10 ޑިސެމްބަރ

December 10, 2018 31
އެއާޕޯޓްގައި މުވައްޒަފުންނަށް މިހާރު ހިލޭ ޕާކް ކުރެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭނެ ޕާކިން އޭރިޔާއެއް މިއަދު ހުޅުވައިފި އެވެ.

07 ޑިސެމްބަރ

December 07, 2018 32
އޭވިއޭޝަނަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ: އައިޝާ

ގަވައިދާއި އުސޫލުތަކުގެ ބޭރުން ނުފޫޒު ފޯރުވައިގެން އޭވިއޭޝަން ދާއިރާއިން ކަންކަން ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2018 2
ދަތުރުވެރިންގެ ސާވޭ މި މަހު ފަށަނީ

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ މި މަހު ފަށާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

26 ނޮވެމްބަރ

November 26, 2018 57
ހުޅުމާލޭ އިކޮނޮމިކް ޒޯންގެ ހިތްގައިމު ކުރެހުމެއް

ހުޅުމާލޭގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން ޑިޒައިންކޮށް ކުރެހުމަށް ހުޅުވައިލި މުބާރާތެއްގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަވާނެހެން، ތިމާވެއްޓާ ރަހުމަތްތެރިކޮށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ކޯ އޮފް އާކިޓެކްޗާ އެންޑް އާޓް (ސީއޭއޭ) އިން ހުށަހެޅި ކުރެހުމަށް އެއްވަނަ ލިބިއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2018 17
ވީހާވެސް ކުރިން ޗެކިންވުމަށް އެމްއޭސީއެލުން އެދެފި

ބޮޑު ޗުއްޓީއާ ދިމާކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށާއި ބޭރު ގައުމުތަކަށް ފުރަން ހަމަޖެހިފައިވާ މީހުން ވީހާ ވެސް އަވަހަށް ޗެކިންވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފި އެވެ.

15 ނޮވެމްބަރ

November 15, 2018 9
އާ ރަންވޭ ބޭނުންކުރަން ފަށާނީ އަންނަ އަހަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2018 12
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ރުފިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެކަމަށް އަންނަ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

12 ނޮވެމްބަރ

November 12, 2018 66
ޗައިނާ ދަރަނި 3.2 ބިލިއަން ޑޮލަރާ ގާތްވެސް ނުކުރޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އަށް ރާއްޖެ، 3.2 ބިލިއަން ޑޮލަރުން ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

09 ނޮވެމްބަރ

November 09, 2018 1
އެމްއޭސީއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެކި ދާއިރާތަކުން މިއަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.

08 ނޮވެމްބަރ

November 08, 2018 1
ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓް އެއާޕޯޓްގައި ހުޅުވައިފި

މެލޭޝިއާގެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިސް ސީކްރެޓް ރެސިޕީގެ އާ އައުޓްލެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވޯޓާ ފްރަންޓްގައި ހުޅުވައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 16
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ބައެއް މަތިންދާބޯޓުތަކުގެ ދަތުރުތަކަށް މިއަދު ބުރޫއަރާފައިވާ ކަމަށް...

November 04, 2018 24
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓަަކަށް ވެލާނާ އެއާޕޯޓް

އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 1
އޮމާން އެއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި

އޮމާން އެއާއިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018 23
އަތުލައިގަތް ރަންގަނޑު ރާއްޖެ ގެނައީ ދުބާއީން

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ އެއް ކިލޯގެ ރަންގަނޑަކީ ދުބާއީން ރާއްޖެ އެތެރެކުރި އެއްޗެއް ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

24 އޮކްޓޯބަރ

October 24, 2018 4
ރާއްޖެ އެތެރެކޮށް، ނުގެންގޮސް ހުރި މުދާތައް ނީލަމަށް

ވައިގެ މަގުން ރާއްޖެ އެތެރެ ކޮށްފައިވާ މުދާތަކުގެ ތެރެއިން ނުގެންގޮސް ހުރި ސާމާނުތައް ނީލަން ކިޔަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 35
އެއް ކިލޯގެ ރަން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި

އެއް ކިލޯގެ ބަރުދަން ހުރި ރަންގަނޑެއް ސްރީ ލަންކާ އަށް ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.

