08 ޖެނުއަރީ

January 08, 2019 34
ހާމަކުރަނީ އާދައިގެ މީހާގެ ނަން، ފާޑުކިއުން ބޮޑުވެއްޖެ

މަގު މައްޗަށް ކުނިއަޅާ މީހުންގެ ނަން އާންމުކުރަން ފެށުމުން އެއީ އެންމެ އާދައިގެ މީހާ ބޭޒާރުކުރުން ކަމަށް ބުނެ ފާޑުކިއުން ބޮޑުވުމާ އެކު، އުސޫލު ބަދަލުކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2019 21
ކުނިއަޅާ މީހުންގެ ނަން އާއްމުކުރަން ފަށައިފި

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން ޖޫރިމަނާކޮށް، ނަން އާންމުކުރަން ފަށައިފި އެވެ.

09 ޑިސެމްބަރ

December 09, 2018 8
މާލެއިން އެކަނި ވެސް 20 ޓަނުގެ ޕްލާސްޓިކް

މުޅި ރާއްޖެ ސާފުކުރުމަށް އިއްޔެ ހިންގި ޕްރޮގްރާމުގެ ތެރެއިން މާލޭ ސަރަހައްދުން އެކަނި ވެސް 20 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.

December 09, 2018 32
ކުނި އަޅާ މީހުންގެ ނަން ހާމަކުރަނީ ހައްލުވޭތޯ ބަލަން!

މާލޭގެ މަގުތަކަށާއި އެނޫން ވެސް ތަންތަނަށް ކުނި އަޅާ މީހުންގެ ނަން ހާމަކުރަން ނިންމީ އެގޮތުން ވެސް އެކަން ހައްލުކުރެވޭތޯ ބަލަން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ...

08 ޑިސެމްބަރ

December 08, 2018 10
އުކުޅަހުގެ އޮފީސްތަކުން ޕްލާސްޓިކް ފުޅި ހުއްޓާލައިފި

އއ. އުކުޅަހުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

December 08, 2018 23
ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ ވެށި ސާފުކޮށްގެން:ރައީސް

ރާއްޖެއަށް ލިބިފައިވާ ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2018 23
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު

މުޅި ރާއްޖެ ސާފުކުރުމަށް ހިންގާ ބޮޑު ޕްރޮގްރާމް، އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 2
ރަށްރަށުން ގަސްނެގުމަކީ ކުޑަކަމެއް ނޫން، ހައްލުކުރާނަން

ރަށްރަށުން ގަސް ނަގައި އެހެން ތަންތަނަށް ގެންދިއުމަކީ ކުޑަކަމެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން އެކަން ހައްލުކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2018 16
ކުނި އެންދުން ހުއްޓާލައި އިންގިލާބީ ބަދަލަކާ ދިމާލަށް

ކުރިން ނަމަ، އަޑު އިވެނީ މާލޭގައި އޮންނަ ބޮޑު "ކުނި ފަރުބަދައިގެ" ވާހަކަ އެވެ. ބައެއް ދުވަސްތަކުގައި ކުނީގެ ވަހުން މާލޭގެ އިތުރުން ކައިރި ރަށްރަށަށް އެކަމުގެ އުނދަގުލާ ކުރިމަތިވާ ވާހަކަތަކެވެ. މާލެ ބޮޑު "ގޮނޑަކަށް"ވެ ދިރިއުޅެން އުނދަގޫވާ ހިސާބަށް ދިޔަ އެވެ. އެކަމަކު، ސަރުކާރުގެ ވެރިން ގަބޫލު ކުރައްވާ ގޮތުން މި ހުރިހާ ކަމަކަށް...

14 ސެޕްޓެމްބަރ

September 14, 2018 2
ދުނިޔެ ސާފުކުރުމުގެ ހަރަކާތަށް ރާއްޖެ ވެސް ތައްޔާރު

ކުންޏާ މެދު އާއްމުން ހޭލުންތެރިކުރުވަން މުޅި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް މާދަމާ ރާއްޖޭގައި ވެސް ފާހަގަކުރަން ނިންމައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 54
މަގުމަތީގެ ގާނޫނުތައް: އަމަލްކުރަން ދަސްނުވި އެއްޗެއް!

އެންމެ ހަތަރު ލައްކަ މީހުންގެ މި ކުޑަ އާބާދީގައި އިޖްތިމާއީ މައްސަލަތަކުގެ އަދަދު ކިޔަން ޖެހެނީ ހާހުންނެވެ. އެހާ ވެސް ގިނަ އެވެ. އެތައް މިލިއަން މީހުން އުޅޭ ގައުމުތަކުގައި މިފަދަ މައްސަލަތައް ބޮޑު ނުވާ މިންވަރަށް ރާއްޖޭގައި އެކަންކަން އޮތީ ބޮޑުވެ، ފެތުރިފަ އެވެ. ހައްލު ކުރުމަށްޓަކައި ކުރި މަސައްކަތުގެ އެދެވޭ ނަތީޖާއެއް އަދި...

