22 ޖުލައި

July 22, 2018 1
ގަލްފުގެ ތެޔޮ ހުއްޓުވާނެކަމުގެ އިޝާރާތެއް އީރާނުން ދީފި

ތެހެރާން (ޖުލައި 22) - އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވައިފި ނަމަ ސަރަހައްދީ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ދެއްވާފައިވާ އިޝާރާތަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއީދު ކުރައްވައިފި އެވެ.

19 ޖުލައި

July 19, 2018
އެއާ ފޯސް ވަންގެ ދެ ބޯޓަށް 3.9 ބިލިއަން ޑޮލަރު

ވޮޝިންޓަން (ޖުލައި 19) - އެއާ ފޯސް ވަންގެ ދެ ބޯޓު ގަތުމަށް ބޯއިން ކުންފުންޏާ އެކު 3.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

17 ޖުލައި

July 17, 2018 1
އެމެރިކާއާ ދެކޮޅަށް އީރާނުން އަނެއްކާވެސް ކޯޓަށް

ތެހެރާން (ޖުލައި 17) - އެއްވެސް އިންސާފެއް ނެތި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާތީ އެމެރިކާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ތެހެރާނުން މައްސަލަ ވައްދައިފި އެވެ.

15 ޖުލައި

July 15, 2018 1
އީރާނަށް ދަތިކުރާ ވަރަކަށް އެމެރިކާ ދަނީ އެކަހެރިވަމުން: ރޫހާނީ

ތެހެރާން (ޖުލައި 15) - އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާވަރަކަށް އެ ގައުމު ދުނިޔޭގައި ދުވަހަކު ވެސް ބާކީ ނުވާ ވަރަށް ބާކީ ވަމުންދާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2018
އެމެރިކާ އުޅެނީ ގޭންގްސްޓާރެއް ގޮތަށް: ނޯތު ކޮރެއާ

ޕިއޮންޔަން (ޖުލައި 8) - ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި އެމެރިކާގެ ޓެކްޓިކްސް ހުރީ ގޭންގްސްޓާރުން ގޮތަށް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

05 ޖުލައި

July 05, 2018 1
އެމެރިކާގެ ބިރުތަކަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވޭ: އީރާން

ތެހެރާން (ޖުލައި 5) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާ އިން ކުރިމަތިކުރާ ބިރުތަކަށް ކުޑަކޮށް ވެސް ޖެހިލުން ނުވާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2018
ނޫސްވެރިންގެ ހަނދާނުގައި އެމެރިކާގެ ދިދަ ބައިދަނޑިއަށް

ވޮޝިންޓަން (ޖުލައި 4) - އެމެރިކާގެ މެރީލޭންޑުގެ ނޫހަކަށް ވަދެ ހަމާލާދީ މަރާލި ފަސް ނޫސްވެރިންގެ ހަނދާނުގައި އެމެރިކާގެ ދިދަ ބައި ދަނޑިއަށް ތިރި ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

02 ޖުލައި

July 02, 2018 2
ތެލުގެ އެކްސްޕޯޓަށް އެމެރިކާއިން އަޅާ ހުރަސްތައް ހުއްޓުވާނަން: އީރާން

ތެހެރާން (ޖުލައި 2) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ތެހެރާނުން ބުނެފި އެވެ.

01 ޖުލައި

July 01, 2018
އެެމެރިކާގެ ބިރުތަކަށް ކުންފުނިތަކުން ޖެހިލުން ނުވަން ގޮވާލައިފި

ތެހެރާން (ޖުލައި 1) - އެމެރިކާ އިން ދޭ އިންޒާރުތަކާއި ދައްކާ ބިރުތަކަށް އީރާނުގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކުން ޖެހިލުން ނުވަން ތެހެރާނުން ގޮވާލައިފި އެވެ.

July 01, 2018
ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

ވޮޝިންޓަން (ޖުލައި 1) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

July 01, 2018 5
އީރާނުގެ ވެރިކަން ބަދަލު ކުރަން ޓްރަމްޕް މަސައްކަތް ކުރަނީ

ވޮޝިންޓަން (ޖުލައި 1) - އީރާނުގެ ވެރިކަން ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ރޫޑީ ޖިއުލިއާނީ އާއި ނިއުޓް ގިންގްރިޗް...

