17 ފެބުރުއަރީ

February 17, 2019 7
"އެމެރިކާގެ އެހީއަކީ ގައުމަށް އަރައިގަތުމުގެ ރޭވުމެއް"

ބޮގޯޓާ (ފެބްރުއަރީ 17) - ވެނެޒުއެލާ އަށް އެހީގެ ތަކެތި ފޯރުކޮށްދޭން އެމެރިކާ އިން އުޅުމުގެ ބޭނުމަކީ އެ ގައުމަށް އަރައިގަތުމަށް ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2019 1
އެމެރިކާ އިން ހަދަން އުޅެނީ ގޯހެއް: މަދޫރޯ

ކަރާކަސް (ފެބްރުއަރީ 15) - އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެނެޒުއެލާގައި ހަމަނުޖެހުން އުފައްދަން އެމެރިކާ އިން ކުރާ މަސައްކަތަކީ ބޮޑު ގޯހެއް ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2019 4
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ ރައީސް ކަމަށް ބަލައިފި

މެޑްރިޑް- ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވާން ގުއޭޑޯއަކީ އެ ގައުމުގެ ވެރިޔާ ކަމަށް ބަލައިގަންނަން އެމެރިކާއިން ނިންމި ނިންމުމުގައި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ބައިވެރިވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2018 2
ވެނެޒުއެލާގެ ރައީސްގެ އަނބިކަނބަލުންނަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 25) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ އަނބިކަނބަލުންނާއި ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018 3
މަދޫރޯ ވެރިކަމުން ދުރުކުރަން އެމެރިކާއިން ބަޣާވާތް ރޭވި

ކަރާކަސް (ސެޕްޓެމްބަރު 9) - ބަޣާވާތެއް ގެނެސް ވެނެޒުއެލާގެ ރައީސްކަމުގެ މަގާމުން ނިކޮލަސް މަދޫރޯ ދުރުކުރަން އެމެރިކާގެ އޮފިޝަލުން ވެނެޒުއެލާގެ އަސްކަރީ އޮފިސަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

23 މެއި

May 23, 2018 2
އެމެރިކާގެ ޑިޕްލޮމެޓް ވެނެޒުއެލާ އިން ބޭރުކޮށްލައިފި

ކަރާކަސް (މެއި 23) - ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފާޑުކިޔަމުން ދަނިކޮށް އެ ގައުމުގައި ހުރި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ބޭރުކޮށްލަން ރައީސް ނިކޮލަސް މަދޫރޯ އަންގަވައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 4
އިތުރު ތިން ގައުމެއްގެ މީހުން އެމެރިކާއަށް ވަނުން މަނާ

ވޮޝިންޓަން (ސެޕްޓެމްބަރު 25) - އެމެރިކާ އަށް ވަނުން މަނާކުރާ ގައުމުތަކުގެ މީހުންގެ ލިސްޓަށް ތިން ގައުމު އިތުރުކޮށްފި އެވެ.

26 އޯގަސްޓް

August 26, 2017 1
ޓްރަމްޕަށް އިންޒާރު ދޭން އަސްކަރީ ތަމްރީނުތަކެއް ފަށައިފި

ކަރާކަސް (އޮގަސްޓް 26) - ވެނެޒުއެލާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާތީ އެކަމަށް އިންޒާރު ދިނުމުގެ ގޮތުން ވެނެޒުއެލާ އިން ދެ ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.

02 އޯގަސްޓް

August 02, 2017 4
އިދިކޮޅު ފަރާތްތައް ޖަލަށްލާތީ މަދޫރޯއަށް ޓްރަމްޕުގެ އިންޒާރު

ވޮޝިންޓަން (އޮގަސްޓް 2) - ވެނެޒުއެލާގެ އިދިކޮޅު އިސް ލީޑަރުން ޖަލަށްލާތީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

01 އޯގަސްޓް

August 01, 2017 5
ވެނެޒުއެލާގެ ރައީސްއަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 1) - އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުންތަކަށް ގޮންޖެހުމަށް ފަހު ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ބޭއްވުމުން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

27 ޖުލައި

July 27, 2017 2
ވެނެޒުއެލާގެ 13 އޮފިޝަލަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ކަރާކަސް (ޖުލައި 27) - ރައްޔިތުންގެ ރުހުމާ ދެކޮޅަށް ގަދަބާރުން ޕާލަމެންޓް އިންތިޚާބެއް ބާއްވާ ގާނޫނު އަސާސީ ބަދަލު ކުރުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަސައްކަތް ކުރައްވާތީ އެ ގައުމުގެ 13 އޮފިޝަލަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

19 ޖުލައި

July 19, 2017 2
"އެމެރިކާ އިން އިންޒާރު ދިނަސް އިންތިޚާބު ބާއްވާނަން"

ކަރާކަސް (ޖުލައި 19) - ވެނެޒުއެލާގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ އިންތިޚާބު ބާއްވައިފި ނަމަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް ޖުލައި 30 ވަނަ ދުވަހު އެސެމްބްލީ އިންތިޚާބު ބާއްވާނެ ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2017
އެމެރިކާއިން އެޅި ފިޔަވަޅަށް ވެނެޒުއެލާ އިން ގޮންޖަހައިފި

ކަރާކަސް (ފެބްރުއަރީ 15) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް ތޯރިގު އަލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅަށް އޭނާ ގޮންޖައްސަވައިފި އެވެ.

14 ފެބުރުއަރީ

February 14, 2017
ވެނެޒުއެލާގެ ނައިބް ރައީސްއާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ފެބްރުއަރީ 14) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް އެލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.