04 އޮކްޓޯބަރ

October 04, 2016 1
ފިލިޕީންސާއި އެމެރިކާއިން އަސްކަރީ ތަމްރީނުތައް ފަށައިފި

މެނީލާ (އޮކްޓޯބަރު 4) - އެމެރިކާ އާއި ފިލިޕީންސް އިން އަހަރަކު އެއް ފަހަރު ބާއްވާ އަސްކަރީ ތަމްރީނުތައް މިއަދު ފަށައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 1
ޓްރަމްޕް ޓެކްސް ނުދައްކާ މައްސަލަ ދިފާއުކޮށްފި

ނިއު ޔޯކް (އޮކްޓޯބަރު 2) - އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް 18 އަހަރު ވަންދެން ޓެކްސް ނުދައްކާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ޖެހި ރިޕޯޓާ ގުޅިގެން ޓްރަމްޕުގެ ދިފާއުގައި އޭނާގެ ގާތް ބައެއް މީހުން ވާހަކަ ދައްކައިފި އެވެ.

02 އޮކްޓޯބަރ

October 02, 2016
ހިލަރީގެ ކެމްޕޭނަށް މިދިޔަ މަހު 154 މިލިއަން ޑޮލަރު

ނިއު ޔޯކް (އޮކްޓޯބަރު 2) - ހިލަރީ ކްލިންޓަންގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިދިޔަ މަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 154 މިލިއަން ޑޮލަރު ލިބިފައި ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2016 3
އެމެރިކާ އިން ސީރިއާގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ

މޮސްކޯ (އޮކްޓޯބަރު 1) - ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމުގެ ބޭނުމުގައި އެމެރިކާ އިން ދަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް އެހީވަމުން ކަމަށް ރަޝިޔާ އިން ތުހުމަތުކޮށްފި އެވެ.

30 ސެޕްޓެމްބަރ

September 30, 2016 4
ރާއްޖެ އަންނަ މީހުން ޒިކާ އަށް ސަމާލުވުމަށް އެދެފި

ޒިކާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން، އެ ބަލި އުޅޭ ގައުމުތަކަށް މާބަނޑު އަންހެނުން ދަތުރުކުރުން ފަސްކުރުމަށާއި ރާއްޖެ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރުކޮށް...

September 30, 2016 3
ޓްރަމްޕް މޮޅުވާނެ ކަމަށް ޚާއްސަ ޕްރޮފެސަރަކު ބުނެފި

ވޮޝިންޓަން (ސެޕްޓެމްބަރު 29) - އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅަކުކަން ނޭނގުނު ނަމަވެސް އެ ސުވާލުގެ...

28 ސެޕްޓެމްބަރ

September 28, 2016 4
ދެން ފަހަރަކުން ހިލަރީ އަށް މާވަރުގަދައަށް ހަމަލާދޭނަން

ނިއު ޔޯކް (ސެޕްޓެމްބަރު 28) - ދެން އޮންނަ ރިޔާސީ ބަހުސެއްގައި އިދިކޮޅު ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް މާވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2016 4
ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި

ނިއު ޔޯކް (ސެޕްޓެމްބަރު 27) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފުރަތަމަ ރިޔާސީ ބަހުސްގައި ވަޒީފާ އާއި ޓެރަރިޒަމާއި ނަސްލީ ތަފާތުކުރުން ފަދަ ބޮޑެތި...

September 27, 2016 1
ބުރުގާ އެޅި މީހެއް އެމެރިކާގެ ފިޓްނަސް މަޖައްލާއަކަށް

އެމެރިކާގެ ފިޓްނަސް މަޖައްލާއެއްގެ ކަވަރުގައި ފީޗާކުރި، ބުރުގާ އެޅި ފުރަތަމަ މީހާގެ ގޮތުގައި ދުވުންތެރިޔާ ރާހަފް ހާތިބް "ވިމެންސް ރަނިން" ގައި ފީޗާކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 2
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 26) - ސީރިއާ މައްސަލާގައި ރަޝިޔާ އިން ހަދަނީ މުޅިން ދޮގު ކަމަށާއި އެ ގައުމުން ދަނީ ސީރިއާގައި ވަރަށް "ނާތަހުޒީބު" އަމަލުތައް ހިންގަމުން ކަމަށް...

September 26, 2016 1
އެމެރިކާގެ ވެރިކަމާ ބެހޭ ތަފާތު ސީރީޒެއް

ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުގެ ގޮތުގައި، އެމެރިކާ އާއި އެ ގައުމުގެ ރައީސާ ބެހޭގޮތުން ހަދާފައިވާ ފިލްމުތަކާއި ސީރީޒްތައް އަބަދުވެސް ގިނަ ބަޔަކަށް މަގުބޫލެވެ. މަޝްހޫރު ސީރީޒް...

25 ސެޕްޓެމްބަރ

September 25, 2016
ޝޮޕިން މޯލަށް ދިން ހަމަލާގައި މީހަކު ހައްޔަރުކޮށްފި

ވޮޝިންޓަން (ސެޕްޓެމްބަރު 25) - އެމެރިކާގެ ވޮޝިންޓަނުގެ ޝޮޕިން ސެންޓަރެއްގައި ބަޑިން ހަމަލާދީ ފަސް މީހުން މަރާލި ހާދިސާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

September 25, 2016 1
ލަވަކިޔާ މަހުގެ ހަގީގަތް ހޯދައިފި

އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ ގައި، ދޯނިތަކުގައި ދިރިއުޅޭ މީހުންނަށް ރޭގަނޑު މޫދުން އަޑެއް އިވޭ ކަމުގެ ވާހަކަތައް ދެކެވެން ފެށީ 1980ގެ ތެރޭގަ އެވެ. މިއީ މޫދަށް ދޫކޮށްލާފައި ހުންނަ...

September 25, 2016
ސައުދީ އަށް ދައުވާ ކުރެވޭ ބިލް އޮބާމާ ވީޓޯކުރައްވައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 24) - ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކުން ސައުދީ އަރަބިއާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް...

22 ސެޕްޓެމްބަރ

September 22, 2016 1
އައިއެސް އިން ކެމިކަލް ހަމަލާ ދިން މައްސަލަ ބަލަނީ

ވޮޝިންޓަން (ސެޕްޓެމްބަރު 22) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކެމިކަލް ރޮކެޓް ހަމަލާއެއް ދިންތޯ ބަލަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2016 1
އައިއެސް އަށް އެހީވި އެމެރިކާ ސިފައިންގެ މީހަކު 30 އަހަރަށް ޖަލަށް

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ޝިކާގޯގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިނުމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އެހީވެދިން އެމެރިކާ ސިފައިންގެ މީހަކަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

September 21, 2016 2
ކުރީގެ ރައީސް ޖޯޖް ބުޝްގެ ވޯޓު ވެސް ހިލަރީ އަށް

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ވެސް ވޯޓު ދެއްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް...

September 21, 2016 3
ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސީރިއާގައި އެހީ ހިފައިގެން ދިޔަ އދ. ގެ ވެހިކަލްތަކަށް ހަލަބު ސިޓީއާ ކައިރިން ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިޔާ އިން ކަމަށް އެމެރިކާ އިން ބުނެފި...

20 ސެޕްޓެމްބަރ

September 20, 2016 1
އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމުން އެމެރިކާ ރަތަށް

ވޮޝިންޓަން (ސެޕްޓެމްބަރު 20) - ސީރިއާގެ ހަލަބު ސިޓީގެ ކައިރިން އެހީ ހިފައިގެން ދަތުރު ކުރި ވެހިކަލްތަކަކަށް ހަމަލާ ދިނުމުން އެމެރިކާ ރުޅިގަދަ ވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2016
ނިއު ޔޯކުގައި ގޮއްވާލާފައި ވަނީ ޕްރެޝާ ކުކަރެއް

ނިއު ޔޯކް (ސެޕްޓެމްބަރު 19) - ނިއު ޔޯކުގައި ގޮއްވާލާފައި ވަނީ އެތެރެއަށް ދަގަނޑު ކޮޅުތައް އަޅާފައިވާ ޕްރެޝަރު ކުކަރެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 2
ނިއު ޔޯކުގައި އެއްޗެެއް ގޮއްވާލާ އެތައް ބަޔަކު ޒަޚަމް

