މަސްތުވެފައި އިން ޕައިލެޓް އަތުލައިގަތީ ކޮކްޕިޓުން

އޮޓާވާ (ޖެނުއަރީ 2) - ކެނެޑާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓްގައި މަސްތުވެފައި އިން ޕައިލެޓަކު ބޯޓު ނައްޓާލުމުގެ ކުރިން އަތުލައިގެންފި އެވެ.


އުމުރުން 37 އަހަރުގެ ޕައިލެޓް އަތުލައިގަތްތާ ދެ ގަޑިއިރު ފަހުން ވަނީ އޭނާގެ ހަށިގަނޑުން އެލްކޮހޯލުގެ މިންވަރު ހުއްދަ މިންވަރަށް ވުރެ ތިން ގުނަ އިތުރަށް ހުރި ކަމަށް ދައްކައިފަ އެވެ. މަސްތުވެފައި އިން ޕައިލެޓް ދުއްވަން އުޅުނު ބަޖެޓް އެއާލައިނުގެ ބޯޓު މެކްސިކޯ އަށް ފުރުވާލާފައި ވަނީ އެހެން ޕައިލެޓަކާ އެކު އެވެ.

ސްލޮވާކިއާ ޕައިލެޓް މަސްތުވެފައި އިންކަން ފާހަގަ ކުރެވުނީ އެއާލައިނުގެ ސްޓާފަކަށެވެ. ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަން އެކަން ގެނައުމާ އެކު ޕައިލެޓް ވަނީ ބޯޓުން ބާލައިފަ އެވެ. ޕައިލެޓުގެ މައްޗަށް ވަނީ މަތިންދާ ބޯޓު ނުދުއްވޭ ފަދަ ހާލަތެއްގައި އިނދެ ބޯޓު ދުއްވަން އުޅުމުގެ ދައުވާ އުފުލައިފަ އެވެ.

ކެނެޑާ ފުލުހުން ބުނީ މަސްތުވެފައި ހުރި ޕައިލެޓަކަށް ބޯޓު ދުއްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. ސަބަބަކީ ފްލައިޓް ކްރޫންނާއި ގޭޓް ކުރޫން ޕާސްކޮށްފައި ދާއިރު ޕައިލެޓުންގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަ ކުރެވޭ ނަމަ ރިޕޯޓް ކުރާނެތީ ކަމަށެވެ.