މެލޭޝިއާގައި ހަމަލާ ދޭން އުޅުނު އައިއެސްއާ ގުޅުން އޮންނަ ދެ މީހުން ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ޖެނުއަރީ 23) - މެލޭޝިއާގެ އެންޓަޓެއިންމެންޓް ބައެއް ތަންތަނަށާއި ޕޮލިސް ހެޑްކުއާޓަރަކަށް ހަމަލާދޭން ރާވަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.


ހައްޔަރު ކުރި މީހުންގެ ތެރޭން އެކަކީ އިންޑޮނީޝިއާގެ ކޮންސްޓްރަކްޝަން މަސައްކަތު މީހެކެވެ. އޭނާ ކުރިން ވަނީ މިއަންމާގެ ރޮހިންޖާ މުސްލިމުންނަށް ދިން އަނިޔާތަކުގެ ރުޅީގައި ބުޑިސްޓް ހާމުދުރަކަށް ވަޅިން ހަމަލާދީފަ އެވެ. ދެން ހައްޔަރުކޮށްފައި ވަނީ ދީނީ ތައުލީމް ކިޔަވައިދޭ ސްކޫލެއްގެ ޓީޗަރެކެވެ. އޭނާ ކުރިން ވަނީ 18 މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.

ފުލުހުންގެ ވެރިޔާ މުހައްމަދު ފުޒީ ހަރޫން ވިދާޅުވީ އެންމެ ފަހުން ހައްޔަރު ކުރި ދެ މީހުންނާ އައިއެސްއާ ގުޅުން އޮންނަ ކަމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާގައި ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފަހަކަށް އައިއެސް ވަނީ އައިއެސްއާ ގުޅުން ހުރި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެންމެ ފަހުން ހައްޔަރު ކުރި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު އަދި ޖެނުއަރީ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.