31 ޖުލައި

July 31, 2017 1
އެމެރިކާގެ 755 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަނީ

މޮސްކޯ (ޖުލައި 31) - ރަޝިޔާގައި މަސައްކަތް ކުރާ އެމެރިކާގެ 755 ޑިޕްލޮމެޓިކް ސްޓާފުން އެނބުރި ގައުމަށް ދިއުމަށް ރައީސް ލަޑިމިއާ ޕުޓިން އަންގަވައިފި އެވެ.

11 ޖުލައި

July 11, 2017
އެމެރިކާގެ 30 ޑިޕްލޮމެޓުން ރަޝިޔާ އިން ފޮނުވާލަނީ

މޮސްކޯ (ޖުލައި 11) - އެމެރިކާގެ 30 ޑިޕްލޮމެޓުން ފޮނުވާލަން ރަޝިޔާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

10 ޖުލައި

July 10, 2017 2
މިއީ ރަޝިޔާއާ އެކު މަސައްކަތް ކުރަންވީ ވަގުތު: ޓްރަމްޕް

ވޮޝިންޓަން (ޖުލައި 10) - ރަޝިޔާއާ އެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

27 ޖޫން

June 27, 2017 2
ދެން ކެމިކަލް ހަމަލާއެއް ދީފިއްޔާ ނަތީޖާ ގޯސްވާނެ

މީގެ ފަހުން ސީރިޔާ ސަރުކާރުން އެ ގައުމުގެ އެއްވެސް ބަޔަކާ ދެކޮޅަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދީފި ނަމަ، ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ އެމެރިކާ އިން، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އިންޒާރު ކޮށްފި އެވެ.

24 ޖޫން

June 24, 2017 4
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމުންގެ 472 މީހަކު މަރުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

23 ޖޫން

June 23, 2017
ރަޝިޔާގެ މަނަވަރުތަކުން އައިއެސް އަށް ހަމަލާ ދީފި

ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ރަޝިޔާގެ މަނަވަރުތަކުން މިސައިލްގެ ހަމަލާތަކެއް މިއަދު ދީފި އެވެ.

22 ޖޫން

June 22, 2017 1
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް

އެމެރިކާގައި މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި 21 ސްޓޭޓެއްގެ އިންތިހާބާ ގުޅޭ ސިސްޓަމްތައް ރަޝިޔާގެ ހެކަރުންގެ އަމާޒަކަށް ހެދި ކަމަށް، ސެނެޓް ޕެނެލްގައި، އެމެރިކާގެ އިސް ވެރިޔަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

19 ޖޫން

June 19, 2017 1
އެމެރިކާ އިން ހަމަލާ ދީ ސީރިޔާގެ ބޯޓެއް ވައްޓާލައިފި

ސީރިޔާ ސަރުކާރުގެ އަސްކަރީ މަތިންދާ ބޯޓަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީ އިއްޔެ ވައްޓާލައިފި އެވެ.

07 ޖޫން

June 07, 2017 7
ގަތަރު މައްސަލަ ފެންމަތި ކުރުމުގެ ފަހަތުގައި ރަޝިޔާ

ވޮޝިންޓަން (ޖޫން 7) - ގަތަރާ ގައުމުތަކުން ގުޅުން ކަނޑާލި މައްސަލައިގެ އަސްލު ކަމަށްވާ އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީގެ ވެބްސައިޓުގައި ގަތަރުގެ އަމީރާ ހަވާލާ ދީ ފޭކް ނިއުސް ރިޕޯޓް ކުރުމުގެ ފަހަތުގައި ވަނީ ރަޝިޔާގެ ހެކަރުން ކަމަށް ގަބޫލް ކުރެވޭ ކަމަށް އެމެރިކާގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފި އެވެ.

