ދުނިޔެ / އދގެ ޖެނެރަލް އެސެމްބްލީ

ދުނިޔެ މިއޮތީ ނުރައްކަލަށް ވެއްޓި ވާވެފައި: އދ

ސެޕްޓެމްބަރ 20، 2022؛ އދ.ގެ 77 ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވުމުގެ ގޮތުން. އދ. މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ތަގުރީރު ކުރައްވަނީ. --އޭއެފްޕީ

21 ސެޕްޓެމްބަރ 2022 - 13:04

7 comments

އަދުގެ ދުނިޔެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓި ވާވެފައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އދ.ގެ 77 ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވުމުގެ ގޮތުން، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިއްޔެ ދެއްވި ތަގުރީރުގައި ގުޓަރެސް ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އަދި އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ގައުމުތައް ބޭނުންނުވާ ކަމަށާއި އެކަމަށް ތައްޔާރުވެސް ނުވާ ކަމަށެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ވިދިގެން ކުރިމަތިވެފައިވާ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި، އާންމު މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށް ދާއިރު، އެންމެ ބޮޑަށް ބަހުސްކުރެވޭނެ އެއް މައުލޫއަކަށް ވާނީ އެ ހަނގުރާމަ އެވެ. ދުނިޔޭގެ ސުލްހަޔާއި އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވިޔަސް، ސެކްރެޓަރީ ޖެނެރަލްގެ ތަގުރީރު ފެއްޓެވީ އުންމީދުގެ ބަސްކޮޅަކުންނެވެ.

ގުޓަރޭސްގެ ތަގުރީރު ފެއްޓެވީ، ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް ހިފައިގެން ދަތުރަށް ފެށި، އދ. އިން ޗާޓަރުކުރި ފުރަތަމަ އާގުބޯޓުގެ ފޮޓޯއެއް ދައްކަވާލައްވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ބަންދުކޮށް އިމްޕޯޓް އެކްސްޕޯޓް ވަނީ ހުއްޓިފަ އެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ނެރޭ އެއް ގައުމު ކަމަށްވާ ޔޫކްރޭންގެ އެކްސްޕޯޓް މެދުކެނޑުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށައިފަ އެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ތުރުކީ ވިލާތާއި އދ. މަޖިލީހުން މެދުވެރިވެގެން، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު، މިދިޔަ ޖުލައި 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން، މިހާރުވަނީ ޔޫކްރޭނުން ގޮވާން ބޭރުކުރަން ފަށައިފަ އެވެ.

ޔޫކްރޭނުން ގޮވާން ބަރުކޮށްގެން ފުރި ފުރަތަމަ އާގުބޯޓުގެ މަންޒިލަކަށް އދ. އިން ހަދާފައިވަނީ ހޯން އޮފް އެފްރިކާ (ސޯމާލިއާ، އިތިއޮޕިއާ، އެރިޓްރިއާ، ޖިބޫތީ) ސަރަހައްދެވެ. އެ ގައުމުތަކަކީ، މިވަގުތު ކާޑުގެ ބާވަތްތަކަށް އެންމެ ބޮޑަށް ދަތިވެފައިވާ ގައުމުތަކެވެ.

ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރަން ފެށުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން، ގުޓަރެސް ވިދާޅުވީ ބައިނަލްއަގުވާމީ ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި މަގަކީ، މަޝްވަރާކޮށް ވާހަކަ ދެއްކުމާއި އެއްބާރުލުން ކަމަށެވެ. އަދި އެކަނިމާއެކަނި ގޮތް ކަނޑައެޅޭ ވަރުގެ އެއްވެސް ބާރެއް އަދި އެއްވެސް ޖަމާއަތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ބައެއްގެ ގޮތުގައި، މުޅި ދުނިޔޭގެ ކޯލިޝަނެއްގެ ގޮތުގައި، އެކުވެރި ދައުލަތްތަކުގެ މަޖިލީހުގެ ގޮތުގައި އެންމެން މަސައްކަތް ކުރަމާ ހިނގާ. ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކާ ދެމެދު، އުތުރާއި ދެކުނާ ދެމެދު، އެކި އިމްތިޔާޒުތައް ލިބިފައިވާ މީހުންނާއި އެނޫން މީހުންނާ ދެމެދު ހުރި ތަފާތުތައް މިހާރު އަންނަނީ އިތުރަށް ނުރައްކާތެރިވަމުން،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދާ، އދ.ގެ 77 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުންތަކަކީ، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މެމްބަރު ގައުމުތަކުގެ ހުރިހާ ވެރިން، އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާ ފުރަތަމަ ބައްދަލުވުމެވެ. ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމާ ގުޅިގެން، 2020، 2021 ވަނަ އަހަރުގެ ދެ ބައްދަލުވުމުގައި ބައެއް ގައުމުތަކުގެ ވެރިން ތަގުރީރުކުރެއްވީ ވީޑިއޯ ލިންކުގެ ޒަރީއާއިންނެވެ.

