09 ޑިސެމްބަރ

December 09, 2019 8
"ސިފައިންގެ މަރުކަޒުގައި ދިނީ ޓެރަރިޒަމްގެ ހަމަލާއެއް"

ފްލޮރިޑާ (ޑިސެމްބަރު 9) - ފްލޮރިޑާގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުގައި ހުކުރު ދުވަހު ދިން ހަމަލާ އަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

December 09, 2019 1
އެމެރިކާގައި މަގުބޫލު ނަން ލިސްޓަށް "މުހައްމަދު"

އެމެރިކާގައި އެންމެ މަގުބޫލު 10 ނަމުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެ އެވެ.

08 ޑިސެމްބަރ

December 08, 2019 1
ޓޭޕު އަޅާފައިވާ ކެޔޮވަކެއް 120،000 ޑޮލަރަށް

އާޓްވޯކްތައް އެކި މީހުންނަށް މާނަކުރެވޭނީ އެކި ގޮތަށެވެ. ވަރަށް އާދައިގެ އުފެއްދުމަކުން ވެސް ފުން މާނައެއް ނެގިދާނެ އެވެ. އަދި ކުރެހުންތެރިއަކު ދޫކޮށްލާ، އެއްވެސް އެއްޗަކަށް ނުވާ ކަހަލަ އުފެއްދުމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި އޭގެ ވާހަކަ ވަރަށް ގަދައަށް ދެކެވޭ ފަހަރު ވެސް އާދެ އެވެ.

07 ޑިސެމްބަރ

December 07, 2019
އީލޮން މަސްކް އަބުރާ ބެހުނުކަން ސާބިތެއް ނުވި

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި މިދިޔަ އަހަރު ތާށިވި ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އިނގިރޭސި ޑައިވަރު ވާމަން އަންސްވޯތުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ އެމެރިކާގެ ޓެކްނޮލޮޖީ ވިޔަފާރީގެ ބިލިއަނަރު އީލޮން މަސްކަށް ކުރި ދައުވާ އިން އޭނާ ސަލާމަތްވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2019
ޓިކްޓޮކަށް އެމެރިކާގެ ދަރިވަރަކު ދައުވާކޮށްފި

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާގައި ރައްކާކޮށް، ޖާސޫސްކުރަމުންދާ ކަމަށް ބުނެ އެމެރިކާގެ ދަރިވަރަކު ޓިކްޓޮކަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

04 ޑިސެމްބަރ

December 04, 2019
ސްމާޓް ޓީވީތަކަށް ފާރަވެރިވޭ، ހެކްކޮށްފާނެ: އެފްބީއައި

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްހެން މިހާރު ސްމާޓްވަމުން އަންނަ އިރު، މިކަމަށް އޮތް އެންމެ ބޮޑު ބިރަކީ ހީވެސް ނުކުރާ ކަހަލަ އާލާތެއް މެދުވެރިކޮށް ވެސް މީސް މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ބޭނުންކުރުމެވެ. އެހެންވެ ސްމާޓް އާލާތްތަކަށް ފަރުވާތެރިވެ، ފާރަވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

03 ޑިސެމްބަރ

December 03, 2019
ކޮންޓްރެކްޓުތައް ހެދުމާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އެމެރިކާ ސަރުކާރުގެ ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުން ވިޔަފާރި ކޮންޓްރެކްޓްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ވޯކްޝޮޕެއް ފަށައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 1
އިމްޕީޗްމަންޓް ތަހުގީގަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

ވޮޝިންޓަން (ޑިސެމްބަރު 2) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި ކޮންގްރެސް އިން ފަށާފައިވާ އިމްޕީޗްމަންޓް ތަހުގީގަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަޑައިނުގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

30 ނޮވެމްބަރ

November 30, 2019
ޓިކްޓޮކް އެކައުންޓް ބްލޮކްކޮށްފައި މާފަށް އެދެފި

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާތީ، އެ ގައުމުގެ ސޯޝަލް އެޕް ޓިކްޓޮކްގައި އެމެރިކާ އަންހެން ކުއްޖަކު...

November 30, 2019 2
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ

ފިރިހެނުންނަށް ކުރިމަތިވާ ޕްރޮސްޓޭޓް ކެންސަރު، ކުޑަކަމުދާ ތަކެތި ޓެސްޓްކޮށްލައިގެން ދެނެގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

29 ނޮވެމްބަރ

November 29, 2019
ނެޓްފްލިކްސް އިން ސިނަމާގައި ވެސް ފިލްމު ދައްކަނީ

ސްޓްރީމިން ސާވިސްއާ އެކު ސިނަމާތަކުގެ ވިޔަފާރި ހަލާކުކޮށްލިކަމުގެ ތުހުމަތު ގިނަ ބަޔަކު އަޅުވާ މަޝްހޫރު ނެޓްފްލިކްސް އިން އެމެރިކާގެ ނިއު ޔޯކްގެ މަޝްހޫރު ޕެރިސް ސިނަމާ 10 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައި އެތަނުގައި ފިލްމުތައް ދައްކަން ފަށައިފި އެވެ.

