23 ފެބުރުއަރީ

February 23, 2017 3
މުސްލިމުން މަނާކުރާ އާ އަމުރު އަންނަ ހަފުތާގައި ނެރެނީ

ވޮޝިންޓަން (ފެބްރުއަރީ 23) - ހަތް ގައުމެއްގެ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ މި ހަފުތާގައި ނެރުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އާ އަމުރު އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2017
ސަލާމަތީ މުޝީރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި

ވޮޝިންޓަން (ފެބްރުއަރީ 21) - ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

20 ފެބުރުއަރީ

February 20, 2017
ދެ ވަނައަށް އެންމެ ބޮޑު ވިޔަފާރި ޑީލަށް ޔުނިލެވާ ދެކޮޅު

ލަންޑަން (ފެބްރުއަރީ 20) - އެމެރިކާގައި ކާބޯތަކެތި އުފައްދާ މަޝްހޫރު ކުންފުނި ކްރާފްޓް ހެއިންޒް އިން ހުށަހެޅި 143 ބިލިއަން ޑޮލަރުގެ އަގު ބޮޑު ޑީލަށް އިނގިރޭސި ވިލާތުގެ ޔުނިލެވާ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

February 20, 2017 2
ބުރުގާ އެޅި މޮޑެލްއަކަށް ބޮޑެތި ހުށަހެޅުންތަކެއް

ބުރުގާ އަޅައިގެން އެމެރިކާގެ ރީތީގެ މުބާރާތް، މިސް ޔޫ.އެސް.އޭ ގައި ވާދަކުރި ހަލީމާ އޭޑެން އަކީ އެ މުބާރާތުގައި އެގޮތަށް ވާދަކުރި ފުރަތަމަ މުސްލިމެވެ. މިހާރު އޭނާ އަކީއެންމެ ބޮޑު...

February 20, 2017 1
މޫނު ބަދަލުކުރުމުގެ ކާމިޔާބު އޮޕަރޭޝަނަކުން ހިނިތުންވުން

ޑޮކްޓަރުން އޭނާގެ އަތަށް ލޯގަނޑެއް ދިއްކޮށްލާނެ ދުވަހަކަށް އޭނާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ ވަގުތު އައިސް ޖެހުމުން އެންޑީ ސޭންޑްނަސް ލޯގަނޑުން އޭނާގެ މޫނަށް...

16 ފެބުރުއަރީ

February 16, 2017 3
އައިއެސްގެ 60000 މީހުން ވަނީ މަރާލާފައި: އެމެރިކާ

ވޮޝިންޓަން (ފެބްރުއަރީ 16) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 60،000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކޮމާންޑަރު ޖެނެރަލް ރޭމަންޑް ތޯމަސް ވިދާޅުވެއްޖެ އެވެ.

February 16, 2017 11
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި

ވޮޝިންޓަން (ފެބްރުއަރީ 16) - ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު- އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން އެމެރިކާ އިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު ރައީސް ޑޮނަލްޑް ޓްރަމްޕް...

February 16, 2017 1
ބަނޑުގެ އެތެރެފުށް ބޭރަށް އޮތް ކުއްޖާ ސަލާމަތްކޮށްފި

ތުއްތު އެލިއޮޓް ސާޖަންޓް އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އުފަންވި އިރު ވެސް އޭނާގެ ބަނޑުގެ އެތެރޭގައި ހުންނަން ޖެހޭ ހުރިހާ ގުނަވަނެއް ހުރީ ބޭރުގަ އެވެ. އެހެންވެ،...

15 ފެބުރުއަރީ

February 15, 2017
އެމެރިކާއިން އެޅި ފިޔަވަޅަށް ވެނެޒުއެލާ އިން ގޮންޖަހައިފި

ކަރާކަސް (ފެބްރުއަރީ 15) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް ތޯރިގު އަލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅަށް އޭނާ ގޮންޖައްސަވައިފި އެވެ.

14 ފެބުރުއަރީ

February 14, 2017
ވެނެޒުއެލާގެ ނައިބް ރައީސްއާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ފެބްރުއަރީ 14) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް އެލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން...

February 14, 2017 3
ޓްރަމްޕުގެ ސަލާމަތީ މުޝީރު އިސްތިއުފާ ދެއްވައިފި

ވޮޝިންޓަން (ފެބްރުއަރީ 14) - ރަޝިޔާއާ ޚާއްސަ ގުޅުންތަކެއް އޮތްކަން ފަޅާ އަރާފައި ވަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަލާމަތީ މުޝީރު މައިކަލް ފްލައިން އިސްތިއުފާ ދެއްވައިފި އެވެ.

