ދުނިޔެ / މެލޭޝިއާ

އިޒްރޭލުގެ އެތުލީޓުންނަށް މެލޭޝިއާ އިން ވިސާ ނުދިން

އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދޭން މެލޭޝިއާ އިން އަބަދުވެސް ދެކޮޅު ހަދާ.

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 25) - މެލޭޝިއާގައި އަންނަ މަހު ބާއްވާ ސްކްއޭޝް މުބާރާތުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް ކުއާލަ ލަމްޕޫރުން ދެކޮޅު ހަދައިފި އެވެ.

ވޯލްޑް ޓީމް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 7-12 އަށް ކުއާލަ ލަމްޕޫރުގަ އެވެ.

ވޯލްޑް ސްކްއޭޝް ފެޑެރޭޝަން (ޑަބްލިއުއެސްއެފް) އިން ބުނީ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދޭން މެލޭޝިއާ އިން ދެކޮޅު ހެދިކަން އެނގޭ ކަމަށާއި އެކަމަށް މެލޭޝިއާ އިން އަދި އެއްބަސްވެފައި ނުވާ ކަމަށެވެ.

"މެމްބަރު ހުރިހާ ގައުމަކަށް ވެސް ބައިވެރިވެވޭ ގޮތަށް މުބާރާތް ބޭއްވުމަށް ޑަބްލިއުއެސްއެފް އިން މަސައްކަތް ކުރާނެ،" ޑަބްލިއުއެސްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޑަބްލިއުއެސްއެފް އިން ބުނީ މެލޭޝިއާގެ ފެޑެރޭޝަނާ އެކު މަޝްވަރާ ފަށާފައިވާ ކަމަށާއި އިންސާފުވެރި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޑަބްލިއުއެސްއެފް އިން ހައްލެއް ހޯދައިނުދެވިއްޖެ ނަމަ ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިޒްރޭލުގެ ސްކްއޭޝް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

"ކުޅިވަރާއި ސިޔާސީ ކަންކަން ގުޅުވުމަކީ ވަރަށް ލަދުވެތި ކަމެއް،" އިޒްރޭލުގެ އެސޯސިއޭޝަންގެ ޗެއާމަން އަވީވް ބުޝިންސްކީ ވިދާޅުވި އެވެ.

މެލޭޝިއާގައި 2019 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ޕެރަ ސްވިމިން ޗެމްޕިއަންޝިޕުގައި ބައިވެރިވާ އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް ވެސް އެ ގައުމުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ މުބާރާތް މެލޭޝިއާގައި ބޭއްވުމުގެ ފުރުސަތު ނުދޭން ފަހުން ވަނީ ނިންމައިފަ އެވެ. މެލޭޝިއާގެ ލަންގްކާވީގައި 2015 ވަނަ އަހަރު ބޭއްވި ވިންޑް ސާފިން މުބާރާތަކަށް ވެސް ވަނީ އިޒްރޭލުގެ ސާފަރުންނަށް ވިސާ ދޭން ދެކޮޅު ހަދައިފަ އެވެ.

މެލޭޝިއާ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.

އާބާދީގައި 60 ޕަސެންޓް މުސްލިމުން ހިމެނޭ މެލޭޝިއާ އަކީ މެދުއިރުމަތީގެ މައްސަލައިގައި ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ.

12 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރުދޭ

28 November 2021

މަ ހިތައް އަރާ ހަމަ މުސްލިމުންބާއޭ ކޮމެންޓުކޮށްފަ މި ތިބީ އިޒުރޭލާ އެއްކޮޅަށް..ލަދެއްވެސް ބިރެއްވެސް ނެތެެއްނު އަޅެ??

The name is already taken The name is available. Register?

ވަހީދު

27 November 2021

ބިންފޭރުމަށް މީހުން މެރުމަކީ ކޮންކަހަލަ ކަމެއްބާ؟

The name is already taken The name is available. Register?

ފަގުޑި

25 November 2021

ރާއްޖެއައް ކެރިދާނެތަ އިޒުރޭލު މީހުން ރާއްޖެ ނޭރޭނެކަމައް ނޯޓިސް އެއް ނެރިލަން؟ މަށައް ހީވަނީ އޭރުން ދިވެހިން ޖެހޭނީ ފަރުތޮޅި ބާނައިގެން މަސްކުރޮޅި ހަދައިގެން ކާން އަތިމަތީ ތިބެންހެން..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 November 2021

ތި ކަލެއަށް ހީވާ ގޮތް.

The name is already taken The name is available. Register?

