މާކެޓުގެ ވާދަވެރިކަން ބޮޑުވެ ސިންގަޕޫރު އެއާލައިންސަށް ވަނީ މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި.
ސިންގަޕޫރު (އޮގަސްޓް 4) - ސިންގަޕޫރު އެއާލައިންސް އަށް ކުރިމަތިވަމުންދާ މާލީ މައްސަލަތަކާ ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ކްރޫންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ ދޭން ނިންމައިފި އެވެ.
ސިންގަޕޫރުގެ ގައުމީ އެއާލައިނަށް ވަނީ އޭޝިއާގެ އަގު ހެޔޮ އެއާލައިންތަކާއި މެދުއިރުމަތީގެ ފެންވަރު ރަނގަޅު އެއާލައިންތަކާ ވާދަކުރަން ޖެހިފަ އެވެ. އެންމެ ފަހު މާލީ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް ސިންގަޕޫރު އެއާލައިންސަށް ވަނީ ގެއްލުންވެފަ އެވެ. އެހެންވެ ކުންފުންޏަށް ބަދަލުތައް ގެނެސް ވަޒީފާތައް މަދު ކުރުމުގެ ޕްލޭނެއް ވަނީ ރާވައިފަ އެވެ.
ސިންގަޕޫރު އެއާލައިންސް އިން ބުނީ ކްރޫންނަށް މިހާރު ހުށަހަޅާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރާއި ނޮވެމްބަރާ ދެމެދު މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށެވެ. އެއާލައިނުގެ ތަރުޖަމާނަކު ވިދާޅުވީ ކުރިމަގުގައި ވެސް ދޭތެރެ ދޭތެރެއިން މިގޮތަށް މުވައްޒަފުންނަށް މުސާރަ ނުލިބޭ ޗުއްޓީ ދޭން ޖެހޭނެ ކަމަށެވެ.
ސިންގަޕޫރު އެއާލައިންސްގައި 8،200 ކްރޫން މަސައްކަތް ކުރެ އެވެ. ނަމަވެސް އޭގެ ތެރޭން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް މިހާތަނަށް ހުށަހެޅީ ކިތައް ސްޓާފުން ކަމެއް އެއާލައިނުން ނުބުނެ އެވެ.
ދުނިޔެ އަށް ކުރިމަތިވި މާލީ މައްސަލަތަކާ ގުޅިގެން ސިންގަޕޫރު އެއާލައިންސް އިން 2009 ވަނަ އަހަރު ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބުލްބުލް
04 August 2017
ސިންގަޕޫރުގާ މީހުން ވަޒީފާގާ ބަހައްޓާ މުސާރަނުދިނަސް އަހަރެމެން އެކަކުވެސް ނޫޅޭނެ ހާސްވެގެނެއް. އެކަމަކު މިތަނުން މީހަކަށް 1 ލާރިމަދުވިޔަސް ސަރުކާރުވައްޓާލަން ނުކުންނާނެ. މީ ސިންގަޕޫރާ ދިވެހިންނާ ހުރި ތަފާތަކީ.
ޕޮޑި
04 August 2017
ވވވވ އުފާވެއްޖެ ! ވަރަށް ފޮނި ބައެއް ތިޔަ ސިންގަޕޫރް އެއަރ ލައިން އަކީ . ޢިދަ ޖެހުނީއްޔާ ރަނގަޅީ
ރަސްމާދޫ ހަސަނު
04 August 2017
ތިވަނީ ވާނެ ގޮތް، ބައްލަވާ މާލޭ އިން ސިންގަޕޫރަށް ހަތަރު ގަޑި އިރާ ބައިގެ ކަޑުމަތީ ގާ ކުރަން ޖެހޭ ދަތުރު ތަކަށް ވެސް ކޮންމެ ދުވަހަކު އެ އޮޕަރޭޓް ކުރަނީ ސިލްކު އެއާރ އޭ 320 ގެ ކުޑަ ކުޑަ ފްލައިޓެއް. އިކޮނޮމީ އާ ބިޒުނަޒް ކުލާހާ މާ ބޮޑު ތަފާތެއް ނުހުރެ...ޓިކެޓް ވިއްކަނީ 890 އަށް + މާލެ އިން ޓިކެޓް ވިއްކާ އޮފީސް ސނލނޑ އިން ކޮންމެ ޓިކެޓަކަށް ހިދުމަތުގެ އަގުގާ 100 ޑޮލަރު އިތުރަށް ނަގާ. ދަންނަވަން ޖެހެނީ ސިންގަޕޫރ އެއާރ ލައިން އޭ ބުނުމުން ދަތުރުވެރިޔާ އުއްމީދު ކުރާ ފެންވަރާ ގާތަށް ވެސް މިހާރު ހިދުމަތް ނުލިބެ ޔޭ.
ކާށި މެޓާ
04 August 2017
ސޯ ސޭޑް. :(