މިއަންމާގައި ބުޑިސްޓުން މިސްކިތެއް ތަޅާލުމާ އެކު ދީނީ ހަމަނުޖެހުން އުފެދިއްޖެ

ނޭޕީޑޯ (ޖޫން 27) - މިއަންމާގައި ހައްދުފަހަނަޅާފައިވާ ބުޑިސްޓުންގެ ގްރޫޕަކުން މުސްލިމުން ދިރިއުޅޭ އަވަށެއްގައި ހުރި މިސްކިތެއް ތަޅާލުމާ ގުޅިގެން އުފެދުނު ދީނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިން ނެރެން ޖެހިއްޖެ އެވެ.


ބުޑިސްޓުންގެ 200 ވަރަކަށް މީހުންގެ ގްރޫޕަކުން މިސްކިތް ތަޅާލާފައި ވަނީ މުސްލިމް ސްކޫލަކާ މެދު އަވައްޓެރިންގެ މެދުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ. މިއަންމާގައި ދަނީ 2012 ވަނަ އަހަރުން ފެށިގެން މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ހަމަނުޖެހުންތައް ހިންގަމުންނެވެ. އެންމެ ފަހުގެ ހަމަނުޖެހުންތަކަކީ އެ ގައުމުގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީގެ ސަރުކާރަށް ކުރިމަތިވި ގޮންޖެހުމެކެވެ.

ފުލުހުންގެ އޮފިސަރެއް ކަމަށްވާ އޮއުން ވިން ވިދާޅޫވީ މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވުމުން ބަގޯ ޕްރޮވިންސަށް 100 އަށް ވުރެ ގިނަ ފުލުހުން ނެރެފައިވާ ކަމަށެވެ. އެކަމަކު މިސްކިތް ތަޅާލި މައްސަލާގައި އެކަކު ވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތުގެ ސެކްރެޓަރީ ވިން ޝުވޭ ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމުންގެ ރައްކާތެރިކަމާ މެދު މިހާރު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް އެންމެ ބޮޑު ޖަރީމާއެއް ބުޑިސްޓުން ހިންގާފައި ވަނީ ރަކިނީ ސްޓޭޓުގަ އެވެ.