02 ސެޕްޓެމްބަރ

September 02, 2018 36
ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!

ސިނަމާލެ ބްރިޖަށް އެންމެންގެ ތައުރީފެވެ؛ އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖަށް ޖަމާވީ މާކަނޑުގައި އަޅާފައިވާ އެ ބްރިޖުގެ ރީތިކަން ދެކިލައި ފޮޓޯ ނަގާށެވެ. އެންމެންގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބްރިޖު މަތީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ.

30 އޯގަސްޓް

August 30, 2018 4
މިލަންދޫގައި ޕްލާސްޓިކް މަދުކުރަން ޖަމިއްޔާއަކުން ފަށަނީ

ށ. މިލަންދޫގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލަން އަމިއްލަ ޖަމިއްޔާއަކުން މަސައްކަތް ފަށައިފި އެވެ.

16 އޯގަސްޓް

August 16, 2018 1
ކުނި ނައްތާލުމުގެ ނިޒާމު ހަދަން 33 މިލިއަން ޑޮލަރު

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 33 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

02 އޯގަސްޓް

August 02, 2018 14
އެންވަޔަމަންޓް ޕޮލިސްގެ ހިދުމަތް ފަށައިފި

އެންވަޔަމަންޓް ޕޮލިސް އުފައްދައި ކުނި މެނޭޖްކުރުމުގެ ގަވާއިދު ތަންފީޒުކުރަން ވެމްކޯ އަށް އެހީތެރިވާން ފަށައިފި އެވެ.

01 ޖުލައި

July 01, 2018 7
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 33 މިލިއަން ޑޮލަރު ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ހަފުތާގައި ފާސްކޮށްފި އެވެ.

20 ޖޫން

June 20, 2018 1
މައުންޓް އެވަރެސްޓް ވެސް ކުނިގޮނޑަކަށް

ދުނިޔޭގެ އުސް ފަރުބަދައިގެ ގޮތުގައި މައުންޓް އެވަރެސްޓްގެ ވާހަކަ ދެއްކުމަކުން ނުނިމެ އެވެ. އަދި އެ ފަރުބަދައިގެ ކުންނާ ހަމައަށް ވާސިލުވާން މީސްމީހުން ކުރާ އާދަޔާހިލާފު މަސައްކަތުގެ ވާހަކަތައް ކިތަންމެ ޝައުގުވެރިޔަސް، މި ވެސް ހަމަ ނުދައްކައި ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫނެވެ.

20 މެއި

May 20, 2018 7
ރޯދަމަހު އުފެދޭ ކުނި ގިނަވެ 140 ޓަނަށް

ރޯދަ މަހާ އެކު އުފެދޭ ކުނި ގިނަވެ، ކުރިއަށް ވުރެ ގާތްގަނޑަކަށް 50 ޓަނު އިތުރުވެއްޖެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

17 މެއި

May 17, 2018 13
ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު އިތުރުކޮށްފި

ރޯދަ މަހު ކުނި ނަގާ ވަގުތަށް ގެނައި ބަދަލާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވި އާއްމުންގެ ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު ވެމްކޯ އިން އިތުރުކޮށްފި އެވެ.

May 17, 2018 44
ކުނި އުކާނުލެވި، މާލޭގެ ބައެއް ސަރަހައްދު ގޮނޑަކަށް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ މާލޭގެ ގިނަ ސަރަހައްދުތަކުން ކުނި ނަގާފައި ނުވާތީ، ކުނިތަކުން މާލޭގެ ބައެއް ސަރަހައްދުތައް ގޮނޑުވެއްޖެ އެވެ.

14 މެއި

May 14, 2018 8
ރޯދަ މަހު ކުނި ނެގުން ރޭގަނޑު 8-12 އަށް

މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާނީ ރޭގަނޑު 8:00 ން ދަންވަރު 12:00 ދެމެދު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަމަށް ހަމަޖައްސައިފި އެވެ.

06 މެއި

May 06, 2018 29
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ހިންގަން ނިންމާފައިވާ ގްރޭޓާ މާލެ އެންވަޔަރްމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އެވެ.

30 އެޕްރީލް

April 30, 2018 18
ފަތާ ޓްރެކަށް ޖަމާވީ ބާޖަކުން އުކާލި ކުނިތަކެއް

ފަތާ ޓްރެކް ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.