް

ގުދުސް (ޑިސެމްބަރު 7) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު އެމެރިކާ އެމްބަސީ ތެލް...

December 07, 2017 2
"ޓްރަމްޕުގެ ނިންމުމުން ގުދުސްގެ ހަގީގަތަށް ބަދަލެއް ނާންނާނެ"

ގުދުސް (ޑިސެމްބަރު 7) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގެންފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް ގުދުސްގެ ހަގީގަށް ބަދަލެއް ނާންނެ...

06 ޑިސެމްބަރ

December 06, 2017 13
އެމެރިކާގެ ނިންމުމުގެ ސަބަބުން ހަމަނުޖެހުން ބޮޑުވެދާނެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައިފި ނަމަ އިތުރަށް ހަމަނުޖެހުން ބޮޑުވާނެ ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

December 06, 2017 4
އެމެރިކާގެ ނިންމުމުން ސުލްހައަށް ހުރަސް އެޅޭނެ:މައުމޫން

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ ބޭ އިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

December 06, 2017 17
އެމެރިކާގެ ނިންމުމަކީ އިސްލާމީ އުންމަތާ ދެކޮޅު އަމަލެއް

އިޒްރޭލުގެ ވެރިރަށް ތެލްއަބީބްގައި ހުންނަ އެމެރިކާގެ އެމްބަސީ، ފަލަސްތީނުގެ ގުދުސަށް ބަދަލު ކުރަން އެމެރިކާ އިން ނިންމި ނިންމުމަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް ދިން ދެރައެއް...

05 ޑިސެމްބަރ

December 05, 2017 3
އިޒްރޭލުގެ ވެރިރަށަށް ގުދުސް ހަދައިގެންނުވާނެ: ފްރާންސް

ޕެރިސް (ޑިސެމްބަރު 5) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން އުޅޭތީ އެކަމާ ދެކޮޅަށް އަޑު އުފުލާ ގައުމުތަކުގެ ލިސްޓް އިތުރުވާން ފަށައިފި އެވެ.