ހުޅަނގު އައްސޭރީގެ ކުޑަ ކުދިންތަކެއް ފެން ހޯދަން ކިޔޫ ޖައްސާފައި.
15 ޖޫން 2016
ގުދުސް (ޖޫން 15) - ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދުން އިޒްރޭލުން މި ރޯދަ މަހު ބޯފެނުގެ ޚިދުމަތް ކަނޑާލައިފި އެވެ.
އިޒްރޭލުގެ މި އަމަލުގެ ސަބަބުން މުސްލިމުންގެ މި މާތް މަހު ފަލަސްތީނުގެ އެތައް ހާސް ބަޔަކު އުޅެން ޖެހިފައި ވަނީ ސާފު ފެން ނުލިބި އެވެ. ޕަލަސްތީނިއަން ހައިޑްރޮލޮޖީ ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމަން ރާބީ ވިދާޅުވީ ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކަށް މިހާރު ފެން ދޫނުކުރާތާ 40 ދުވަސް ވެދާނެ ކަމަށެވެ.
"ފެން ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަމުން. ބައެއް މީހުން ފެން ޓްރަކްތަކުން ފެން ނަގާއިރު އަނެއް ބަޔަކު ދަނީ ފިލިން ޕޮއިންޓްތަކުން ފެން ނަގަމުން،" ރާބީ ވިދާޅުވި އެވެ. "ބައެއް އާއިލާތަކަށް ދުވާލަކު ލިބެނީ ދެ ލިޓަރު ނޫނީ ތިން ލިޓަރު އަދި ބައެއް ފަހަރަށް 10 ލިޓަރުގެ ފެން. ގިނަ ހިސާބުތަކުގައި ވަނީ ފެން ކޮންޓްރޯލް ކޮށްފައި."
"ބައެއް އާއިލާތަކަށް ދުވާލަކު ލިބެނީ ދެ ލީޓަރު ނޫނީ ތިން ލީޓަރު އަދި ބައެއް ފަހަރަށް 10 ލިޓަރުގެ ފެން. ގިނަ ހިސާބުތަކުގައި ވަނީ ފެން ކޮންޓްރޯލް ކޮށްފައި،"
ސާޅީސް ހާސް މީހުން ދިރިއުޅެނީ ހުޅަނގު އައްސޭރީގެ ޖެނިންގެ ފެނުގެ ސަޕްލައި ވަނީ ދެބައިކުޅަ އެއް ބަޔަށް މަދުކޮށްފަ އެވެ. އެކަމަކު ހުޅަނގު އައްސޭރީގައި އުޅޭ އިޒްރޭލު މީހުންނަށް ފަލަސްތީނު މީހުންނަށް ވުރެ ފަސް ގުނަ އިތުރަށް ފެން ދޫކުރެ އެވެ.
އދ. އިން ބުނާ ގޮތުގައި ކޮންމެ ހާލަތެއްގައި ވެސް ކޮންމެ މީހަކަށް ވެސް ދުވާލަކު މަދުވެގެން 7.5 ލިޓަރުގެ ފެން ބޭނުންވާނެ އެވެ. ނަމަވެސް ފިނިހޫމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި އުޅޭ ފަލަސްތީނު މީހުންނަށް މި އަދަދަށް ވުރެ ގިނައިން ފެން ބޭނުންވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް