17 ޖުލައި

July 17, 2019 1
މިއަންމާ ސިފައިންގެ ވެރިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިފިި

ވޮޝިންޓަން (ޖުލައި 17) - މިއަންމާ ސިފައިންގެ ވެރިޔާ އައުންގް ހައިން އާއި އެ ގައުމުގެ ސިފައިންގެ އިތުރު ތިން އޮފިސަރުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި އެވެ.

July 17, 2019
ލޭޑީ ގާގާގެ ބިއުޓީ ކަލެކްޝަން ޕްރި-އޯޑަރަށް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ލޭޑީ ގާގާ އަލަށް އުފެއްދި ބިއުޓީ ބްރޭންޑްގެ "ހައުޒް ލެބޯރެޓަރީޒް" ގެ ކަލެކްޝަންތަކުގެ ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.

15 ޖުލައި

July 15, 2019 2
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން

ތެހެރާން (ޖުލައި 15) - ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަލުން ރުޖޫއަ ވެއްޖެ ނަމަ ވޮޝިންޓަނާ އެކު މަޝްވަރާ ކުރާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

13 ޖުލައި

July 13, 2019 2
ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަނީ

ވޮޝިންޓަން (ޖުލައި 13) - ޓޭޑާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި މައްސަލާގައި ރެކޯޑް އަދަދެއް ކަމަށްވާ ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ޖޫރިމަނާ ކުރަން ރެގިއުލޭޓަރުން ނިންމައިފި އެވެ.

12 ޖުލައި

July 12, 2019 9
ސިރިސޭނާ- ރަނިލް އަނެއްކާވެސް ބޮޑު ޚިޔާލުތަފާތުވުމަކަށް

ކޮލަމްބޯ (ޖުލައި 12) - އެމެރިކާއާ އެކު ސޮއި ކުރަން އުޅޭ އަސްކަރީ އެއްބަސްވުމާ މެދު ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ބޮޑު ޚިޔާލު...

July 12, 2019 6
"ޓޭންކަރު ހިފެހެއްޓުމަކީ ހިތާމަ ކުރަން ޖެހޭނެ ކަމެއް"

ތެހެރާން (ޖުލައި 12) - ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ހިފެހެއްޓި މައްސަލައިގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން "ވަރަށް ބޮޑަށް ހިތާމަކުރަން" ޖެހޭނެ ކަމަށް ބުނެ...

10 ޖުލައި

July 10, 2019 1
އެމެރިކާގެ އަންހެން ޓީމުން ޓްރަމްޕަށް ނޫނެކޭ ބުނެފި

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 10) - ފްރާންސްގައި ދާދި ފަހުން ނިމުނު ފީފާ އަންހެން ވޯލްޑް ކަޕް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި...

July 10, 2019 1
ކުދިންގެ ރުއިން ތަރުޖަމާކުރެވޭ ޓެކްނޮލޮޖީއެއް

ތުއްތު ދަރިފުޅު ރުއިމަކީ މައިންބަފައިން ވަރަށް ކަންބޮޑުވާ ކަމެކެވެ. އެއީ ރޯ ސަބަބު ނޭނގޭތީ އެވެ. އެހެންވެ މިފަދަ ހާލަތްތަކުގައި ދަރިފުޅު މަސަލަސް ކުރެވޭތޯ އެކި ކަހަލަ ކަންކަން...

09 ޖުލައި

July 09, 2019 1
ފިލައިގެން އުޅޭ މެކަފީ އެމެރިކާގެ ރިޔާސީ އިންތިހާބަށް

ޓެކުހަށް މަކަރު ހެދުމާއި ގަތުލާއި ޑްރަގް ވިޔަފާރި ފަދަ މައްސަލަތަކުގެ ތުހުމަތުގައި އެމެރިކާ އިން ހިފައި ހައްޔަރު ކުރަން ބޭނުންވާ މަޝްހޫރު ވިޔަފާވެރިޔާ އަދި އެންޓި-ވައިރަސް "މެކަފީ" ގެ ބާނީ ޖޯން މެކެފީ، އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފި އެެވެ.

08 ޖުލައި

July 08, 2019
އިމްރާން ޚާން ބޭނުން ވަނީ ސަފީރުގެ ގެކޮޅުގައި ހުންނަން

އިސްލާމްއާބާދު (ޖުލައި 8) - މި މަހު ފަހުކޮޅު އެމެރިކާ އަށް ކުރައްވާ ދަތުރުގައި ބޭނުން ވަނީ ޕާކިސްތާން ސަފީރުގެ ގެކޮޅުގައި ހުންނެވުމަށް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން...

July 08, 2019 4
ޓްރަމްޕުގެ އިންޒާރު އީރާނަށް: ރައްކާތެރިވެގެން ތިބޭ

ވޮޝިންޓަން (ޖުލައި 8) - ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން "އީރާނުން ރައްކާތެރިވެ ތިބުމަށް" އެމެރިކާގެ...

