12 ޑިސެމްބަރ

December 12, 2018 10
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ގެމަނަފުއްޓަށް އަދި ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ އަށާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

04 ޑިސެމްބަރ

December 04, 2018 12
19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި އެވެ.

December 04, 2018 4
ވަޒީރުންނަށް ރުހުން ދޭން ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަން ފަށައިފި އެވެ. މި...

December 04, 2018 4
އެއިޑްސްއާ ދެކޮޅަށް "ނޯ ޔުއަ ސްޓޭޓަސް" ފަށައިފި

އެއިޑްސް ބައްޔާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިންތިޒާމު ކުރާ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 30
ރައީސްގެ ވައުދުތައް ފުއްދަން އިންޑިއާއިން އެހީތެރިވަނީ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.

29 ނޮވެމްބަރ

November 29, 2018 9
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮތްތޯ ބެލުމަށް، އެ ބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2018 6
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2018 16
ގުރުއާން ކިޔަވައިދޭން އިސްކަމެއް ދޭނަން: ނައިބު ރައީސް

ކީރިތި ގުރުއާން ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

23 ނޮވެމްބަރ

November 23, 2018 39
30 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ބަދަލުތަކެއް ގެނެސް، ބަޖެޓު ކޮމިޓީން ދެންމެ ފާސްކޮށްފި އެވެ. ބަޖެޓު ދިރާސާ ކުރާ...

November 23, 2018
ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް ހއ. ދިއްދުއަށް މިރޭ ވަޑައިގެންފި އެވެ. މިއީ ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންފަހުން ފައިސަލް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

22 ނޮވެމްބަރ

November 22, 2018 114
ރައީސްއާއި ނައިބު ރައީސްގެ ސެކްރެޓަރީންނަށް ކޮއްކޯފުޅުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ޕާސަނަލް ސެކްރެޓަރީންނަށް އެ ދެ ބޭފުޅުންގެ ކޮއްކޯފުޅުން ހަމަޖައްސަވައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 31
ރައީސް، ރައްޔިތުންނަށް ބޮޑު ޖާފަތެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް މިރޭ ބޮޑު ޖާފަތެއް ދެއްވައިފި އެވެ.

November 18, 2018 12
ރައްޔިތުން ބޭނުންވަނީ އެކުވެރިކަމާ އެކީ ކުރި އަށް ދާން

"ދުޅަހެޔޮ ހަށިހެޔޮ" އީދުގައި ބައިވެރިވި މީހުންގެ ފަރާތުން އެނގިގެން ދިޔައީ ރައްޔިތުން އެކުވެރިކަމާ އެކީގައި ކުރި އަށް ދާން ބޭނުންވާ ކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް...

November 18, 2018 44
ހުވާކުރާ ތަނަށް ނުދިޔައީ ބަލިވެ އުޅޭތީ: ނިހާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިނުގެންނެވީ ބަލިވެ އުޅުއްވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ...

17 ނޮވެމްބަރ

November 17, 2018 13
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަަޑައިގަތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި މިއަދު ހުސްވެއްޖެ އެވެ.

November 17, 2018 176
އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްްމިއްޔާތަށް...

16 ނޮވެމްބަރ

November 16, 2018 157
ހުވާ ކުރުމުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ނުވާނެ

ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި...

November 16, 2018 27
ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެހި އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

15 ނޮވެމްބަރ

November 15, 2018 65
އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން

އަންނަ ހޮނިހިރު ދުވަހު ހުވާކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން ކަމަށް އެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

November 15, 2018 90
އިބޫ މުލީއާގެ އަށް، ފައިސަލް ހިލާލީގެ އަށް

އަންނަ ހޮނިހިރު ދުުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ވެރިކަމުގެ މުއްދަތުގައި ދިރިއުޅުއްވާނީ މުލީއާގޭގައި ކަމަށް...

09 ނޮވެމްބަރ

November 09, 2018 3
ކެއާ ސޮސައިޓީގެ އަހަރީ ދުވަސް ފައިސަލްއާއެކު

ކެއާ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު މިއަދު ފާހަގަކޮށްފި އެވެ.

November 09, 2018 14
ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަން ބަލަންޖެހޭ: އިލްޔާސް

ސިޔާސީ ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2018 5
އޭޑީކޭގައި 4 އަހަރުން 700އަށްވުރެ ގިނަ ނިއުރޯސާޖަރީ

ފާއިތުވި ހަތަރު އަހަރުގެ ތެރޭ އޭޑީކޭ ހޮސްޕިޓަލުގައި 700 އަށް ވުރެ ގިނަ ނިއުރޯސާޖަރީ ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2018 3
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

October 28, 2018 19
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާކުރައްވާނެ ދުވަހަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.

October 28, 2018 57
ހުވާކުރީ ގާނޫނުއަސާސީއާ ހިލާފަށޭ ބުނާކަށް ނޭދެން: އިބޫ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށް އިންތިޚާބީ ރައީސް އަދި އެމްޑީޕީ...

25 އޮކްޓޯބަރ

October 25, 2018 51
ނޮވެމްބަރު 11 ގައި ހުވާކުރައްވަން ދައުވަތު ފޮނުވަނީ

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ މަހު 11 ގައި ބާއްވަން ނިންމައި، ބޭރުގެ މެހެމާނުންނަށް ފޮރިން...

October 25, 2018 49
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް

ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް...

21 އޮކްޓޯބަރ

October 21, 2018 33
އިބޫ، ނޮވެމްބަރު 11 ގައި ހުވާކުރައްވަން ހުރަހެއްނެތް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް، (އިބޫ)، ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

16 އޮކްޓޯބަރ

October 16, 2018 23
ޒުވާން ބައެއް ވިޔަފާރިވެރިންނާ އިބޫ ބައްދަލުކުރައްވައިފި

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިން މޭޓް ފައިސަލް ނަސީމް، ޒުވާން ބައެއް ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018 14
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް ކަމަށާއި ވެރިކަން ކުރާ ޕީޕީއެމުން އިންތިޚާބު ބާތިލްކުރަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

October 06, 2018 16
އިބޫގެ ވެރިކަމުގައި މާޔޫސްވާކަށް ނުޖެހޭނެ: ގާސިމް

އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ޒައާމަތުގައި ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށާއި ގުޅިފައިވާ ކޯލިޝަން ދެމިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް...

October 06, 2018 23
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް

ރާއްޖޭގައި އޮތް ކާމިޔާބު ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަން ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ކުރީގެ ނައިބު...

04 އޮކްޓޯބަރ

October 04, 2018 17
ޝައްކު ނުކުރައްވާ، ހުވާ ކުރައްވާނީ އިބޫ: ގާސިމް

ރައްޔިތުންގެ ފަހު ބަސް އިއްވުމުން ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމުގެ ހުވާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރައްވާނެ ކަމާ މެދު ރައްޔިތުން ޝައްކު ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.