ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ
14 މެއި 2022 - 19:11
ކޮލަމްބޯ (މެއި 14) - ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުވުމުގެ ކުރިން އަދިވެސް ވަރަށް ބޮޑަށް ގޯސްވާނެ ކަމަށާއި އަމާޒަކީ ރައްޔިތުން ބަނޑަށް ނުޖެހި، އާއިލާތަކަށް ތިން ކާންދެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި ރަނިލްގެ ފުރަތަމަ އިންޓަވިއުގައި ވަނީ ދުނިޔޭގެ ގައުމުތަކުގެ މާލީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި ގައުމު ބަނޑަށް ޖެހުނަކަ ނުދޭނެ ކަމަށާއި ކޮންމެވެސް ގޮތަކުން ކާބޯތަކެތި ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާގެ އިގްތިސާދު އޮތީ ފުނޑިފައި ކަމަށާއި ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކެތްތެރިވުން ކަމަށް ވެސް ހަވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވި އެވެ.
ރާޖަޕަކްސާ އާއިލާއާ ގުޅުން އޮންނަ ރަނިލް ވިދާޅުވީ ކުރީގެ ބޮޑުވަޒީރުގެ ސިޔާސަތުތައް އޭނާ ބަދަލު ކުރައްވާނެ ކަމަށެވެ.
"މި ގައުމު ހަމަ މަގަށް އެޅުމަށް ބޭރުގެ އެހީ މަދުވެގެން އަހަރަކަށް ބޭނުންވޭ. ކޮންމެ އެއްޗެއް ލިބުނަސް އޭގެ ބަދަލު ދޭނަން. އަޅުގަނޑުމެންނަށް އެހީތެރިވެ ދެއްވާ. މިއީ އޭޝިއާގެ އެންމެ ދުވަސްވީ ޑިމޮކްރެސީ އޮތް ގައުމު،" ރަނިލް ވިދާޅުވި އެވެ.
ލަންކާ މިހާރު ތަޖްރިބާކުރަމުން ދަނީ 1948 ވަނަ އަހަރު އެ ގައުމު މިނިވަންވި ފަހުން ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ތަދުމަޑުކަމެވެ. ކާބޯތަކެއްޗެއް، ތެލެއް، ބޭހެއް، ގޭހެއް ނެތެވެ. ޕެޓްރޯލް ހޯދަން ކިޔޫގައި އެތައް އިރަކު ތިބެންޖެހެ އެވެ.
މި ހުރިހާ ކަމަކަށް ކެތްނުވެގެން ރައްޔިތުން ނުކުމެ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔި
15 May 2022
ރާއްޖެއިންވެސް އެހީތެރިވުމަށް ގޮވާލަން.
ކަތްދައްތަ
14 May 2022
ދިވެހިރާއްޖޭގެ ވެރިކަމާއި މައުމޫނު ހަވާލުވެ ވަޑައިގެން ކުރެއްވި ފުރަތަމަ ކަމަކީ ރަށްތިތުންނަށް ތިންއިރު ކާންވެދޭނެ ގޮތެއް ހަމަޖެއްސެވުން. އެކަން އެހެން ކުރުމަށްޓަކައި ފުރަތަމަވެސް ފަޠުހުﷲ ޖަމީލު ފޮނުއްވީ ލަންކާއަށް. ތިންމަސްދުވަހަށް ބޭނުުންވާ ކާނާ ހޯއްދެވީ މިގޮތުން. މައުމޫނާ ދިމާއަށް ހިތުހުރިހާ އެއްޗެއް މިއަދުގެ ޒުވާނުން ކިޔަމުންދުވާއިރު އެވެރިންގެ މައިންބަފައިން ބަޑަށް ހާންތިޔަ ނުދީ ހިފެހެއްޓިގޮތްވެސް ނޭގެ.
ޖަނާ
15 May 2022
މައުމޫނުގެ ފަރާތުން މޮޅު ތަކެއް ވެ، މާލެއިން ގެވަޅު ލިބި، ބަންގާޅު ބޭންކް މިހާރުގެ ބީއެމްއެލް އިން ލޯން ލިބިގެން ގެހަދާ ރާއްޖެތެރެއިން މީހުން ގެނަސް ގެ ކުއްޔަށް ނަގުވައި އަރާމުގަ އުޅޭ މީހުން މައުމޫނުގެ ވާހަކަ ތިހެން ދައްކާނެ. ހަގީގަތަކީ އާބާދީގެ ދެބައި ކުޅަ އެއްބައި ކުލި ދައްކާފަ އަދިވެސް 3 އިރު ނުކާ ތިބެނީ
ބަލަމު
14 May 2022
ގޯޓާބޭގެ ގޮނޑިކޮށްކޮއަކަށްވެ، އިސްތިޣުފާދިން މިނިސްޓަރުންގަކެއްލައިގެން ތިކުޅިގަނޑުކުޅެން ދޫކޮށްގެން ރައްޔިތުން ރުހިދާނެކަމަކީ ސުވާލުއުފެދުމަށްވުރެ ނުވާނެކަން ޔަޤީންކަމެއް. ބަލަންތިބެންވީ!
ރަދީފު ބިން ރަފައިދާ
14 May 2022
ވެރިން ނުކަންޏާ ރައްޔިތުންނަށް ކާންދެވޭނެ.