ގެމްބިއާގައި މި އަހަރުގެ ރޯދަ މަހު ވެސް ނެށުމާއި މިއުޒިކް މަނާ

ބަންޖޫލް (ޖޫން 15) - މި ރޯދަ މަހު ވެސް ގެމްބިއާގައި މިއުޒިކް ކުޅުމާއި ނެށުމުގެ ހުރިހާ ހަރަކާތްތަކެއް މަނާކޮށްފި އެވެ.


ހުޅަނގު އެފްރިކާގެ ކުޑަ ގައުމުގައި ރޯދަ މަހު މިއުޒިކް ކުޅެ ނަށާ މީހުން ފުލުހުންނަށް އެންގުމަށް ވެސް ފުލުހުންގެ ތަރުޖަމާން ލަމިން ޖީ ވިދާޅުވި އެވެ. ފުލުހުންގެ މި އަމުރާ އެއްވެސް މީހަކު މިހާތަނަށް ޚިލާފުވެފައި ނުވާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. މިއުޒިކާއި ނެށުން ހިމެނޭ އެއްވެސް ހަފުލާއެއް ދުވާލު ވެސް އަދި ރޭގަނޑު ވެސް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ކެމްބިއާގެ ރައީސް ޔަހުޔާ ޖައްމާހު މިދިޔަ ޑިސެމްބަރު މަހު ވަނީ އެ ގައުމަކީ އިސްލާމީ ދައުލަތެއް ކަމަށް އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ގައުމުގެ ކްރިސްޓިއަނުންގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރައްވާނެ ކަމަށާއި އަންހެނުން ހެދުން އެޅުމުގައި ވަކި ކޯޑެއް ނުގެންގުޅޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ހެދުން އަޅާ އިރު ބޯ ނިވާ ކުރުމަށް އަންގާފައިވާ ސަރުކާރުގެ މޯމޯއެއް ވަނީ އޭގެ ދުވަސްކޮޅެއް ފަހުން ލީކްވެފަ އެވެ.

އާބާދީގައި ދެ މިލިއަން މީހުން ހިމެނޭ ގެމްބިއާގެ 90 ޕަސެންޓަކީ މުސްލިމުންނެވެ. ކްރިސްޓިއަނުންގެ ނިސްބަތަކީ އަށް ޕަސެންޓެވެ.

ގަޣާވާތަކުން 1994 އަހަރު ވެރިކަމަށް ވަޑައިގެންނެވި ސިފައިންގެ ކުރީގެ އޮފިސަރު ޖުއްމާހު އެ ގައުމުގައި ދަނީ ޚުދުމުޚްތާރު ވެރިކަމެއް ކުރައްވަމުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. ކެމްބިއާގެ ރިޔާސީ އިންތިޚާބު އޮންނާނީ ޑިސެމްބަރު މަހު އެވެ. ޖުއްމާހު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. --އޭއެފްޕީ