އިންޑިއާގެ ކުރީގެ ވަޒީރަކު 82 އަހަރުގައި، ޖަލުގައި އޭލެވެލް ހަދައިފި

ހަރިޔާނާ (މެއި 19) - އިންޑިއާގެ ކުރީގެ ވަޒީރަކު އުމުރުން 82 އަހަރުގައި، ގްރޭޑް 12 ނިންމުމަށް ފަހު ހަދާ އޭ-އެލްވެލް އިމްތިހާން ހަދާ ފާސްވެއްޖެ އެވެ.

އުތުރުގެ ހަރިޔާނާ ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ހަތަރު ދައުރު ފުރިހަމަކޮށްފައިވާ އޮމް ޕްރަކާޝް ޗައުޓަލާ އިމްތިހާން ހެދީ ދިއްލީގެ ތިހާރު ޖަލުގަ އެވެ. އޭނާ ޖަލަށްލާފައި ވަނީ ޓީޗަރުންތަކެއް ހޯދި މައްސަލައެއްގައި ކުށްވެރިވެ، އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ބެލުމަށް ފަހު އެވެ. ޗައުޓަލާ އާއި އިތުރު 54 މީހަކު ވަނީ ނުބައި ލިއުންތަކެއް ބޭނުންކޮށްގެން 3،206 ޓީޗަރުން 1999-2000 އާ ދެމެދު ހޯދައިފަ އެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ކޮލިފައިޑް ޓީޗަރުންގެ ބަދަލުގައި ނަގާފައި ވަނީ ރިޝްވަތު ހުށަހެޅި ފެންވަރު ދަށް ޓީޗަރުން ކަމަށެވެ.

ޗައުޓަލާގެ ދަރިއެއް ކަމަށްވާ އަބޭ ޗައުޓަލާ ބުނީ އިމްތިހާން ހަދަން ބައްޕަ ނިންމީ ޖަލުގެ ދުވަސްތައް ފައިދާ ހުރި ގޮތުގައި ބޭނުން ކުރަން ކަމަށެވެ. އަދި ޖަލުގެ ލައިބްރަރީ އަށް ބައްޕަ ކޮންމެ ދުވަހަކު ވެސް ގޮސް މައުލޫމާތު މުއްސަނދިކުރާ ކަމަށް އަބޭ ޗައުޓަލާ ބުންޏެވެ.

ޗައުޓަލާ އަކީ އިންޑިއަން ނޭޝަނަލް ލޮކް ދާލް ޕާޓީގެ ލީޑަރެވެ. އަދި އޭނާ އަކީ ބޮޑު ވަޒީރުގެ ކުރީގެ ނައިބް ދޭވީ ލާލްގެ ދަރިއެއް ވެސް މެ އެވެ.