ނިއު ޔޯކް (ސެޕްޓެމްބަރު 18) - ނިއު ޔޯކް ސިޓީގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން 25 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

September 18, 2016 4
ފަގީރަކަށް ކާންދިން ކުއްޖަކަށް އެތައް ބައެއްގެ ލޯބި

އެމެރިކާގެ ކެލިފޯނިއާގައި، ގެދޮރު ނެތި މަގުމަތިވެފައިވާ ފަގީރަކަށް ކާއެތިކޮޅެއް ދިން ކުޑަ ކުއްޖަކު އެތައް މިލިއަން ބައެއްގެ ލޯބި ހޯދައިފި އެވެ.

September 18, 2016 3
އެމެރިކާގެ ހަމަލާތަކުގައި ސީރިއާއިން އެތައް ބަޔަކު މަރު

ވޮޝިންޓަން (ސެޕްޓެމްބަރު 18) - ސީރިއާގެ އިރުމަތީގެ ހިސާބުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ އެވެ. އަދި މި ހަމަލާތަކުގައި ވަނީ އިސްލާމިކް ސްޓޭޓް...

16 ސެޕްޓެމްބަރ

September 16, 2016
ހިލަރީއެކޭ އެއްގޮތަށް ޓްރަމްޕް ވެސް ފިޓް: ޑޮކްޓަރު

ނިއު ޔޯކް (ސެޕްޓެމްބަރު 16) - އެމެރިކާގައި މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް ވެސް ވަރަށް ފިޓް ކަމަށް އޭނާގެ ޑޮކްޓަރު ހާމަކުރި ލިޔުމެއްގައި ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2016 3
މިސްކިތުގައި އަލިފާން ޖެހި މީހާ ހައްޔަރުކޮށްފި

ފްލޮރިޑާ (ސެޕްޓެމްބަރު 15) - އެމެރިކާގެ ފްލޮރިޑާގެ މިސްކިތެއްގައި މިދިޔަ އާދިއްތަ ދުވަހު އަލިފާން ޖެހި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން...

September 15, 2016 1
ހިލަރީގެ ސިއްހަތު ރަނގަޅު، ވަރަށް ފިޓް: ޑޮކްޓަރު

ނިއު ޔޯކް (ސެޕްޓެމްބަރު 15) - އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަންގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ވެރިކަން ކުރެއްވޭ ވަރަށް...

13 ސެޕްޓެމްބަރ

September 13, 2016 1
ސިއްހީ މާބޮޑު މައްސަލައެއް ނެތް: ހިލަރީ

ނިއު ޔޯކް (ސެޕްޓެމްބަރު 13) - ނިއުމޯނިއާގެ އާލާސްކަންފުޅާ އުޅުއްވަން ޖެހުނު ނަމަވެސް އެއީ މާބޮޑު ސިއްހީ މައްސަލައެއް ނޫން ކަމަށާއި ބަލި މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މި އަހަރު ވާދަކުރައްވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2016 2
ހިލަރީ ކްލިންޓަނަށް ނިއުމޯނިއާ ޖެހިއްޖެ

ނިއު ޔޯކް (ސެޕްޓެމްބަރު 12) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަނަށް ނިއުމޯނިއާ ޖެހިފައިވާކަން އެކަމަނާގެ ޑޮކްޓަރު ޔަގީންކޮށްދީފި އެވެ.

10 ސެޕްޓެމްބަރ

September 10, 2016
ސީރިއާގެ ސުލްހައިގެ ޕްލޭނަށް އެމެރިކާ، ރަޝިޔާ އެއްބަސް

ޖެނީވާ (ސެޕްޓެމްބަރު 10) - ސީރިއާ އަށް ސުލްހަ ގެނައުމުގެ ޕްލޭނަށް އެމެރިކާ އާ ރަޝިޔާ އިން އެއްބަސްވެއްޖެ އެވެ.