13 ފެބުރުއަރީ

February 13, 2017
ޕެރޫގެ ކުރީގެ ރައީސް ޑިޕޯޓްކުރަން އެމެރިކާގައި އެދިއްޖެ

ލީމާ (ފެބްރުއަރީ 13) - ޕެރޫގެ ކުރީގެ ރައީސް އަލެހެންދުރޯ ޓޮލެޑޯ ޑިޕޯޓް ކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުގައި ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ...

February 13, 2017 3
މިސައިލް ޓެސްޓް ވަރަށް ކާމިޔާބު: ނޯތު ކޮރެއާ

ޕިއޮންޔޮން (ފެބްރުއަރީ 13) - ކިމް ޔޮން އުންގެ ބެއްލެވުމުގެ ދަށުން ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށާއި އެއީ ވަރަށް ކާމިޔާބު މިސައިލް ޓެސްޓެއް ކަމަށް ނޯތު ކޮރެއާ އިން ބުނެފި...

11 ފެބުރުއަރީ

February 11, 2017
ޑޮކްޓަރުން ބުނީ ސަރުބީއޭ، އޮތީ 59 ކިލޯގެ ޓިއުމަރެއް

އެމެރިކާގެ މިސިސިއްޕީގެ ފިރިހެނެއްގެ ހަށިގަނޑުން 59 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

09 ފެބުރުއަރީ

February 09, 2017 7
ޓްރަމްޕަށް ތާއީދު ކުރުމުން 20 އަހަރުވީ ފިރިމީހާ ދޫކޮށްލައިފި

ވޮޝިންޓަން (ފެބްރުއަރީ 9) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ، 73 އަހަރުގެ އަންހެނަކު ދޫކޮށްލައިފި އެވެ.

08 ފެބުރުއަރީ

February 08, 2017
މުސްލިމުން މަނާކުރި މައްސަލާގައި ކޯޓުން ސުވާލު އުފައްދައިފި

ވޮޝިންޓަން (ފެބްރުއަރީ 8) - އެމެރިކާ އަށް ވަނުން މުސްލިމް ބައެއް ގައުމުތަކުގެ މީހުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސަބަބުން މުސްލިމުންނަށް ތަފާތު ކުރޭތޯ އިސްތިއުނާފް ކޯޓުން ސުވާލު އުފައްދައިފި އެވެ.

07 ފެބުރުއަރީ

February 07, 2017 11
އެމެރިކާގެ އަސްލު މޫނު ދެއްކީތީ ޓްރަމްޕަށް ޝުކުރު

ތެހެރާން (ފެބްރުއަރީ 7) - "އެމެރިކާގެ އަސްލު މޫނު" ދައްކުވައިދިނީތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރާ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2017 3
އެމެރިކާ އިން ޑިޕޯޓްކޮށްލި ދަރިވަރު އަނބުރާ ހިނގައްޖެ

ވޮޝިންޓަން (ފެބްރުއަރީ 6) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ޑިޕޯޓްކޮށްލި އީރާނުގެ ދަރިވަރު އަނބުރާ އެމެރިކާ އަށް އެތެރެވެވޭ ގޮތް ވެއްޖެ އެވެ.

February 06, 2017 8
ގޯހެއް ވެއްޖެ ނަމަ ޒިންމާ ނަގަން ޖެހޭނީ ފަނޑިޔާރު: ޓްރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 6) - ގައުމު މިފަދަ ނުރައްކާތެރި ހާލަތަކަށް ފަނޑިޔާރަކު ވައްޓާލާނެ ކަމަށް ގަބޫލް ވެސް ނުކުރެވޭ ކަމަށާއި ގޯހުން ކަމެއް ހިނގައްޖެ ނަމަ އެކަމުގެ ޒިންމާ ފަނޑިޔާރު...

February 06, 2017 4
ބޯޑަރު ރަނގަޅަށް ޗެކްކުރުމަށް ޓްރަމްޕް އަންގަވައިފި

ވޮޝިންޓަން (ފެބްރުއަރީ 6) - އެމެރިކާ އަށް ވަންނަ ބައެއް ގައުމުތަކުގެ މީހުން ހުއްޓުވުމަށް ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ، އެމެރިކާ އަށް އެތެރެވާ މީހުން ފަރުވާތެރިކަމާ އެކު...

04 ފެބުރުއަރީ

February 04, 2017 2
ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި

ވޮޝިންޓަން (ފެބްރުއަރީ 4) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 5
މިސައިލް ޓެސްޓަށް ފަހު އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ފެބްރުއަރީ 3) - އީރާނުން ބެލެސްޓިކް މިސައިލް ޓެސްޓެއް ކުރުމާ ގުޅިގެން އެމެރިކާގެ އާ ސަރުކާރުން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު މިއަދު އަޅައިފި އެވެ.