އާންމު މަޖިލީހުގެ މިދައުރުގެ ބައްދަލުވުންތަކުގައި މެންބަރު 193 ގައުމުގެ ވެރިންނާއި، ވެރިން ވަޑައިނުގަންނަވާ ގައުމުތަކުގެ ފަރާތުން މަންދޫބުން ތަގުރީރުކުރައްވާނެ އެވެ. މިމަހުގެ 20 ވަނަ ދުވަހު ފެށުނު، ވެރިންގެ ތަގުރީރުކުރެއްވުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

7 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒޯރީ

26 September 2022

އަލިފުދާލަކީ،އެމެރިކާ! އެއީ ދުނިޔެ ފަސާދަކުރުމަސްޓަކާ ބުރަކޮސް މަސައްކަތް ކުރަމުންދާ ބަޔެއް! އެމިހުން ދަނީ އެމަގުޞަދު ޙާޞިލުކުރަމުން. އަލިފު ދާލު ނުވަތަ ޔުނައިޓެޑް ނޭޝަންސް މިކިޔަނީ، އެމެރިކާގެ ޕަޕެތަކަށް. ގުޓަރެސް ވެސް ބަލާނީ، ވަގު ދެކަޅިބަލައިގެން ހިޔަޅު މަސްބެހި އުޞޫލުން އަންނަ ދައުރަށް ހޮވޭތޯ ބުރަކޮށް އެމެރިކާ ރުއްްސަން މަސައްކަތް ކުރެވޭތީ! ކޮން ފައްތަރެކޭ ނުރައްކާތެރިކަމެކޭ ކިޔާކަށް!

The name is already taken The name is available. Register?

އިސްމާލި

25 September 2022

ދުނިޔެ ނުރައްކަލަކަށް ވެއްޓިގެ ލޮލަށް ނިދި ނައިސްގެން އުޅެނީ ދޮން މީހުނާއި ދޮން މީހުނާ ޖެހި ހަނގުރާމަ ކުރަން ފެށުމުން. އެމެރިކާ އިސްވެ އޮވެ ދޮން މީހުންވެގެން މެދުއިރުމަތީގެ އެތައް ގައުމެއް ތަޅާ ސުންނާފަތިކޮށް ބިމާހަމަކޮށް އެތައް ޖީލުތަކެއް ނެތިކޮށްލި އިރު ދުނިޔެ ހަމަނުޖެހުމަށް ވެއްޓިގެނެއް ނޫޅޭ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

22 September 2022

މަހިތަށްއަރާ މިއުޅޭ ސަލީމް އިދުރީސް މިއީ އެމެރިކާއިން ކިހާވަރެއްގެ މުސާރައެއް ލިބޭ މީހެއްބާއޭ. އެގޮލަޔަށް ނުފެނޭ އެމެރިކާއާ ޔޫރަޕުން އިންސާނުންނާއި މުޅި ދުނިޔެއަށް ދިން ގެއްލުމުގެ އެއް ޕަސެންޓްވެސް. އަބަދު ޕޫޓިންއާ އަޅައިގަނެގެން.

The name is already taken The name is available. Register?