Coronavirus

26 November 2021

ދިވެހިންނަކީ އަމިއްލަ އަތުން އެއްވެސް ކަމެއް ކުރަން އެގޭ ބަޔެއް ނޫން. ރާއްޖޭގައި ހިންގާ ރިސޯޓު ތަކަކީ ބޭރުމީހުން ހިންގާ ތަންތަން. ދިވެހިންނަ ކުރެވޭނެ ކަމަކީ މުދިމު ކަމާއި ގާރީ ކަން.

The name is already taken The name is available. Register?

ވަހީދު

27 November 2021

ރާއްޖޭގައި އުޅޭނެ މުނާފިގުންގެ ގުރޫޕެއް އަބަދުވެސް. އެއިން އެކަކު ކޮރޯނާވައިރަސް ނަމުގައި ކޮމެންޓް ކޮށްފައި އެވަނީ.e

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

25 November 2021

["ކުޅިވަރާއި ސިޔާސީ ކަންކަން ގުޅުވުމަކީ ވަރަށް ލަދުވެތި ކަމެއް،" އިޒްރޭލުގެ އެސޯސިއޭޝަންގެ ޗެއާމަން އަވީވް ބުޝިންސްކީ ވިދާޅުވި އެވެ.] މިއަށްވުރެ މާބޮޑަށް ލަދުވެތި ދޯ ބައެއްގެ ބިންތައް ފޭރިގަނެގެން ތިބެން.ލަދު ކޮބާ؟؟ ވ.ވެދުން

The name is already taken The name is available. Register?

mRNA vaccines

26 November 2021

އިޒުރޭލުގެ ބިމުން ކޮންމެ ތަނެއް ކޮނުނަސް ފެންނަނީ ޔަހޫދީންނާއި ނަސާރާއިންގެ ތާރީހާ ބެހޭ ތަން ތަން މުސްލިމުންނާއި ގުޅުން ހުރި އެއްމެ ތަނެއްވެސް އަދި ނެއް ފެނިފައި. ތިހެން ހިޔާލީ ވާހަކައިގެ އަވައިގެ ޖެހިގެން ކަލޭމެން ހަލާކު ވަމުން ދަނީ

The name is already taken The name is available. Register?

ކިޔު

26 November 2021

އިޒުރޭލޭ ކިޔާ ޤައުމެއް ވުޖޫދުގަވެސް ނޯވޭ..އެއީ ފަލަސްތީން.ފަލަސްތީނަކީ ސީދާ އަސްލު އަރަބިންގެ ބިމެއް.. އިޒުރޭލޭ މިކިޔާ ނަމަކީވެސް އެހެން ބަޔަކަށް ނިސްބަތްވާ ނަމެއް. އެއީ ބަނީ އިސްރާއީލުން. ބަނީ އިސްރާއީލުންނަކީ ޔައުޤޫބުގެފާނުގެ 12 ދަރިކޮޅަށް ނިސްބަތްކޮށް ކިޔޭ ނަމެއް..ފަލަސްތީނުގެ ބިންތައް ފޭރިގެންތިބި ޔަހޫދީންނަކީ ޔޫރަޕުން އެބިމަށް އައިސް އުޅޭބައެއް..އެބިމާ ގުޅުންވެސް ހުރި ބައެއް ނޫން.

The name is already taken The name is available. Register?

ކިޔު

26 November 2021

ފަލަސްތީނަކީ ވ.ގިނަ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން އެބިމަކުން ފާޅުވި ބިމެއް..މިއިން ކޮންމެ ބޭކަލަކީ މުސްލިމެއް..ބައެތުލްމަޤްދިސަކީ ސުލައިމާންގެފާނު ބިނާކުރެއްވި ރަށެއް..އެކަލޭގެފާނަކީ މުސްލިމެއް..ވީމާ އެބިން މުސްލިމުންނާ ނުގުޅޭނެ އެއްވެސް ގޮތެއް ނެތް..

The name is already taken The name is available. Register?

120687

25 November 2021

ދޭނެ ކަމެއް ނެތް. އިޒްރޭލަކީ އުވާލަންޖެހޭ ގައުމެއް. އެއްވެސް އަސާސެއް ނެތް ނެތް ގައުމެއް.

The name is already taken The name is available. Register?

87654

26 November 2021

ޕާކިސްތާނާއި ބަންގުލާދޭޝް އުވާލަން ނުބުނީ ކީއްވެ، އެއީ އިންޑިޔާ އަތުން ފޭރިގަނެގެން އުޅޭ ބިންތަކެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454