22 ޑިސެމްބަރ

December 22, 2019 24
ކުނި ޖަމާކުރާ ސަރަހައްދު ފުރި ބޮޑެތި ދަތިތަކެއް!

ތިލަފުށީގައި ހުންނަ ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2019 3
ކުނީގެ މައުލޫއުގައި ގިނަ ވާހަކަތަކެއް ކައުންސިލަރުންނަށް

ކުނީގެ މައްސަލަ ރާއްޖެއަށް ބޮޑުވެފައިވާ މިންވަރު ވަރަށް ސާފެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު، ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވެސް ބޮޑަށް އޮތީ އެ ވާހަކަ އެވެ. ކައުންސިލަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އެއީ އެވެ. ކުނި މެނޭޖްކުރެވޭނެ ރަނގަޅު އުސޫލެއް ރަށްރަށުގައި ނެތުމުގެ...

12 ޑިސެމްބަރ

December 12, 2019 2
އެމެރިކާގެ އެކި ހިސާބުން "ތޮފި އެޅި" ކޮތަރު ފެންނަނީ

އެމެރިކާގެ ލަސް ވެގަސްގެ އެކި ހިސާބުތަކުން މި ދުވަސްކޮޅު "ތޮފިއެޅި" ކޮތަރުތަކެއް ފެންނާތީ، ދޫނިތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

10 ޑިސެމްބަރ

December 10, 2019 10
އާންމު ހިދުމަތް ރެގިއުލޭޓްކުރާ އިދާރާއެއް ހަދަން ބިލެއް

ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުން ރެގިއުލޭޓްކޮށް އަގު ކަނޑައެޅުމަށް ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދަން ލާޒިމްކުރާ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

01 ޑިސެމްބަރ

December 01, 2019
ކާލެވޭ ގޮތަށް ގޮދަނުން ތައްޓެއް ހަދައިފި

ކުނީގެ ގޮތުގައި އުކައިލާ އެއްޗެހި މަދުކުރުމުގެ ގޮތުން، ކާލެވޭ ގޮތަށް ދެކުނު އެފްރިކާގެ ކުންފުންޏަކުން ގޮދަނުން ތަށި ހަދައި ވިއްކަން ފަށައިފި އެވެ.

26 ނޮވެމްބަރ

November 26, 2019
ތިލަފުށިން ދުން އެރުވުން ހުއްޓުވުމުގެ ފެށުން

މާލެ ސަރަހައްދުގައި އުފެދޭ ކުނި ޖަމާކުރާ ކ. ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އަރާ ދުން ހުއްޓުވުމަށާއި ކުނިގޮނޑު މެނޭޖް ކުރުމަށްޓަކައި ލޭންޑްފިލް ކޮމްޕެކްޓާއެއް ގެނައުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

14 އޮކްޓޯބަރ

October 14, 2019 9
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި

ކ. ތިލަފުށިން އަންނަ އަހަރުން ފެށިގެން ދުން އެރުން ހުއްޓުވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

28 ސެޕްޓެމްބަރ

September 28, 2019 37
މާލެ ސަރަހައްދުގެ ކުނި "ފަރުބަދަ"، މާ އުސް!

މާލެ އާއި ކައިރި ރިސޯޓުތަކުން އުކާލާ ކުނީގެ މިންވަރު އަންދާޒާކޮށްލެވޭ ހެއްޔެވެ؟

17 ސެޕްޓެމްބަރ

September 17, 2019 4
3 ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބަހައްޓަނީ

ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދެ ކުންފުންޏަކާ އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 6
ރަށްރަށުގައި ހުރި ދުވަސްވީ ކުނި ނަގާނެ ބަޔަކު ހޯދަނީ

މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައި ހުރި ގިނަ ދުވަސްވީ ކުނި ނަގައި ސާފުކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ހުޅުވާލައިފި އެވެ.