އަފްރާސިޔާބު

22 September 2022

ރަނގަޅަށް ތިބުނީ. ތިތަން އުވާލާ! ފަގީރު ގައުމުތަކުން ޗަންދާ ނަގައިގެން އެމެރިކާއާއި ޔޫރަޕު ހިތްހަމަޖައްސަން އޮންނަ ތަނެއް ތިތަނަކީ. ތިތަނުގައި ތިބެގެން އިންޓަނޭޝަނަލް ލޯ ހިންގަނީއޭ ކިޔައިގެން ގައުމުތަކަށް އަދަބުދީ އެތަންތަން ލޫޓުވުން ނޫން އެހެންކަމެއް އެބަކުރޭތޯ؟ އެމެރިކާއިން ތިޔަތަނަށް އެތައް މިލިއަން ޑޮލަރެއްގެ ޗަންދާ ނުދައްކާ އޮންނައިރު ވޯޓުދެވޭ. އެހެންގައުމެއްވިއްޔާ ފައިސާ ނުދައްކަނީސް ވޯޓު ނުދެވޭ ތަނެއް ތިތަނަކީ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

21 September 2022

ދެވަނަ ބޮޑުހަނގުރާމަ ނިމި ޔޫއެން ކިއާ ޖަމާޢަތެއް އުފެދި އެޖަމާޢަތުގެ ނިވަލުގާ ގައުމުތައް އަމާންކަމާއެކު އައީ އުޅެމުން. އުންމީދީ ދުނިޔެއެއްގެ ތަސައްވުރެއް ސިނކުޑީގަ ކުރެހުނު. ނަމަވެސް އެމެރިކާ ޖައްބާރުގެ އަމިއްލަ އެދުން ކުރިއަށްނެރެ އަލިފްދާލުގެ ޗާޓަރުގެ އިންތަކާއި މިންތައް މުގުރާލުމަށް ފަހު އަފްގާނިސްތާން އިރާގުފަދަ ގައުމުތައް ފަނާކޮށް އެމެރިކާގެ ބާރުގަ އިޒްރޭލުން އަލިފްދާލުގެ އެތައް ގަރާރެއް ވެއްޔާ މޮޑެލި. ނަތީޖާއަކީ އަލިފްދާލުގެ ބާރު ކެނޑުން.

The name is already taken The name is available. Register?

އަފްރާސިޔާބު

22 September 2022

އިއްޔެވެސް ބައިޑަން ބުނީ ރަޝިޔާއިން އދ.ގެ ޗާޓަރާ ޚިލާފަށް މިނިވަން ގައުމަކަށް އަރާ އެތަނުގެ ރައްޔިތުން މަރައި ރިސޯސްތައް ލޫޓުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ޕޫޓިން އިހްތިރާމު ނުކުރާކަމުގެ ދަލީލެކޭ. ގައުމުތަކަށްއަރައި އަޅުވެތި ކުރުމަކީ ޑިމޮކްރަސީއާ ޚިލާފު ކަމެކޭ. ރޫލްބޭސްޑް ދުނިޔެއަށް ޕުޓިން ގޮންޖަހާ ގޮންޖެހުން ގައުމުތަކުން ހުއްޓުވަންޖެހޭޔޭ. ދުނިޔޭގެ ގައުމުތަކަށް ޕޫޓިން ބިރުދައްކާ ދެއްކުން ބަލައިނުގަނެވޭނޭ. އެނަޖީ ވަޕަންގެ ގޮތުގައި ހަދައިފިޔޭ

The name is already taken The name is available. Register?

ސަލީމު އިދުރީސް

22 September 2022

އޭތް ބީރުބޮލު ތިހެންވީއްޔާ ދުނިއެ އުފެދުނު އިރު އޮތީ ގައުތަކައް ބަހާފަތޯ ފަހުން އިންސާނުންތޯ ބެހީ! ތިހެން ބަލާނަމަ އެމެރިކާޔާ ރޫސީނާ ވެގެން ދެވަނަ ބޮޑު ހަނގުރާމާގަގެ ފަހުން ޖަރުމަން ވިލާތް ބަހާލީ! ހަންގޭރީ ފޮލެންޑު ފަރަންސޭސި ވެލާތް ދެޖަރުމަން އެވުމައް ފަހުވެސް އެންމެބޮޑު ބައި އަދިވެސް އޮތީ ރޫސީންގެ އަތުގަ! ސަންޓް ޕީޓަސަންބޯގު އެއީ ނިކަން ރޫސީނަމެއްތޯ! އެތަންތަން އަނބޫރާ ހޯދަން ހަނގުރާމަ ކުރަން ވެއްޖެނަމަ ދުވަހަކު ދުނިއެ އަމާން ވާނެތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454