07 ޖުލައި

July 07, 2019 9
އެމެރިކާގެ އަސްކަރީ އެއްބަސްވުމަށް ސިރިސޭނާ ދެކޮޅު

ކޮލަމްބޯ (ޖުލައި 7) - އެމެރިކާ ސިފައިން ލަންކާގެ ބަނދަރުތައް ހިލޭ ބޭނުން ކުރުމުގެ އަސްކަރީ އެއްބަސްވުމަށް ދެކޮޅު ހައްދަވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2019
ކެލިފޯނިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ކެލިފޯނިއާ (ޖުލައި 6) - އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގެ ހިސާބުތަކަށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ. މި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ...

July 06, 2019 2
ވިއްކަން ހުރި އައިސް ކްރީމް ތައްޓެއްގައި ދޫ ލީ މީހަކު ހޯދަނީ

އެމެރިކާގެ ޓެކްސަސްގައި ހިންގާ ވޮލްމާޓްގެ ސުޕަމާކެޓެއްގެ ވިއްކަން ހުރި އައިސް ކްރީމް ތައްޓެއްގެ މަތި ނަގައި އޭގައި ދޫ ލާފައި އަލުން ފްރިޒަރަށް ލި މައްސަލައެއްގައި އަންހެނަކު...

04 ޖުލައި

July 04, 2019 5
"އިގްތިސާދީ ފިޔަވަޅު އެޅީ ހަނގުރާމައަށް ޖެހިލުންވާތީ"

ތެހެރާން (ޖުލައި 4) - އީރާނާ ދެކޮޅަށް އެމެރިކާ އިން އިގްތިސާދީ ފިޔަވަޅު އެޅީ އީރާނާ ހަނގުރާމަ ކުރަން ޖެހިލުންވާތީ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ-ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.

03 ޖުލައި

July 03, 2019 20
އެސްޓީއޯ ހޮޓާ އެއްބަސްވުން އެންމެ ފަހުން އުވާލަނީ

އެމެރިކާގެ ވަރުގަދަ ކުންފުންޏެއް ކަމަށް ވާ ކާލްސަން ގްރޫޕްގެ ރެޑިސަން ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ރެޑިސަން ބްލޫ ހޮޓެލް" ވިއްކާލެވޭ ގޮތް ނުވުމުން އެ އެއްބަސްވުން އުވާލުމާ ގުޅޭ ކަންކަން ކުރަން ފަށައިފި އެވެ.

01 ޖުލައި

July 01, 2019
ސެން ފްރަންސިސްކޯގައި އީ-ސިނގިރެޓް މަނާކުރަނީ

ދުންފަތާ ދެކޮޅަށް އެމެރިކާގައި އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، އެ ގައުމުގައި އީ-ސިނގިރެޓް މަނާކުރާ ފުރަތަމަ ސިޓީއަކަށް ކެލިފޯނިއާ ސްޓޭޓްގެ ސެން ފްރާންސިސްކޯ ވާން ތައްޔާރުވެއްޖެ...

July 01, 2019 4
ކުނީގެ މައްސަލަ އަންގައިދޭ ހިތްދަތި މަންޒަރެއް

ކުންޏަކީ ޖެހުނުހާ ތާކަށް އުކާލަންޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރެވޭ ނަމަ، ކުނީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުން ދުވަހަކު ވެސް އެދެވޭ ނަތީޖާއެއް ނުފެންނާނެ އެވެ. އެއްގަމާއި...

30 ޖޫން

June 30, 2019
ޕާކިން ޖޫރިމަނާ ފަންސުރުން ވެސް ދެއްކިދާނެ

އެމެރިކާގެ ލަސް ވެގަސްގައި ވެހިކަލް ޕާކިން ޖޫރިމަނާ ފަންސުރާއި ގަލަމުން ވެސް ދެއްކޭ ގޮތް ހަދައިފި އެވެ.

29 ޖޫން

June 29, 2019 6
ކޮތަޅަކަށްލާފައި އޮތް ކުއްޖާ ހޯދަން ގިނަބަޔަކު އެދިއްޖެ

ޖޯޖިއާ (ޖޫން 29) - ވިހާފައި ޕްލާސްޓިކް ކޮތަޅަކަށްލާފައި އެމެރިކާގައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު އަންހެން ކުއްޖާ ބަލައިދޭން އެތައް ބަޔަކު ހުށަހަޅަން ފަށައިފި އެވެ.

June 29, 2019 12
އީރާނުގެ ތެޔޮ ގަންނަ ނަމަ ފިޔަވަޅު އަޅާނަން: އެމެރިކާ

ވޮޝިންޓަން (ޖޫން 29) - އީރާނުގެ ތެޔޮ އެތެރެކުރާ ކޮންމެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.