30 ޖޫން

June 30, 2018 4
ބޫޓުގައި ހަރުކޮށްފައިވާ ކެމެރާ ގޮވައި ބޮޑު ބޭޒާރެއް

ވިސްކޮންސިން (ޖޫން 30) - އެމެރިކާގެ ވިސްކޮންސިން ސްޓޭޓުގެ މީހެއްގެ ބޫޓުގައި ހަރުކޮށްފައިވާ ކެމެރާއެއް ގޮވުމުން އެ މީހާ ބޮޑު ބޭޒާރެއް ވެއްޖެ އެވެ.

29 ޖޫން

June 29, 2018 1
އެމެރިކާގެ ނޫހަކަށް ދިން ހަމަލާގައި ފަސް މީހުން މަރު

މެރީލޭންޑް (ޖޫން 29) - އެމެރިކާގެ މެރީލޭންޑުގެ ނޫހެއްގެ އިދާރާ އަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ އެވެ.

28 ޖޫން

June 28, 2018 8
އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަނީ

ވޮޝިންޓަން (ޖޫން 28) - އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެންތަނީ ކެނެޑީ ރިޓަޔާ ކުރައްވާތީ ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވައިފި އެވެ.

27 ޖޫން

June 27, 2018
އާއިލާއާ ވަކިކޮށްފައިވާ ކުދިންނާ މެލަނިއާ ބައްދަލުކުރަނީ

ވޮޝިންޓަން (ޖޫން 27) - އެމެރިކާ އަށް ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް އަތުލައިގެންފައިވާ މީހުންގެ އާއިލާތަކާ ވަކިކޮށްފައިވާ ކުޑަ ކުދިންނާ ބައްދަލު ކުރަން އެމެރިކާގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ނިންމަވައިފި އެވެ.

June 27, 2018 2
ވަކިކުރި އާއިލާތައް އެއްތަންކުރަން ކޯޓުން އަންގައިފި

ކެލިފޯނިއާ (ޖޫން 27) - ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން، އެ މީހުންގެ ކުޑަ ކުދިންނާ ވަކިކޮށްފައިވާ އާއިލާތައް 30 ދުވަސްތެރޭ އަލުން އެއްތަން ކުރަން ކޯޓުން އަންގައިފި އެވެ.

June 27, 2018 8
މުސްލިމުން އެމެރިކާއަށް ދިއުން މަނާކުރާ ނިންމުމަށް ތާއީދު

ވޮޝިންޓަން (ޖޫން 27) - މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމަށް އެ ގައުމުގެ އެންމެ މަތީ...

26 ޖޫން

June 26, 2018 5
އެމެރިކާގެ ސުލްހައިގެ ޕްލޭނަށް އަރަބި ހަތަރު ގައުމެއްގެ ތާއީދު

ޖޯޑަން (ޖޫން 26) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ކޮންމެ ގޮތަކަށް ދެކެވަޑައިގެންނެވި ނަމަވެސް، މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން އެމެރިކާ އިން ހުށަހަޅާ ޕްލޭނަށް އަރަބި ހަތަރު ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.

25 ޖޫން

June 25, 2018 1
އެމެރިކާ އިން އުޅެނީ އައްބާސްގެ ސަރުކާރު ވައްޓާލަން

ރާމުﷲ (ޖޫން 24) - އެމެރިކާ އިން މަސައްކަތް ކުރަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރު ވައްޓާލަން ކަމަށް އެ ގައުމުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސާއިބް އުރައިގާތު ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2018 2
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި

ވޮޝިންޓަން (ޖޫން 23) - ނޯތު ކޮރެއާ އަކީ އަދިވެސް ބިރެއް ކަމަށް ވިދާޅުވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއް އަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަމަހައްޓައިފި އެވެ.

21 ޖޫން

June 21, 2018 6
އާއިލާތައް ވަކިކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނެސްފި

ވޮޝިންޓަން (ޖޫން 21) - ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރޭން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތު ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

20 ޖޫން

June 20, 2018 8
އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ

ވޮޝިންޓަން (ޖޫން 20) - އިޒްރޭލާ މެދު ތަފާތު ކުރާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވެއްޖެ އެވެ.

15 ޖޫން

June 15, 2018 16
މައުމޫނާއި ފަނޑިޔާރުންގެ ހުކުމަށް އެމެރިކާގެ ފާޑުކިއުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފާޑުކިޔައި، ކަންކަން އިސްލާހުކުރަން އަނެއްކާވެސް ގޮވާލައިފި އެވެ.