February 03, 2017 5
އެމެރިކާ އިން ނޯތު ކޮރެއާ އަށް ވަރުގަދަ އިންޒާރެއް

ސޯލް (ފެބްރުއަރީ 3) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ އެއަށް ވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން އިންޒާރު ދީފި އެވެ.

02 ފެބުރުއަރީ

February 02, 2017 3
މެކްސިކޯ ބޯޑަރުގައި ދެ އަހަރު ތެރޭ ފާރު ރާނާ ނިންމާނެ

ވޮޝިންޓަން (ފެބްރުއަރީ 2) - އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާ ފާރުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހޯމްލޭންޑް ސެކިއުރިޓީއާ ބެހޭ ވަޒީރު ޖޯން ކެލީ ވިދާޅުވެއްޖެ އެވެ.

February 02, 2017 4
ކަންފަތު ފޫޅުގަނޑުގައި ހަރުފައެއް ތާށިވެއްޖެ

އެމެރިކާގެ އޮރެގޮންގައި އަންހެނަކު އޭނާގެ ކަންފަތުގައި ތޮރުފާފައިވާ ލޯވަޅަށް އޭނާ އޮޅުކޮށްގެން ގެންގުޅޭ ހަރުފައެއް ވަދެ ތާށިވެއްޖެ އެވެ.

February 02, 2017 2
ޔަމަނަށް ދިން ހަމަލާގައި އާއްމުން ވަނީ މަރުވެފައި: އެމެރިކާ

ވޮޝިންޓަން (ފެބްރުއަރީ 2) - ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާ އަށް އެމެރިކާގެ ކޮމާންޑޯ އިން އާދިއްތަ ދުވަހު ދިން ހަމަލާގައި އާއްމުން މަރުވެފައިވާނެ ކަމަށް އެމެރިކާ ސިފައިން...

01 ފެބުރުއަރީ

February 01, 2017 9
އީރާނުގެ މިސައިލް ޓެސްްޓް ގަބޫލެއް ނުކުރެވޭނެ: އެމެރިކާ

ވޮޝިންޓަން (ފެބްރުއަރީ 1) - އީރާނުން މެދު ރާސްތާ ބެލެސްޓިކް މިސައިލެއް ޓެސްޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައެޅި އާ ސަފީރު ނިކީ ހާލޭ ވިދާޅުވެއްޖެ އެވެ.

February 01, 2017 4
މުސްލިމުން މަނާކުރުމުން އދ.ގެ ފާޑު ކިޔުން ޓްރަމްޕަށް

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 1) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފައިވާތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް...

February 01, 2017 7
މުސްލިމް ގައުމުތަކުގެ ވިޔަފާރި 220 ބިލިއަން ޑޮލަރަށް

ވޮޝިންޓަން (ފެބްރުއަރީ 1) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމާ ގުޅިގެން މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ....

31 ޖެނުއަރީ

January 31, 2017 1
އަންދާލި މިސްކިތް ހަދަން އެއް މިލިއަން ޑޮލަރުގެ އެހީ

ޓެކްސަސް (ޖެނުއަރީ 31) - އެމެރިކާގެ ޓެކްސަސްގައި އަންދާލި މިސްކިތް އަލުން ހެދުމަށް އެހީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

January 31, 2017 7
ޓްރަމްޕް ޔޫކޭ އަށް ވަނުމާ ދެކޮޅަށް 1.5 މިލިއަން ސޮއި

ލަންޑަން (ޖެނުއަރީ 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ވިލާތަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރުމަށް އެދި ސަރުކާރަށް ހުށަހަޅާ ޕެޓިޝަނުގައި 1.5...

January 31, 2017 7
ޓްރަމްޕާ ދެކޮޅު ހެދި އެޓާނީ ޖެނެރަލް މަގާމުން ވަކިކޮށްފި

ވޮޝިންޓަން (ޖެނުއަރީ 31) - ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ މެދު ގާނޫނީ ގޮތުން ސުވާލު އުފެއްދުމާ އެކު އެމެރިކާގެ ވަގުތީ އެޓާނީ ޖެނެރަލް ސެލީ ޔޭޓްސް މަގާމުން ވަކިކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2017 11
އެމެރިކާ އިން އެޅި ފިޔަވަޅަށް އިރާގުން ރައްދު ދެނީ

ބަޣުދާދު (ޖެނުއަރީ 30) - އެމެރިކާ އަށް އެތެރެވުން މަނާކޮށްފައިވާ ހަތް ގައުމުގެ މީހުންގެ ތެރޭގައި އިރާގު ހިމަނާފައިވާތީ އެ ކަމަށް ރައްދު ދޭނެ ކަމަށް އިރާގުން ބުނެފި އެވެ.