28 ނޮވެމްބަރ

November 28, 2019
ސީއައިއޭއާ ގުޅުންއޮތް 8 މީހަކު އީރާނުން ހައްޔަރުކޮށްފި

ތެހެރާން (ނޮވެމްބަރު 28) - ތެލުގެ އަގު ބޮޑުވެގެން ކުރި މުޒާހަރާތަކުގެ ތެރޭން ހައްޔަރު ކުރި މީހުންގެ ތެރޭން އަށް މީހަކީ އެމެރިކާގެ ސީއައިއޭއާ ގުޅުން އޮތް ބައެއް ކަމަށް އީރާނުން ބުނެފި އެވެ.

November 28, 2019 3
މުސްލިމުންނަށްދޭ އަނިޔާ ކިޔައިދިނުމުން ޓިކްޓޮކުން ބްލޮކް

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާ ކަމަށް ބުނެ ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ޓިކްޓޮކްގައި ފުރާވަރުގެ...

November 28, 2019 2
ފުލުހުން ރޮބޮޓް ކުއްތާ ބޭނުންކުރާތީ ކަންބޮޑުވުން

އެމެރިކާގެ ބޮސްޓަން ޑައިނަމިކްސް އިން އުފައްދައި އާންމުކޮށް ވިއްކަން ތައްޔާރުވަމުން އަންނަ "ސްޕޮޓް" ކިޔާ ރޮބޮޓް ކުއްތާ މެސެޗޫސެސްގެ ފުލުހުން ބޭނުންކުރާތީ ޖަމާއަތަކުން...

27 ނޮވެމްބަރ

November 27, 2019
ލުއީ ވިޓޯން އިން 16.5 ބިލިއަނަށް ޓިފެނީ ގަންނަނީ

ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ލުއީ ވިޓޯން (އެލްވީއެމްއެޗް) އަށް އެމެރިކާގެ މަޝްހޫރު ގަހަނާ ކުންފުނި ޓިފެނީ އެންޑް ކޯ ވިއްކައިލަން ނިންމައިފި އެވެ.

26 ނޮވެމްބަރ

November 26, 2019 13
"ރަތް ރޮނގު ހުރަސްކޮށްފިނަމަ އެމެރިކާ ނެތިކޮށްލާނަން"

ތެހެރާން (ނޮވެމްބަރު 26) - ތެހެރާނުގެ ރަތް ރޮނގު ހުރަސްކޮށްފި ނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ނެތިކޮށްލާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.

November 26, 2019
ޖޯކު ޖެހިޔަސް ސައިބަޓްރަކަށް 200،000 އޯޑަރު

ވަރަށް ޒަމާނީ އަދި އެހާމެ ވަރުގަދަ އުޅަނދެއްގެ ގޮތުގައި އީލޮން މަސްކްގެ ޓެސްލާ އިން މިދިޔަ ހަފުތާގައި ދައްކައިލި އާ އުޅަނދު "ސައިބަޓްރަކް" އަށް މިހާތަނަށް 200،000 އަށް ވުރެ ގިނަ އޯޑަރު...

November 26, 2019
މިޝެލް އޮބާމާ އަށް ގްރެމީ ނޮމިނޭޝަނެއް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އަންނަ އަހަރު ބާއްވާ 62 ވަނަ ގްރެމީ އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019
އަލަށް ހެދި ވެހިކަލްގެ ސަބަބުން ޓެސްލާ އަށް ގެއްލުން

ބުރާސްފަތި ދުވަހު ދައްކައިލި ޓެސްލާގެ އާ އުޅަނދު "ސައިބަޓްރަކް" އަށް އަމާޒުވެފައިވާ ފާޑުކިތުންތަކާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވެއްޓިއްޖެ އެވެ.

November 25, 2019
އީ-ސިނގިރެޓް އެމެރިކާގައި މަނާކުރަން ގޮވާލައިފި

އެކި ރަހަތަކުގެ ދިޔާ އެއްޗެހި އަޅާ އީ-ސިނގިރެޓް އެމެރިކާގައި މަނާކުރާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ދެއްވާފައި ވަނިކޮށް ހުރިހާ ވައްތަރެއްގެ...

November 25, 2019
ގޫގްލްގެ ބަގް ހޯދުމުގެ އިނާމު 1.5 މިލިއަން ޑޮލަރަށް

ގޫގްލް އިން ނެރޭ ސްމާޓްފޯންތަކުގައި ޓެކްނިކަލް އެއްވެސް ބާގަނޑެއް ނުވަތަ ބަގެއް ހުރި ނަމަ އެކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްދީ އެކަން ހައްލުކުރަން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދޭ...

24 ނޮވެމްބަރ

November 24, 2019 3
ރިޕޯޓަރަށް އީރާނުން ބޮޑު ބަދަލެއް ދޭން އަަންގައިފި

ތެހެރާން (ނޮވެމްބަރު 24) - ޖާސޫސްކުރި ކަމުގެ ތުހުމަތުގައި 2014 ވަނަ އަހަރު އީރާނުން ހައްޔަރުކުރި، ތެހެރާނުގައި ހުންނަ ވޮޝިންޓަން ޕޯސްޓް ބިއުރޯގެ އިސް ނޫސްވެރިޔާ ޖޭސަން ރިޒަޔާން އަށް...

