ދުނިޔެ / ލަޑީމިއާ ޕުޓިން

ބައިޑެން ޕުޓިން އަށް: ނަމަނަމަ ޔޫކްރޭނަށް ހަމަލާއެއް ނުދޭތި!

ރައީސް ބައިޑެން (ކ) އާއި ރައީސް ޕުޓިން، އިއްޔެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރައްވަނީ. --އޭއެފްޕީ

08 ޑިސެމްބަރ 2021 - 12:31

2 comments

ރަޝިޔާ އިން ޔޫކްރޭނަށް އަސްކަރީ ހަމަލާއެއް ދީފި ނަމަ، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް އިންޒާރު ކުރައްވައިފި އެވެ.

ދެ ރައީސުން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުން ދެ ގަޑިއިރަށް ދެމިގެން ދިޔައިރު، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޔޫކްރޭންގެ މައްސަލައިގަ އެވެ. މި މަޝްވަރާތަކުގައި ރައީސް ބައިޑެން ވިދާޅުވި ގޮތުގައި، ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން އަޅާނެ އެވެ.

އޭގެ އިތުރުން "އެހެން ފިޔަވަޅުތަކެއް ވެސް" އަޅާނެ ކަމަށް ބައިޑެން އިންޒާރު ކުރެއްވި ކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ދެ ރައީސުންގެ މި މަޝްވަރާތަކުގައި ރައީސް ބައިޑެން ވަނީ، ޔޫކްރޭންގެ މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެމެރިކާ ސަރުކާރުން ޔޫކްރޭނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް، ރައީސް ޕުޓިން އަށް ދަންނަވައިފަ އެވެ.

"ރައީސް ބައިޑެން ވަރަށް ސާފުކޮށް ރައީސް ޕުޓިން އަށް ދެންނެވި، ރަޝިޔާ އިން ޔޫކްރޭނަށް އަރައިގެންފި ނަމަ، އެމެރިކާ އާއި ޔޫރަޕްގައި ތިބި އަހަރެމެންގެ ބައިވެރިންގެ ފަރާތުން، ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކަކުން ރަޝިޔާ އަށް ރައްދު ދޭނެ ކަމަށް. އަދި މިހާރު ޔޫކްރޭނަށް އަހަރެމެން ދޭ އެހީތެރިކަމުގެ އިތުރުން، ދިފާއީ އިތުރު ވަސީލަތްތައް ޔޫކްރޭނަށް ދޭނެ ކަމަށް ވެސް ރައީސް ބައިޑެން، ރައީސް ޕުޓިން އަށް ދެންނެވި. އަދި އެފަދަ އުދުވާނަކުން ދިފާއުވުމަށް ބޭނުންވާ ގާބިލްކަން، އިރުމަތީ ސަރަހައްދުގައި ތިބި އަހަރެމެންގެ ނޭޓޯގެ ބައިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި،" ސުލިވާން ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކަށް ފަހު ރަޝިޔާ އިން ބުނެފައިވާ ގޮތުގައި، ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރި އަށް ސިފައިން ޖަމާކުރަނީ، އެއްވެސް ހާލެއްގައި ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ނިޔަތެއްގައެއް ނޫނެވެ. އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި އަޅާ ފިޔަވަޅެކެވެ.

ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ރޭވުމެއް ރަޝިޔާ ސަރުކާރުން އޮތީ ތައްޔާރުކޮށްފަ އެވެ. އަދި މި ހަމަލާގައި ރަޝިޔާގެ 175،000 ސިފައިން، ބަރު ހަތިޔާރާއި އަސްކަރީ ޒަމާނީ އާލާތްތަކާ އެކު ބައިވެރިވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ސުލިވާން ވިދާޅުވި ގޮތުގައި މިފަހަރު ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، 2014 ވަނަ އަހަރު ރައްދު ދިން ގޮތަށް ވުރެ މާ ހަރުކަށިކޮށް، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ރަޝިޔާ އަށް ރައްދު ދޭނެ އެވެ. ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަނެ ހިންގި އުދުވާނީ ހަމަލާތަކަށް ފަހު، ޔޫކްރޭންގެ ކްރީމިއާ ސަރަހައްދު ވަނީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

"ރައީސް ބައިޑެން، ރައީސް ޕުޓިންއާ ހަތަރު ކަޅި ހަމަކުރައްވައި ވިދާޅުވި، 2014 ވަނަ އަހަރު އަހަރެމެން ނުކުރި ކަންތައް ކުރުމަށް މިހާރު މިތިބީ ތައްޔާރަށް ކަމަށް،" ސުލިވާން ވިދާޅުވި އެވެ.

އެމެރިކާ އާއި ނޭޓޯ އިން ރަޝިޔާ އަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ކުރެއްވި ނަމަވެސް، ޔޫކްރޭން މައްސަލަ ސުލްހަވެރި ގޮތުގައި ހައްލުކުރެއްވުމަށް، ރައީސް ބައިޑެން ވަނީ ރައީސް ޕުޓިން އަށް ދަންނަވައިފަ އެވެ. އެ ގޮތުން އެމެރިކާ އާއި ވިލާތުގެ އިއްތިހާދާއި ޔޫކްރޭން ސަރުކާރާ އެކުގައި މަޝްވަރާ ކޮށްގެން، މި މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް، ރައީސް ޕުޓިން އަށް ރައީސް ބައިޑެން ދެންނެވި އެވެ.

ދެ ރައީސުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި އެހެން ކަންތަކުގެ ތެރޭގައި، އެމެރިކާ އާއި ރަޝިޔާގައި ހުރި އަނެއް ގައުމުގެ ޑިޕްލޮމެޓިކް އިދާރާތައް އަލުން ހުޅުވުމުގެ މައްސަލަ ހިމެނެ އެވެ. ނަމަވެސް މިކަމާ މެދު ވަކި ގޮތަކަށް ދެ ރައީސުން އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.

ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، ބޯލްޓިކް ކަނޑުގެ އަޑިން ރަޝިޔާ އިން ޖަރުމަނަށް އަޅާފައިވާ ގޭސް ހޮޅިން، ޖަރުމަނަށް ގޭސް އެތެރެކުރުން ހުއްޓައިލުމުގެ ބިރު އެބަ އޮތެވެ.

"އެ ގޭސް ހޮޅިން ޖަރުމަނަށް ގޭސް ދަތުރުކުރާ ތަން ދެކެވަޑައިގަންނަވަން ރައީސް ޕުޓިން ބޭނުންފުޅުވާ ނަމަ، ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ނުރައްކަލާ ކުރިމަތިލައްވަން ޕުޓިން ބޭނުންފުޅެއް ނުވާނެ،" ސުލިވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ރައީސުންގެ މަޝްވަރާތަކަށް ފަހު، ރައީސް ބައިޑެން ވަނީ، ފްރާންސް، ޖަރުމަން، އިނގިރޭސި ވިލާތުގެ އިތުރުން އިޓަލީގެ ވެރިންނަށް ފޯނުން ގުޅުއްވައި، ޕުޓިންއާ އެކުގައި ކުރެއްވި މަޝްވަރާތަކުގެ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

08 December 2021

ބަލަ ރަޝީޔާއިން ހަމަލަދޭނެބައެއް އެނގޭނީ އެމީހުންނަށް. ބައިޑަނަކަށްނޫން.

The name is already taken The name is available. Register?

ތުރަމޕް

08 December 2021

ބައިޑެން ދެން ތިއީ ކާކު އިޒްރައިލް މީހުންނަށް ޕަލަސްތީނުގެ މީހުންނަށް އަނިޔާ ދެމުންދާ އިރު ކުޅި ބަލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454