18 އޯގަސްޓް

August 18, 2019 19
ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަން އޭސީސީން އެދެފި

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

28 ޖުލައި

July 28, 2019 4
ލަންކާ އަށް 3،000 ޓަނުގެ ކުނި، މައްސަލަ ބަލަނީ

ކޮލަމްބޯ (ޖުލައި 28) - ސްރީ ލަންކާ އަށް ނުރައްކާތެރި ކުނިބުނީގެ 3،000 ޓަނު އެތެރެކޮށްފައިވާ މައްސަލަ ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

18 ޖުލައި

July 18, 2019 2
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!

ތިމާވެށީގެ ވަޒީރު ޑރ. ހުސެއިން ރަޝީދު މި މަހު ކުރެއްވި ޓްވީޓެއްގައި ލިއުއްވާފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރަމުން ގޮސް ރާއްޖޭގައި އެކަން ހުއްޓާލަން ރާވަމުން އަންނަ ކަމަށެވެ. ހަމަ މިމޭރުމުން، ޖޫން 18 ގައި އައްޑޫ ސިޓީ ކައުންސިލުން ފާސްކުރި ގަރާރެއްގައި، ބުނެފައިވަނީ އަންނަ އަހަރު ޖޫން...

17 ޖުލައި

July 17, 2019 6
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ

ކުންޏާއި ނަޖިސް ބޭނުންކޮށްގެން ކަރަންޓް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖުލައި

July 16, 2019
ކުނި ހަވާލުކުރުމުން މެނީލާގައި ކާނާ ދެނީ

ފިލިޕީންސްގެ ވެރިރަށް މެނީލާ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ކުނީގެ ބަދަލަށް ކާނާ ލިބޭ ކޫޕަނެއް ދޫކުރާ ގޮތަށް ނިންމައިފި އެވެ.

13 ޖުލައި

July 13, 2019 29
މިލަންދޫ ކުނީގެ މައްސަލަ މި ފޮޓޯއިން!

ސޯޝަލް މީޑިއާގައި އިއްޔެ އިން ފެށިގެން އެންމެ ބާރަށް ދައުރުވަމުން ދަނީ ށ. މިލަންދޫ ގޮނޑުދޮށް ކުނީގެ ހާއްޔަކަށް ވެފައިވާ މި ފޮޓޯ އެވެ. ޕްލާސްޓިކް ތައްޓާއި ފުޅިން އެ ރަށުގެ ފުއްޓަރު ފަރާތް ވަނީ އެއްކޮށްހެން ގޮނޑުވެފަ އެވެ. އެކަމަކު މިއީ މިލަންދޫގައި އާއްމު މަންޒަރެކެވެ.

16 ޖޫން

June 16, 2019 2
މާޅޮހުގައި ކުނި ނައްތާލުމަށް މުބާރާތެއް ބާއްވައިފި

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކާއި އެހެނިހެން ކުނި މަދުކޮށް އަދި އަލުން ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް ބ. މާޅޮހު ސްކޫލް ކުދިންގެ މެދުގައި މުބާރާތެއް ބާއްވައިފި އެވެ.

14 ޖޫން

June 14, 2019 2
ވެމްކޯގެ ވެހިކަލެއްގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

ވެމްކޯ އިން ކުނި އުފުލަން ގެންގުޅޭ ވެހިކަލެއްގައި ހުރި ކުނިތަކެއްގައި ރޯވެފައި ވަނިކޮށް ފުލުހުންނަށް ފެނި، އަލިފާން ނިއްވާލައިފި އެވެ.

06 ޖޫން

June 06, 2019 35
ރިސޯޓެއްގެ ކުނިން ފަޅު ރަށެއް ގޮނޑުކޮށްލައިފި!

ބ. އަތޮޅުގެ ރިސޯޓަކުން އެ އަތޮޅު ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދު އަށް ކުނިއަޅާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

16 މެއި

May 16, 2019 21
މާލޭގެ މަގުތައް އަނެއްކާވެސް ގޮނޑުކޮށްފި

މާލޭގެ މަގުތަކަށް ކުނި ޖަމާކުރާ މައްސަލަ ބޮޑުވެ އަނެއްކާވެސް އާއްމުން ޝަކުވާ ކުރަން ފަށައިފި އެވެ.