25 ޖެނުއަރީ 2023 - 09:32
މިއަހަރުގެ ފިނި މޫސުމުގެ ފިނިކަން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ ސަބަބުން، މިހާތަނަށް މަދުވެގެން 157 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށް، ވެރިކަން ކުރާ ތާލިބާން ޖަމާއަތުން ބުނެފި އެވެ.
އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނާއި އާންމުން ބުނާ ގޮތުގައި މިހާރު އެމީހުން ތަޖުރިބާ ކުރަމުން ދަނީ، އެމީހުންގެ މުޅި ހަޔާތުގައި ވެސް ކުރިމަތިނުވާ ފަދަ ފިނި ކަމެކެވެ. ފިނި މޫސުމުގެ އެންމެ ފިނި ދުވަސްތައް މި މަހުގެ ކުރީކޮޅު ފެށުނު ފަހުން، ފިނީގެ ސަބަބުން މިދިޔަ ހަފުތާގެ ނިޔަލަށް އެ ގައުމުން މަރުވެފައިވަނީ 70 ވަރަކަށް މީހުންނެވެ.
🇦🇫 Two-thirds of Afghanistan’s population will need urgent humanitarian assistance in order to survive this year https://t.co/6VLTSQhymY
— The Telegraph (@Telegraph) January 24, 2023
ނަމަވެސް އޭގެ އެއް ހަފުތާ ފަހުން އެ އަދަދު ދެ ގުނަ އަށް އިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 157 އަށް އަރައިފަ އެވެ. އަހަރުގެ މި ދުވަސްވަރު އަފްޣާނިސްތާނުގެ އެވްރެޖް ފިނިމިން ހުންނަނީ ސުން ދަރަޖަ އާއި މައިނަސް ފަސް ދަރަޖައިގަ އެވެ. ނަމަވެސް މި ދުވަސްވަރު އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ އެވްރެޖް ފިނިމިނަކީ، މައިނަސް 28 ދަރަޖަ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.
ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުގައި ހުރި އަފްޣާނިސްތާނު ސަރުކާރުގެ ފައިސާތައް އެ ގައުމުތަކުން ހިފަހައްޓާފައިވާތީ، އަފްޣާނިސްތާނުގެ ރައްޔިތުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ. އެހެންކަމުން، ގަދަ ފިނިން ސަލާމަތްވުމަށްޓަކައި ކޮންމެހެން ބޭނުންވާ ހީޓަރާއި ރަޖާ ފަދަ ތަކެތި ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
Afghanistan’s winter of all winters - freezing weather has killed more than 120 Afghans in the past 2 weeks, and tens of thousands of livestock. We travel to the legendary #Salang Tunnel w/ @sanjayganguly @_rachaelthorn #Afghanistan @BBCWorld #BBCnewsTen pic.twitter.com/BV0nJMoQth
— lyse doucet (@bbclysedoucet) January 24, 2023
އެ ދަތިކަމުގެ ތެރޭގައި ގައުމު އޮއްވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަންހެނުން ބައިވެރިވުން، އަފްޣާނު ސަރުކާރުން މަނާކުރުމާ ގުޅިގެން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. ތާލިބާން ސަރުކާރުގެ އެ ނިންމުމާ ގުޅިގެން، އެހީގެ މަސައްކަތުގައި އުޅުނު ބޭރުގެ ޖަމާއަތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަމާއަތްތަކުން ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޝަފީއުﷲ ރަހީމީ ބުނި ގޮތުގައި އެ ގައުމުގެ އެކި ސަރަހައްދުގައި އާންމު ރައްޔިތުން ގެންގުޅޭ ގެރިބަކަރި އާއި ކުކުޅު ފަދަ ތަކެތީގެ ތެރެއިން 70000 ޖަނަވާރު، ގަދަ ފިނީގެ ސަބަބުން ގަނޑުވެގެން މަރުވެއްޖެ އެވެ.
އދ.ގެ އިންސާނީ އެހީތެރިކަމާ ބެހޭ އދ.ގެ އިދާރާތަކުން ބުނާ ގޮތުގައި، އަފްޣާނިސްތާނު ރައްޔިތުންގެ ތެރެއިން މަދުވެގެން 28.3 މިލިއަން މީހުން މިހާރުވެސް ތިބީ، އިންސާނީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންޖެހިފަ އެވެ. އަދި، އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްނުދެވިއްޖެ ނަމަ، މިހާރު ކުރިމަތިވެފައިވާ ފިނީގެ ސަބަބުން އެތައް ބައެއް ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޭމެންގެ އަޅުން، ދިވެހިން!
