ބްރެޒިލްގެ ސިޔާސީ މީހެއްގެ ކައިވެންޏަށް ބިސް ޖަހައިފި

ރިއޯ ޑި ޖެނީރޯ (ޖުލައި 16) - ބްރެޒިލްގެ ސިޔާސީ މީހެއްގެ ކައިވެނީގެ ހަފުލާ ކުރިއަށް ދަނިކޮށް ބަޔަކު ބިސް ޖަހައިފި އެވެ.


ސްޓޭޓް އެސެމްބްލީ މެންބަރު އަދި ހެލްތު މިނިސްޓަރު ރިކާޑޯ ބަރޮސްގެ އަންހެން ދަރިކަނބަލުން މާރިއާ ވިކްޓޯރިއާ ބަރޮސް، 25، ގެ ކައިވެނީގެ ތެރޭގައި ހަމަނުޖެހުން ހިންގީ އެ އާއިލާ އިން ރައީސް މިޝޭލް ޓެމާއާ ގުޅުން ބާއްވާތީ އެވެ. ކައިވެނީގެ ހަފުލާ ބޭއްވި ފައްޅީގެ ބޭރަށް އެތައް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގި އެވެ. ހަފުލާގެ ތެރެއަށް ބިސް އުކުމުން ބަރޮސް ވަނީ ހަފުލާ ދޫކޮށް ގޮހެވެ.

ކައިވެނީގެ ހަފުލާގައި ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން ވެސް ބައިވެރިވި އެވެ. ވެރިރަށް ބްރެސީލިއާ އިން ކައިވެނީގެ ހަފުލާ ބޭއްވި ޕަރަނާ ސްޓޭޓަށް ވަނީ ކޮންގްރެސްގެ 30 މެންބަރުން ދަތުރުކޮށްފަ އެވެ.

ކައިވެނީގެ ހަފުލާ އަށް ބިސް އުކަން ފެށުމުން ސެކިއުރިޓީ ގާޑުން ވަނީ ކުޑަތައް ހުޅުވާލުމަށް ފަހު ބަރޮސް އާއި އޭނާގެ އާއިލާ އަށް ހިމާޔަތް ދީފަ އެވެ. ފުލުހުން ވަނީ އެ ހަފުލާ އަށް ގޮސް ސިޔާސީ ފަރާތްތަކަށް ހިމާޔަތް ދީފަ އެވެ.

ބަރޮސް ވިދާޅުވީ ކައިވެނީގެ ހަފުލާގައި ހަމަނުޖެހުން ހިންގީ ސްޓޭޓުގެ ގަވަރުނަރު ކަމަށް އޭނާގެ މަންމަ ވާދަކުރަން ނިންމުމުން ކަމަށެވެ. އަދި ހަފުލާގެ މެހުމާނުންނަށް ހަމަލާ އަމާޒު ކުރުމުން ހިތާމަ ކުރާ ކަމަށް ވިދާޅުވި އެވެ.