01 އޯގަސްޓް

August 01, 2017 5
ވެނެޒުއެލާގެ ރައީސްއަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ވޮޝިންޓަން (އޮގަސްޓް 1) - އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުންތަކަށް ގޮންޖެހުމަށް ފަހު ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ބޭއްވުމުން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

31 ޖުލައި

July 31, 2017
އިންޒާރުތަކަށް ބެލުމެއް ނެތި ވެނެޒުއެލާގައި އިންތިޚާބު ބާއްވައިފި

ކަރާކަސް (ޖުލައި 31) - ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކާއި އެމެރިކާ އިން އިންޒާރު ދެމުން ދަނިކޮށް އެ ގައުމުގެ ސަރުކާރުން އިއްޔެ އިންތިޚާބު ބާއްވައިފި އެވެ.

27 ޖުލައި

July 27, 2017 2
ވެނެޒުއެލާގެ 13 އޮފިޝަލަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

ކަރާކަސް (ޖުލައި 27) - ރައްޔިތުންގެ ރުހުމާ ދެކޮޅަށް ގަދަބާރުން ޕާލަމެންޓް އިންތިޚާބެއް ބާއްވާ ގާނޫނު އަސާސީ ބަދަލު ކުރުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަސައްކަތް ކުރައްވާތީ އެ ގައުމުގެ 13 އޮފިޝަލަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

21 ޖުލައި

July 21, 2017 5
ވެނެޒުއެލާ ސަރުކާރާ ދެކޮޅަށް އެތައް ބަޔަކު ނުކުމެއްޖެ

ކަރާކަސް (ޖުލައި 21) - މި މަހު 30 ވަނަ ދުވަހު ބާއްވާ އެސެމްބްލީ އިންތިޚާބު ކެންސަލް ކުރުމަށް ރައީސް ނިކޮލަސް މަދޫރޯ އަށް ޕްރެޝަރު ކުރުމުގެ ގޮތުން ވެނެޒުއެލާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެއްޖެ އެވެ.

19 ޖުލައި

July 19, 2017 2
"އެމެރިކާ އިން އިންޒާރު ދިނަސް އިންތިޚާބު ބާއްވާނަން"

ކަރާކަސް (ޖުލައި 19) - ވެނެޒުއެލާގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ އިންތިޚާބު ބާއްވައިފި ނަމަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް ޖުލައި 30 ވަނަ ދުވަހު އެސެމްބްލީ އިންތިޚާބު ބާއްވާނެ ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެފި އެވެ.

06 ޖުލައި

July 06, 2017 1
ވެނެޒުއެލާގެ ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

ކަރާކަސް (ޖުލައި 5) - ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ޕާލަމެންޓަަށް އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ބަޔަކު ވަދެ ހަމަނުޖެހުން ހިންގާ މެންބަރުންނަށް އަނިޔާކޮށްފި އެވެ.

28 ޖޫން

June 28, 2017 2
ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން ހަމަލާދީފި

ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހެލިކޮޕްޓަރަކުން އިއްޔެ ހަމަލާތަކެއް ދީފި އެވެ. ރައީސް ނިކޮލަސް މަދޫރޯ އެކަން ސިފަކުރެއްވީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގަ އެވެ.

13 މެއި

May 13, 2017 7
މާމަ، ކާފަ މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައިފި

ކަރާކަސް (މެއި 13) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރިއަށްދާ ހަޅުތާލުތަކުގައި މާމައިންނާއި ކާފައިން އިއްޔެ ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅައިފި އެވެ.

18 ފެބުރުއަރީ

February 18, 2017 3
ވެނެޒުއެލާގެ އިދިކޮޅު ލީޑަރުގެ ޖަލު ހުކުމް ދަމަހައްޓައިފި

ކަރާކަސް (ފެބްރުއަރީ 18) - ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޮޕޭޒް ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ނަމަވެސް އޭނާގެ މައްޗަށް އިއްވާފައިވާ 14 އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

15 ފެބުރުއަރީ

February 15, 2017
އެމެރިކާއިން އެޅި ފިޔަވަޅަށް ވެނެޒުއެލާ އިން ގޮންޖަހައިފި

ކަރާކަސް (ފެބްރުއަރީ 15) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް ތޯރިގު އަލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅަށް އޭނާ ގޮންޖައްސަވައިފި އެވެ.

14 ފެބުރުއަރީ

February 14, 2017
ވެނެޒުއެލާގެ ނައިބް ރައީސްއާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ވޮޝިންޓަން (ފެބްރުއަރީ 14) - މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެނެޒުއެލާގެ ނައިބް ރައީސް އެލް އައިސަމީއާ ދެކޮޅަށް އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 1
މެންބަރުން އުޅެނީ ބަޣާވާތް ކުރަން: ވެނެޒުއެލާގެ ރައީސް

ކަރާކަސް (އޮކްޓޯބަރު 26) - އިދިކޮޅު މެންބަރުންގެ އަޣުލަބިއްޔަތު އޮތް ޕާލަމެންޓުން މަސައްކަތް ކުރަމުން ދަނީ "ބަރުލަމާނީ ބަޣާވާތެއް" ކުރަން ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2016
ގުއަންޓަނާމޯ ކުރީގެ ގައިދީއަކު ހައިހޫނުކަމުގެ ހަޅުތާލަށް

ކަރާކަސް (އޮގަސްޓް 28) - ވެނެޒުއެލާގެ ޖާސޫސީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ގުއަންޓަނާމޯ ބޭ ޖަލުގެ ކުރީގެ ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.

12 ޖޫން

June 12, 2016
ވެނެޒުއެލާގެ ރައީސް ވަކިކުރާ ވޯޓު މި އަހަރު ނުނަގާނެ

ކަރާކަސް (ޖޫން 12) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް އެތައް ލައްކަ ބަޔަކު ސޮއިކޮށް ޕެޓިޝަން ހުށަހެޅި ނަމަވެސް އެ ވޯޓު މި އަހަރު ނުނަގާނެ ކަމަށް ރައީސް މަދޫރޯ ވިދާޅުވެއްޖެ އެވެ.