28 ޖޫން

June 28, 2019 3
އެޕަލްގެ މައި ޑިޒައިނަރު ކުންފުނި ދޫކޮށްލަނީ

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްގެ ކުރިމަތީގައި މިހާރު އޮތީ ވަރަށް ބޮޑު މައްސަލައެކެވެ. ފޫބައްދަން ވެސް އުނދަގޫވާ ވަރުގެ މައްސަލައެކެވެ. އެ ކުންފުނީގެ މައި ޑިޒައިނަރު ޖޮނީ...

June 28, 2019
ފިރިހެނުންނަށް ޖަންކް ފުޑްގެ ނުރައްކާ މާ ބޮޑު

ޖަންކް ފުޑުން ސިއްހަތަށް ލިބޭ ގެއްލުމަކީ މިހާރު ސިއްރެއް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކަކާ އެކު، ޖަންކް ފުޑަކީ ވަރަށް ގިނަ...

27 ޖޫން

June 27, 2019 2
އެމެރިކާގެ ފިއްތުންތަކަށް އީރާން ބޯނުލަނބާނެ: ޚާމަނާއީ

ތެހެރާން (ޖޫން 27) - އެމެރިކާ އިން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރިއަސް އީރާނުން ބޯނުލަނބާނެ ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

26 ޖޫން

June 26, 2019 4
ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް

ތެހެރާން (ޖޫން 26) - އެމެރިކާ އިން އެޅި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހެދުމަކީ އެ ގައުމުން ކުރި މޮޔަ ކަމެއް ކަމަށް ރައީސް...

June 26, 2019 6
ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭނީ ލައްކަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ ތެރޭގައި ގޯސްތަކެއް ހެދި، އެ ކަންކަމުން ފިލާވަޅުތައް ވެސް ލިބިފައި ހުންނާނެ އެވެ....

25 ޖޫން

June 25, 2019 3
"އެންމެ ބޮޑު ގޯހަކީ ޖެފް ސެޝަންސްއަށް މަގާމު ދިނުން"

ވޮޝިންޓަން (ޖޫން 25) - ރައީސްކަމުގައި މިހާތަނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ކުރީގެ ސެނޭޓަރު ޖެފް ސެޝަންސް އަށް އެޓާނީ ޖެނެރަލްގެ މަގާމު ދެއްވުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް...

June 25, 2019 2
ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ޚާމަނާއީ

ވޮޝިންޓަން (ޖޫން 25) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހަދައިފި އެވެ.

24 ޖޫން

June 24, 2019
އެމެރިކާގެ ސައިބާ ހަމަލާ ކާމިޔާބެއް ނުވޭ: އީރާން

ތެހެރާން (ޖޫން 24) - އެމެރިކާ އިން ދިން ސައިބާ ހަމަލާ ކާމިޔާބުވެފައި ނުވާ ކަމަށް އީރާނުން ބުނެފި އެވެ.

June 24, 2019 2
ވަގުން އަތުލައިގަންނަން ވޮލްމާޓަށް އޭއައި ޓެކްނޮލޮޖީ

ފިހާރަތަކުން ކަސްޓަމަރުން ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އަދި މިކަހަލަ ހާދިސާތަކުގައި ލަދުވެތި ގޮތަކަށް ބައެއް މީހުން ބޭޒާރު ވެސް ވެފައިވެ އެވެ. އެހެންވެ ފިހާރަތަކުން ވައްކަން...

23 ޖޫން

June 23, 2019 1
އެމެރިކާގެ އިގްތިސާދީ ޕްލޭނާ ފަލަސްތީން ދެކޮޅު ހަދައިފި

މަނާމާ (ޖޫން 23) - މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ އިގްތިސާދީ ޕްލޭނަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.

June 23, 2019 14
އީރާނަށް ސައިބާ ހަމަލާ ދިނީ ޑްރޯން ވައްޓާލުމުން

ވޮޝިންޓަން (ޖޫން 23) - އީރާނުގެ މިސައިލް ކޮންޓްރޯލް ސިސްޓަމަށް އެމެރިކާ އިން ސައިބާ ހަމަލާ ދިނީ އަސްކަރީ ޑްރޯނެއް ވައްޓާލުމުން ބަދަލު ހިފަން ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު...

June 23, 2019 15
އެންމެގާތް ރަހުމަތްތެރިޔާއަށް އީރާން ހެދިދާނެ: ޓްރަމްޕް

ވޮޝިންޓަން (ޖޫން 23) - އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައިފި ނަމަ އެ ގައުމުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް ވާނެ ކަމަށާ އަދި އިސްލާމީ ރިޕަބްލިކް ވެގެންދާނީ އިގްތިސާދީ ގޮތުން...