22 އެޕްރީލް

April 22, 2017 6
ރާއްޖޭން ގެންދިޔަ ހެކަރަށް އެމެރިކާގައި ހުކުމްއިއްވައިފި

މޮސްކޯ (އެޕްރީލް 22) - ރާއްޖޭން ފުރަން ގޮސް ހުއްޓާ އެމެރިކާގެ އެޖެންޓުން "ގެންދިޔަ" ހެކަރެއް ކަމަށް ބުނާ ރަޝިއާގެ ރޯމަން ސެލެޒްނޯވްގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ސެލެޒްނޯވްގެ ބައްޕަ އަދި ރަޝިޔާގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ވަލެރީ ސެލެޒްނޯވް ރުޅިގަދަވެ ފާޑު...

13 އެޕްރީލް

April 13, 2017 1
ސީރިއާއާ ގުޅޭ އދ. ގެ ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 13) - ސީރިއާގައި މިދިޔަ ހަފުތާގައި ދިން ކެމިކަލް ހަމަލާ ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރުމަށް ދިމިޝްގުން އެއްބާރުލުން ދިނުމަށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

12 އެޕްރީލް

April 12, 2017
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން

ވޮޝިންޓަން (އެޕްރީލް 12) - ކެމިކަލް ހަމަލާގެ ޒިންމާ ސީރިއާގެ ބޮލުގައި ނޭޅޭނެ ގޮތަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.

11 އެޕްރީލް

April 11, 2017
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މެޑްރިޑް (އެޕްރީލް 11) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި ރަޝިޔާގެ ޕްރޮގްރާމަރަކު ސްޕޭނުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

09 އެޕްރީލް

April 09, 2017 1
އެމެރިކާ އިން ދަނީ ޓެރަރިޒަމް ގޭމެއް ކުޅެމުން: ރަޝިޔާ

މޮސްކޯ (އެޕްރީލް 9) - އެމެރިކާ އިން ދަނީ "ޓެރަރިޒަމް ގޭމެއް ކުޅެމުން" ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

07 އެޕްރީލް

April 07, 2017 3
ސީރިއާއަށް އެމެރިކާ ހަމަލާދިނުމުން ރަޝިޔާ ރުޅިގަދަވެއްޖެ

މޮސްކޯ (އެޕްރީލް 7) - ސީރިއާ އަށް މިސައިލް ހަމަލާ ދިނުމުން ރަޝިޔާ ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

29 މާޗް

March 29, 2017 1
އެމެރިކާ ނުލައި ސީރިޔާގެ ސުލްހައިގެ އެއްބަސްވުމެއް ނެތް

ޖެނީވާ - އެމެރިކާގެ ބައިވެރިވުމާ ނުލައި ސީރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލު ކުރުމަށް ހަރުދަނާ އެއްބަސްވުމެއް ގާއިމުކުރެވުމަކީ ދުރު ކަމެއް ކަމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

26 މާޗް

March 26, 2017 1
ލީބިޔާގައި ރަޝިޔާގެ ހިއްސާއާ މެދު އެމެރިކާ ކަންބޮޑުވެ

ލީބިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ރަޝިޔާގެ ބައިވެރިވުން އޮތް ގޮތާ މެދު އެމެރިކާ ހިތްހަމަނުޖެހި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

22 މާޗް

March 22, 2017
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު މިހާރު ވެސް ދަނީ ގަދަ ވަމުން ކަމަށް އެ ގައުމުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެފި އެވެ.

21 މާޗް

March 21, 2017
ރަޝިޔާ އަށް ލީބިޔާ މައްސަލަ ހައްލު ކުރެވޭނެތަ؟

ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި މީގެ އަހަރުތަކެއް ކުރިން ރަޝިޔާ ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އިރާގަށް އަރައިގަތް އިރު، ރަޝިޔާ އޮތީ ދުރުގައި ކުޅި ބަލާށެވެ. ލީބިޔާއާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމަ އިއުލާންކުރި އިރު ވެސް ރަޝިޔާގެ މާ ބޮޑު ދައުރެއް ނެތެވެ.

02 މާޗް

March 02, 2017 3
އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަމަށް ބުނެފި

ވޮޝިންޓަން (މާޗް 2) - ޓްރަމްޕުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރަޝިޔާ ސަފީރާ ބައްދަލުކުރި ކަމަށް ސަރުކާރުން ބުނެފި އެވެ.