28 January 2023
އަރަބިންނަކީ މިވަގުތު މިދުނިޔޭގައިވާ އެންމެ ނަސްލީ އިމްްތިޔާޒު ބޮޑުބައިގަޑު! ހަމުގެ ކުލައިގެ ގޮތުން ދުނިޔޭގެ ދެބައިކޮއްފަ އެއްބަޔަކީ “އާބިދުން”. އެމީހުންގެ އަޅުން!
މިވާހަކަވެސް ދައްކަބަލަ
26 January 2023
@މުގާބޭ ބެ. އަރަބިން ކަނޑި ހިފައިގެން ބަޑި ހިފައިގެން ތަންތަނަށް އަރާ ގައުމުތަކުގެ ސަގާފަތާ ހުރިހާ ކަމެއް ނައްތާލިނަމަ މައްކާ މަދީނާ ސަލާމަތަކުން ނޯންނާނެ. އަފްޢާން އިރާޤު ސީރިޔާ ފަލަސްތީން ޔަމަން ލީބިޔާ ފަދަ ގައުމުތަކެއްވެސް (އެމެރިކާއިން މިގައުމުތަކަށް އެރުމުގެ ކުރިން) ސަލާމަތަކުން ނޯންނާނެ..މިބުނި ގައުމުތައް މިހާރުގެ ހާލަތަށް ވައްޓާލަން ހަލާކުކޮށް ލޫޓުވާލީ އެމެރިކާއާއި އެމީހުންގެ ބައިވެރިން..
ކިރު ސައި
25 January 2023
އަފްގާން ރައްޔިތުން ހެޔޮވިސްނުންމަށް އައިސް އަނިޔާވެރި ވެރިންގެ ކިބައިން މިނިވަންވުން އެދެން.
އެމީހ
25 January 2023
އދ. އިން ތިހެން ބުނަނީ ރަނގަޅު ނިޔަތެއްގައި ނަމަ މިހާރުން މިހާރަށް ޤައުމުތަކުން ހިފަހަށްޓާފައިވާ އަފްޣާނު ސަރުކާރުގެ ފައިސާ ދޫކޮއްލުމަށް އަންގަބަލަ.
ޅިންބި
25 January 2023
އެފައިސާލިބޭނީ އަންހެންކުދިންނަ ކިޔަވަން ސްކޫލްލައް ދެވުނުދުވަހަކުން.
އެޗް އެމް.
25 January 2023
ދުނިޔެމަތީގަ ތަފާތު އިމްތިހާނުތަކާ ކުރިމަތިލާންޖެހޭނެ. ތިއީވެސް މިވަގުތު އަފްއާނުގެ މީހުންނަށް ހާއްސަ އިމްތިހާނެއް. ކެތްތެރިކަމުގެ އިމްތިހާނު، ދީލަތިކަމުގެ އިމްތިހާނު. ކުރިމަތިލުމުގެ އިމްތިހާނު، މިހެންގޮސް ކިތައްމެ އިމްތިހާނެއް.
އަހުމަދު އަލީ
25 January 2023
ކީއްވެބާ މި އިމްތިހާނު މިހާ ގިނައިން އަފްގާނުގަ ބާއްވަނީ. މިހާރު މިވަނީ ރަނގަޅު 45 އަހަރު ތި އިމްތީހާނު އަފްގާނުގަ ބާއްވާތާ.
ޢަޙީ
25 January 2023
ކީއްވެ އަފްގާނުގަ ބާއްވަނީ އަބަދު ތި އިމްތިހާނު
ވާން
25 January 2023
އެމެރިކާ ނުވަތަ ޔޫރަޕްގެ ގައުމަކަށް ދިމާވިކަމެއް ނަމަ ބުނާނީ ތިހެނެއްނޫން. މުނާފިގުންގެ އުސޫލަކީ ތީ.
މުގާބޭ ބެ
26 January 2023
އަރަބިން ގައުމުތަކަށް ކަނޑި ހިފައިގެން އަރާ އެގައުމުތަކުގެ ސަގާފަތާއި ހުރިހާ ކަމެއް ނައްތާފަ، އެމީހުންނަ ދަސްކޮށްދިން ހަމަ އެކަނި ކަމަކީ އުމުރު ދުވަހަށް ބަޑި ހިފައިގެން އެކަކު އަނެކަކަށް ހަމަލާ ދޭން . އަރަބިން ތެޔޮވަޅުތަކުން ތެޔޮ ނަގައިގެން އަރާމުކޮށް އެއުޅޭނީ އެހެން ގައުމުތައް ނައްތާލާފަ