އެންމެ އުފާވެރި ގައުމަކީ ނޯވޭ

އެންމެ އުފާވެރި ގައުމު ކަމަށް އދ. އިން ކަނޑައަޅާ ލިސްޓުގެ އެއް ވަނަ ނޯވޭ އަށް ލިބިއްޖެ އެވެ.


އަވަށްޓެރި ޑެންމާކުގެ މަގާމު ނޯވޭއަށް ލިބިފައި ވާއިރު ދެ ވަނަ އަށް އެންމެ އުފާވެރި ގައުމަކީ ޑެންމާކެވެ. އެއަށް ފަހު އައިސްލެންޑް، ސްވިޓްޒަލެންޑް އަދި ފިންލެންޑެވެ.

ގައުމުގެ ޖުމުލަ "ދުޅަހެޔޮ ކަމަށް" ބަލައިގެން އެކުލަވާލައި "ވޯލްޑް ހެޕިނަސް ރިޕޯޓް" ގައި އެންމެ މަތިން ޕޮއިންޓް ލިބިފައި ވަނީ ހުޅަނގު ޔޫރަޕާއި އުތުރު އެމެރިކާގެ ގައުމުތަކަށެވެ. އެމެރިކާއަށް 14 ވަނަ ލިބުނު އިރު އިނގިރޭސި ވިލާތަށް ލިބުނީ 19 ވަނަ އެވެ.

ހަމަނުޖެހުންތަކާއި ފަގީރުކަން ބޮޑު ސަބް-ސަހާރަން އެފްރިކާގެ ގައުމުތައް އުޅެނީ ލިސްޓުގެ ފުލުގަ އެވެ.

އދ. އިން ފާހަގަކުރާ އުފާވެރިކަމުގެ ދުވަސް ނުވަތަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، އެ ޖަމިއްޔާއިން ނެރުނު ލިސްޓުގައި 155 ގައުމެއް ހިމެނެ އެވެ. ހަނގުރާމަ އާއި ހައިހޫނުކަމާ ކުރިމަތިވެފައިވާ ޔަމަން 146 ވަނާގައި އޮތް އިރު އެ ހާލުގައި އޮތް ސައުތު ސޫދާން އޮތީ 147 ވަނާގަ އެވެ. ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާ އޮތީ 152 ވަނާގަ އެވެ.