November 24, 2019
ޓެސްލާގެ "ސައިބަޓްރަކް" އަށް ޖޯކު ޖަހަނީ

ވަޒަން އެރިޔަސް ހަލާކުނުވާ ބިއްލޫރި ބޭނުންކޮށްފައިވާ ކަމަށް ބުނެ، އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ އާ ވެހިކަލް "ސައިބަޓްރަކް" ދައްކައިލަން ބުރާސްފަތި ދުވަހު ބޭއްވި ޑެމޯއެއްގައި...

21 ނޮވެމްބަރ

November 21, 2019 3
ކައިލީ ކޮސްމެޓިކްސްގެ މެޖޯރިޓީ ހިއްސާ ވިއްކާލަނީ

މޭކަޕް ސާމާނު އުފައްދައިގެން ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ހޯދާފައިވާ އެމެރިކާގެ މަޝްހޫރު އަންހެން ވިޔަފާވެރިޔާ ކައިލީ ޖެނާގެ ކޮސްމެޓިކް ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކައިލަން ނިންމައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 3
"ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެ އެޅުން ހުއްދަ"

ވޮޝިންޓަން (ނޮވެމްބަރު 19) - ފަލަސްތީނުގެ ބިމުގައި ޔަހޫދީ އާބާދީ ހެދުން އެއީ ބައިނަލްއަގުވާމީ ގާނުތަކާ ޚިލާފު ކަމެއް ކަމަށް އެމެރިކާ އިން ނުދެކޭ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2019
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ

ކުޅިވަރަށް ހާއްސަ އުފެއްދުންތައް ނެރޭ ނައިކީން މުޅިން އަލަށް، ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް އަންނަ މަހު ނެރެން ތައްޔާރުވެއްޖެ އެވެ.

November 17, 2019
ސްޓާބަކްސް އަށް 35،000 އަކަފޫޓްގެ އައުޓްލެޓެއް

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގެ އެންމެ ބޮޑު އައުލެޓް އެމެރިކާގެ ޝިކާގޯގައި ހުކުރު ދުވަހު ހުޅުވައިފި އެވެ.

November 17, 2019 4
ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް، އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް މިދިޔަ ޖުލައި މަހުގެ ތެރޭގައި، ތިން ވަނަ އަށް...

16 ނޮވެމްބަރ

November 16, 2019
ޓޭލާ ސްވިފްޓަށް އޭނާގެ ލަވަތަކެއް "ގެއްލިއްޖެ"

ޓޭލާ ސްވިފްޓް ކުރިން ނެރުނު އަލްބަމްތަކެއްގައި ހިމެނޭ ލަވަތަކެއް ކިޔުމުގެ ހައްގު އޭނާ އަށް ނުލިބިގެން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

November 16, 2019
އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް

އެމެރިކާގައި ސިނގިރެޓް ބޯ މީހުންގެ އަދަދު މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށް ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

15 ނޮވެމްބަރ

November 15, 2019 1
އާރޮން ކާޓާގެ ހާލު ދެރަވެ ހޮސްޕިޓަލުގައި

ދާދި ފަހުން ރާއްޖޭގެ ކުރެހުންތެރިއެއްގެ ކުރެހުމެއް "ވަގަށް ނެގި" އެމެރިކާގެ ލަވަކިޔުންތެރިޔާ އާރޮން ކާޓާގެ ހާލު ދެރަވެގެން ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް، ފަރުވާދޭން ފަށައިފި އެވެ.

November 15, 2019
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ

އަންކަރާ (ނޮވެމްބަރު 15) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަކުރި އެމެރިކާ މީހާ ތުރުކީން ފޮނުވާލި ނަމަވެސް އޭނާ ގްރީސް އަށް އެތެރެވުމުގެ ހުއްދަ ނުލިބުމުން އެމެރިކާއާ...

November 15, 2019
ކުއްތާއެއްގެ ބޮލުގައި "ނަގުލެއް"

އެމެރިކާގެ މިޒޯރީގެ މަގުމަތީ، ފިނީގެ ތެރޭގައި އުޅެނިކޮށް ސަލާމަތްކުރި 10 ހަފުތާވީ ކުއްތާއެއްގެ ބޮލުގައި "ނަގުލެއް" އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2019 1
ޑިޒްނީ+ ފެށުމާ އެކު ޓެކްނިކަލް މައްސަލަތަކެއް

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ+ އަންގާރަ ދުވަހު ލޯންޗްކުރުމާ އެކު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ސަބްސްކްރައިބަރުންނަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.

November 14, 2019
ޓެސްލާގެ ފުރަތަމަ ޔޫރަޕް ފެކްޓްރީ ޖަރުމަނަށް

އެމެރިކާގެ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ޔޫރަޕްގައި ގާއިމުކުރާ އެ ކުންފުނީގެ ފުރަތަމަ ފެކްޓްރީ ޖަރުމަނުގައި ހަދަން ނިންމައިފި އެވެ.