24 ފެބުރުއަރީ

February 24, 2020 50
އެއާޕޯޓް ޓެކްސްއާ ހެދި މަޖިލީހުގައި ބޮޑު ޒުވާބެއް

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީ އާއި ޓެކްސް އިތުރުކުރާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައިފި އެވެ.

23 ފެބުރުއަރީ

February 23, 2020 42
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށް ސަރުކާރުން ސާފުކޮށް ބުނުމުން ވެސް، އެކަން ބަލައިނުގަނެ، ޝަކުވާގެ ބަޔާނެއް އެ ކުންފުނިން އަނެއްކާވެސް ނެރެފި އެވެ.

20 ފެބުރުއަރީ

February 20, 2020 28
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމާ ދެމެދު ހޭދަވި މުއްދަތުގައި އާ ސީޕްލޭން ޓާމިނަލް...

February 20, 2020 49
ފަޒީލް ޒިންމާއިން ވަކިކުރި މެމޯ ފޮނުވާފައި ބާތިލްކޮށްފި

އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެމްއޭސީއެލްގެ ފަރާތުން ޓީއެމްއޭއާ އެކު ހިންގި ސިޓީބިޓީގެ މުއާމަލާތްތަކުގައި ސޮއިކުރެއްވި ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް ޒިންމާ އިން...

19 ފެބުރުއަރީ

February 19, 2020 33
ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު

އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅުނު ގޮތުގެ މައްސަލައިގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަތަކުން ވެސް ކުންފުނީގެ ބޯޑު ގޯސްވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2020 37
ސީޕްލޭން ޓާމިނަލްގެ މައްސަލަ ވިން ވެއްޖެ: ޔައުގޫބު

އެމްއޭސީއެލުން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭ އަށް ދޫކުރުމަށް ބަޔަކު ކުރަމުން އައި މަސައްކަތް ނާކާމިޔާބުކޮށްލެވިއްޖެ ކަމަށް، އެކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2020 18
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ސިއްރު ރިޕޯޓުގައިވާ މުހިއްމު ހޯދުންތައް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2020 52
ސީޕްލޭން ޓާމިނަލްގެ މައްސަލަ އަށް މަންޓާ ވަދެއްޖެ!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ހަދާ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ދެއްކި ހައްލާ މެދު ނުރުހުންވެ، ޓީއެމްއޭ އިން ބޭނުން ވަނީ އޭވިއޭޝަން ދާއިރާގެ ވާދަވެރިކަން ނައްތާލައި ކޮންޓްރޯލް ނަގަން ކަމުގެ ތުހުމަތުތަކާ އެކު، އެ މައްސަލައިގެ ތެރެއަށް މަންޓާ އެއާއިން ވަދެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 83
ސަަރުކާރުގެ ހުށަހެޅުން ޓީއެމްއޭއަށް ކަމަކުނުދިޔަ!

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް، މިހާރު ވެސް އެ ކުންފުންޏަށް ބިން ދޫކޮށްފައި ހުރި އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމިޔަސް، އެއީ...

February 11, 2020 2
ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޓީއެމްއޭ ކޮމިޓީ އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ (އެމްއޭސީއެލް) އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ...

06 ފެބުރުއަރީ

February 06, 2020 30
އާ ޓާމިނަލާ ގުޅޭ ކަންކަން މާލިއްޔަތު ކޮމިޓީން ބަލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ހެދި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2019 43
ސީޕްލޭން ޓާމިނަލް މިހާރު ހިންގާހެން ހިންގައިގެން ނުވާނެ

މިހާރު ހިންގާހެން، ސީ ޕްލޭންތައް އޮޕަރޭޓް ކުރާ އެކި ކުންފުނިތައް ގުޅިގެން އާ ސީޕްލޭން ޓާމިނަލް ހިންގުމުން ފައިދާ ވާނީ ވަކި ބަޔަކަށް ކަމަށް ވިދާޅުވެ، އެއީ ކޮރަޕްޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

07 ޑިސެމްބަރ

December 07, 2019 101
ބޭރަށް ފުރާ މީހުންގެ އަތުން އާ ޓެކުހެއް ނަގަން ބިލެއް

ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓު ސާވިސް ޗާޖް ނެގުން ހުއްޓާލައި އާ ޓެކުހެއް ތައާރަފް ކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.

15 ޖޫން

June 15, 2017 25
އަޅުގަނޑުމެން މިކުރަނީ ގައުމީ މަސައްކަތެއް: މައުމޫން

ގައުމު އިސްލާހު ކުރުމަށްޓަކައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަނީ ވަކި ޕާޓީއެއްގެ މަސައްކަތެއް ނޫން ކަމާއި އެއީ ގައުމީ މަސައްކަތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.