October 23, 2018 26
ވީއައިއޭގެ އެކްސިޑެންޓް: ޒިންމާވާނެ ބަޔަކު ނެތް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕާކްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓެއްގައި، އެއާ އޭޝިޔާގެ މަތިންދާބޯޓެއް ޖެހުނު މައްސަލާގައި ޕައިލެޓާއި ގްރައުންޑް ސްޓާފުން، އެއް ބަޔަކު...

20 ސެޕްޓެމްބަރ

September 20, 2018 23
މިހާ ބޮޑު ޝަރަފަކަށް އުއްމީދެއް ނުކުރަން: އަހުސަން

ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާ ކައިރިވުމާ އެކު، ބޯޓު ޖެއްސުމުގެ ހުރިހާ އިޚުތިޔާރެއް އިނގިރޭސި ޕައިލެޓް ދެއްވީ އޭނާގެ ކަނާތް ފަރާތުގައި އިންނެވި ކޯ ޕައިލެޓް އުމުރުން 35 އަހަރުގެ އަލީ އަހުސަންގެ އަތަށެވެ. އެކަމަކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ސަފުހާއަކުން އޭނާ އެ...

19 ސެޕްޓެމްބަރ

September 19, 2018 30
އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން

ރާއްޖޭގެ ވައިގެދަތުރުފަތުރުގެ ތާރީޚުގައި އިއްޔެ ފާހަގަކުރި މުހިއްމު ކާމިޔާބީ ހަގީގަތަކަށް ހަދައިދިނުމުގެ ފުރުސަތު އިއްތިހާދު އެއާވޭސް އަށް ލިބިގެންދިޔައީ އެ އާލައިންގައި މަސައްކަތްކުރާ ދިވެހި ޕައިލެޓް އަލީ އަހުސަންގެ ސަބަބުންނެވެ. ފަސިންޖަރުން އުފުލާ އެންމެ ބޮޑު މަތިދާންބޯޓު އެއާބަސް އޭ380 ދުއްވުމުގެ ލައިސަންސް އޮތް އަހުސަން އޭގެ ބޯޓެއްގައި ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރު ވެގެން ދިޔައީ އިއްތިހާދުގެ ދަތުރަކަށެވެ. އެކަން އިއްތިހާދުން ޝަރަފެއްގެ ގޮތުގައި ބަލައިގަތްކަން، އިއްޔެގެ ދަތުރުގެ މަންޒަރުތަކާ އެކު އެ އެއާލައިނުން މިއަދު ޝާއިއުކޮށްފައިވާ ވީޑިއޯ އިން އެނގެ އެވެ.

18 ސެޕްޓެމްބަރ

September 18, 2018 14
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް ބިލްޑިންގްގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މާދަމާ ހަވީރު ހުޅުވާ...

September 18, 2018 7
އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ތަރައްގީއާއެކު އެ އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު...

15 ސެޕްޓެމްބަރ

September 15, 2018
ހުޅުލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

ހުޅުލޭގެ ހުޅަނގު ފަރާތުގެ ތޮއްޓާއި ގޮނޑުދޮށް ސާފުކުރަން މިއަދު ހިންގި ބޮޑު ހަރަކާތުގައި 1.5 ޓަނުގެ ޕްލާސްޓިކް ނަގައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 16
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން...

September 11, 2018 12
ބްރިޖާ އެކު ހުޅުލޭ ފެރީތައް ފަޅުވެއްޖެ

ސިނަމާލެ ބްރިޖް ހުރަސްކޮށް އާންމު ވެހިކަލްތަކަށް ހުޅުލެއަށް ވަދެވޭ ގޮތަށް ހެދުމުން، ހުޅުލޭ ފެރީތަކުން ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، އެ ވިޔަފާރީގެ މުސްތަގުބަލާ...