ޓެކްސަސްގެ ފެންބޮޑުވުމުގައި މީހުން ސަލާމަތް ކުރުމަށް ނޭޝަނަލް ކޯސްޓް ގާޑުން އެހީވަނީ. --ފޮޓޯ:ރޮއިޓާސް
ޓެކްސަސް (އޮގަސްޓް 28) - އެމެރިކާގެ ޓެކްސަސް އަށް އެރި ތޫފާނުގެ ބާރު މިހާރު ދަށްވެފައިވީ ނަމަވެސް ވިއްސާރައިގައި ހިއުސްޓަން ސިޓީ އެކުގައިހެން ފެނު އަޑިއަށް ހިނގައްޖެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ވެހިކަލްތަކުގައި ތާށިވެގެން ބައެއް މީހުން މަރުވި ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ސްޓޭޓުގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ތޫފާނާ ގުޅިގެން އެއްވެސް މީހަކު މަރުވިކަން ޔަގީން ނުވާ ކަމަށެވެ.
ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނީ ހިއުސްޓަންގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި ކަމަށާއި އެ ސިޓީގައި އެއްގަމު ދަތުރު ކުރުމަކީ ނުވާނެ ކަމެއް ކަމަށެވެ. ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވަގުތީ ހިޔާތަކެއް ހިއުސްޓަންގައި މިހާރު ވަނީ ހަދައިފަ އެވެ.
ގަވަރުނަރު އެބޮޓް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ޓެކްސަސްގެ 250 މަގާއި މޮޓޯވޭ ބަންދުކޮށްފައިވާ ކަމަށެވެ. ހިއުސްޓަންގެ އިތުރުން ވިކްޓޯރިއާ އަދި ކޯޕަސް ކްރިސްޓީ ސިޓީގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.
ޓެކްސަސްގެ ފެންބޮޑުވުމުގައި މީހުން ސަލާމަތް ކުރުމަށް ނޭޝަނަލް ކޯސްޓް ގާޑުން އެހީވަނީ. --ފޮޓޯ:ރޮއިޓާސް
ހިއުސްޓަންގެ މޭޔަރު ސިލްވާސްޓާ ޓާނާ ވަނީ އާއްމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. ފުރާނަ އަށް ނުރައްކާވާފަދަ ބިރުވެރި ހާލަތްތަކުގައި މެނުވީ އިމަޖެންސީ ޚިދުމަތަށް ނުގުޅުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ހިއުސްޓަން ބުޝް އެއާޕޯޓް ވަނީ ހުރިހާ ކޮމާޝަލް ފްލައިޓްތަކަށް އެއާޕޯޓް ބަންދުކޮށްފަ އެވެ. އަދި ހިއުސްޓަންގެ ހޮބީ އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވުމުން ވަނީ ބަންދުކޮށްފަ އެވެ.
ޓެކްސަސްގެ ފެންބޮޑުވުމުގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މާދަމާ އެ ސްޓޭޓަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
ހިއުސްޓަންގައި އެހީފޯރުކޮށް ދިނުމަށް ދަތިވެފައި ވަނީ ތޫފާނުގެ ވައި އަދިވެސް ގަދައަށް ޖެހެމުންދާތީ އެވެ. ތޫފާން އެރިއިރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 130 މޭލު ބާރު މިނުގަ އެވެ. ހިއުސްޓަންގެ ކޯސްޓް ގާޑުން މިހާރު ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިތުރު ހެލިކޮޕްޓަރު ބޭނުންވާ ކަމަށް ބުނެފަ އެވެ.
ހިއުސްޓަން އަކީ އެމެރިކާގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ. އެ ސިޓީގެ މެޓްރޯ އޭރިއާގައި 6.6 މިލިއަން މީހުން ދިރިއުޅެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
Nazeemccr
28 August 2017
އަޑި އަށް ދިޔަ ގޮތައް މައްޗައް ނޭރީއޭ ރަނގަޅީ!
ކާފަ
28 August 2017
އެމެރިކާއަކަސް ވާރޭކޮޅެއްވެހިލާއިރަށް އހަރުމެންނަށްވުރެން ހާލުގައި އުޅޭތަން މިފެންނަނީ މީގެން އެނގޭ އެއްޗަކީ އިންސާނުންނަކީ އެއްވެސް އާރެއްބާރެއް ހުރިއެއްޗެއްނޫންކަން އަދި ފައިސާ ގިނަވެފައި މުއަސަނދިވިޔަސް ނުކުރެވޭނެކަންކަން ހުންނާނެކަން
ޢިބޭ
29 August 2017
ވާރޭކޮޅަކާ ތޫފާނަކާ މީ ތަފާތު ދެޙާލަތެއް.